ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 608 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމު ކުރި މައުލޫމާތަަށް ބަލާއިރު، ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 33.24 އިންސައްތަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރެއާއި ހަމައަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 488 މީހެެކެވެ. އެހެންކަމުން މިއަދު ރަނގަޅުވެފައި ވަނީ 120 މީހެކެވެ.

ރާއްޖެއިން މިއަދު ކޮވިޑް-19އަށް ފައްސިވެފައި ވަނީ 12 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު ވަނީ 1841 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހަތް މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދާ މީހުންނަށް ބަލާއިރު ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދު

    ٱلْحَمْدُ لِلَّٰهِ

    11