ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެ ސިޓީގައީ މިހާރު ތާށިވެފައި ތިބި ރަށްތަކަށް ދާން ބޭނުންވާ މީހުން 24 ދުވަހަށް ކަރަންޓީން ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

އެޗްޕީއޭއިން މިއަދު އާއްމި ކުރި މާލޭގައި ތިބި މީހުން ރަށްރަށަށް ގޮސް ގޭގައި ކަރަންޓީންވުމުގެ އުސޫލުގައި ބުނެފައިވާގޮތުން ރަށްރަށް ގެންދާ މީހުން ގޭގައި ކަރަންޓީނު ކުރުމުގެ ބޭނުމަކީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ބަލި ހުރި މީހުން ފެނިފައިވާތީ، މާލެއިންދާ ފަރާތްތައް ރަށުގައި ދިރިއުޅޭ އެހެން ފަރުދުންނާއި ދުރުހެލިކުރުވައި ވަކިމުއްދަތަކަށް އެކަހެރިކޮށް ބޭތިއްބުމުގެ ބޭނުމުގައި ކަމަށެވެ.

އެ އުސޫލުގައި ބުނެފައިވާގޮތުން މާލޭގައި ފުރަބަންދު ވެފައިވާ މީހުން ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާނީ ސަރުކާރުން ކަމަށެވެ. އަދި މާލޭގައި ފުރަބަންދުވެފައިވާ ފަރާތަތައް ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށް ކަމަށް އެ އުސޫލުގައި ވެއެވެ.

"އަދި 24 ދުވަސް ހަމަވުމުން ޓެސްޓް ހެދުމަށް ފަހު ނަތީޖާ އަށް ބަލާ ކަރަންޓީނުން ދޫކޮށްލެވޭނެ". އުސޫލުގައި ވެއެެވެ.

އަދި މާލެއިން ގެންދާ ފަރާތްތަކަކީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް ފަރާތެއްކަމުގައި ވާންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އެ އުސޫލާއި އެއްގޮތަށް ރަށްރަށަށް ދާން ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް ކަރަންޓީނު ވާން ބޭނުންވާ ގެއަކީ ތަނަކީ މި އުސޫލަށް ފެތޭ ތަނެއްތޯ ބަލާނީ ޕަބްލިކް ހެލްތު ޔުނިޓާއި ގުޅިގެން ކައުންސިލުން ކަމަށްވެސް އުސޫލުގައި ވެއެވެ.

ކަރަންޓީނު ކުރާ މީހާ ހުންނަން ހުށަހަޅާ ގެއަކީ ނުވަތަ ތަނަކީ 60 އަހަރުން މަތީ މީހެއް ދިރިއުޅޭ ގެއަކަށް ވެގެން ނުވާނެއެވެ. އަދި މާބަނޑު މީހަކު ދިރިއުޅޭ ގެއަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން ނޭވާ ހިއްލުން، ކިޑްނީގެ ބަލި، ހަކުރުބަލި، ހީމޯގްލޯބިން ޑިސްއޯޑަރ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވަރ ޑިޒީޒް، އަދި ހިތުގެ
ބަލިތައް ފަދަ ބަލިތައް ހުރިފަރާތްތައް ގޭގައި އުޅެގެން ނުވާނެއެވެ.

އަދި ކަރަންޓީނުކުރާ މީހާ ބަހައްޓަން ވާނީ ގޭގައި ދިރިއުޅޭ މީހުންނާ ވަކިން ވަކި ކޮޓަރިއެއް ނުވަތަ ކޮޓަރިތަކެއްގައި ކަމަށްވެސް އުސޫލުގައި ވެއެވެ. އެގޮތުން އެއް ކޮޓަރިއެއް ގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރާނަމަ ދެއެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަން ވާނެ ކަމަށާއި، ކޮޓަރީގައި ނުވަތަ ނިދާ ތަނުގައި ވައިދައުރުވާނެ ގޮތަށް ކުޑަދޮރު ނުވަތަ ފެންލައިޓު، އެގްޒޯސްޓް ހުރުން އެދެވިގެންވާ ކަމަށާއި، އަދި ކޮޓަރީގައި ފަންކާ ހުންނަން ވާނެ ކަމަށް އެ އުސޫލުގައި ވެއެވެ. އަދި ކޮޓަރީގައި އެއަރކޯން ހަރުކޮށްފައި ހުރިނަމަވެސް ވައިދައުރުވާ ގޮތަށް ކޮންމެ ދުވަހަކުވެސް ކުޑަދޮރުތައް ހުޅުވާލަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ކަރަންޓީނު ކުރާފަރާތްތައް ބޭނުންކުރަން ވަކި ފާޚާނާއެއް ހުންނަން ވާނެ ކަމަށާއި، ފާޚާނާގައި ސާފުފެން ލިބެން ހުންނަން ވާނެ ކަމަށާއި، އަދި ރައްކާތެރިގޮތުގައި އަތްދޮވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެކަމަށް ބަޔާން ކޮށްފައި ވެއެވެ.

"އެކަކަށްވުރެ ގިނަ މީހުން ފާޚާނާ ބޭނުންކުރާނަމަ ފާޚާނާގެ އިސްކުރާއި، ދޮރުގެ ތަޅު، ފާޚާނާ ތަށިގަނޑު، މޫނު ދޮންނަ ތަށި، ފަދަ ތަންތަން ޑިޓާޖަންޓް ބޭނުންކޮށްގެން މަދުވެގެން ދުވާލަކު 2 ފަހަރު ސާފުކުރަންވާނެ". އެ އުސޫލުގައި ވެއެވެ.

އަދި ކަރަންޓީނުކޮށްފައިވާ މީހާ ބޭނުންކުރުމަށް ތަށި، ސަމުސާ، ތުވާލި އަދި ބެޑުޝީޓު، ބާލީސް ފަދަ ތަކެތި ވަކިކޮށްފައި ބަހައްޓަންވާނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

އެ އުސޫލުގައި ބުނެފައިވާގޮތުން މާލޭގައި ފުރަބަންދުވެފައިވާ ފަރާތްތަކެއް ގެއެއްގައި ކަރަންޓީނު ކުރާ ދުވަހުން ފެށިގެން ކަރަންޓީނު ކުރާ މުއްދަތަށް އެ ގެއަކަށް
އެހެން މީހުން ޒިޔާރަތްކޮށްގެން ނުވާނެއެވެ. އަދި ކަރަންޓީނު ކޮށްފައިވާ މީހާ ހުންނަގޭގެ އެއްވެސް މީހަކު ކަރަންޓީނު ކުރެވޭ މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

ކަރަންޓީނު ކުރެވޭ މީހާ މީހުންގެ ޒިންމާތައް:

1 ދިރިއުޅޭ ތަނުގެ ސާފުތާހިރުކަމާއި އަމިއްލަ ސާފުތާހިރުކަން ދަމަހައްޓަންވާނެއެވެ.

2 ކެއްސާ އަޅާނަމަ ޓިޝޫއަކުން ނުވަތަ އުޅަނބޮށީގެ އެތެރެފަރާތުން އަންގައާއި ނޭފަތް ނިވާކުރުން. އަދި ބޭނުންކުރި ޓީޝޫ ރައްކާތެރިކަމާއެކު މަތި ޖެހި ޑަސްބިނަކަށް ދާންވާނެއެވެ.

3 ކޮޓަރިން ނިކުންނަންޖެހިއްޖެ ހާލަތުގައި ނުވަތަ އެހެން މީހަކު ކޮޓަރިއަށް ވަންނަންޖެހޭ ހާލަތުގައި މާސްކް އަޅަންވާނެއެވެ.

4 ގޭގައި ދިރިއުޅޭ އެހެންމީހުންނާ މަދުވެގެން 3 ފޫޓު ގައިދުރުކަން ބެހެއްޓުން.

5 ތަލޯމީޓަރެއް އޮތްނަމަ އެ ބޭނުންކޮށްގެން ދުވާލަކު އެއްފަހަރު ހުން ބަލާ ރަށުގައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަނުގެ ފޯކަލް ޕޮއިންޓަށް އެމީހެއްގެ ޞިއްޙީ ހާލަތު ކޮންމެ ދުވަހަކުވެސް ހިއްސާ ކުރަންވާނެއެވެ. މިގޮތުން ކޮންމެ ދުވަހަކު މެންދުރު 14.00ގެ ކުރިން މި މަޢުލޫމާތު ހިއްސާކުރުން އެދެވިގެންވެއެވެ.

6 ކެއްސާ، ނޭވާލުމަށް އުނދަގޫވެ، ކަރުގައި ރިއްސާ އަދި ގައިގައި ރިއްސުން ފަދަ ކޯވިޑް-19 ގެ އަލާމާތެއް ހުރެއްޖެނަމަ ނުވަތަ އެހެންވެސް ބައްޔަކާ ގުޅޭ ޢަލާމާތެއް ހުރިނަމަ އެމަޢުލޫމާތު އެރަށެއްގައި ކޯވިޑް-19 އާ ގުޅިގެން ކަނޑައަޅާފައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަނުގެ ފޯކަލް ޕޮއިންޓާއި ހިއްސާކުރަން ވާނެއެވެ.

އާއިލާ ގޭބިސީގައި ދިރިއުޅޭ މީހުންގެ ޒިންމާތައް:

1 އާއިލާ ގޭބިސީގައި ދިރިއުޅޭ މީހުން ކަރަންޓީނު ކޮށްފައިވާ މީހާ ބާކީ ނުކޮށް ކެތްތެރިކަމާއެކު އޭނާއަށްއޯގާތެރިވެ އަޅާލަންވާނެއެވެ. އަދި އޭނާއަށް ބޭނުންވާ އެންމެހާ ކަންކަން ހަމަޖައްސާނީ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

2 ގޭބިސީގެ އެހެން މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެރަށެއްގައި ކޯވިޑް-19 އާ ގުޅިގެން ކަނޑައަޅާފައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަނުގެ ފޯކަލް ޕޮއިންޓާއި ގުޅާ އެ މަޢުލޫމާތު ހިއްސާ ކުރަންވާނެއެވެ.

3 ކަރަންޓީނުގައި ހުންނަ މީހާއަށް އެހީތެރިކަމެއް ފޯރުކޮށްދޭން ކޮޓަރިއަށް ކޮންމެހެން ވަންނަ ޖެހިއްޖެނަމަ މާސްކު އަޅަންވާނެއެވެ.

މާލެ އިން މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހު ކޮވިޑް-19 އަށް މީހަކު ފައްސިވުމާއި އެކު މާލެ ސަރަހައްދު ވަނީ ފުރަބަންދު ކޮށްފައެވެ. އެކަމުގެ ސަބަބުން މާލޭގައި ރަށްރަށުން އައިސް ތިބި ގިނަ ބަޔަކު ވަނީ ތާށިވެފައެވެ. ނަމަވެސް ސަރުކާރުން އަންނަނީ އެމީހުން ރަށްރަށަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 1883 އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 717 އަށް އަރާފައެވެ. އަދި މިބަލީގައި 8 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އަލީ

    1000ނިންމުމެއް

    9
    10
  2. ޮޮބޮނބިފޭރާ

    މީކިހާބޮޑުމުސީބާތެއް

    24
    9
  3. ޮޮބޮނބިފޭރާ

    މިހުރިހާވަގުން އިލުބައިންދަނވީ ހަމަ

    25
    3
  4. މުހައްމަދު ޝާހް، ރ.ވާދޫ

    މެޝިން ހަލާކުވީމަ ވަގުތުން 24 ދުވަހަށް އިތުރުވީ. އެހެންމީހުނަށް ހުރިހާ ދުއްޕާނެއް. ސަެުކާރެއް ފެއިލްވާނެ ވަރަކަށް ފެއިލްވެފަ މިއޮތީ.

    51
    5
    • އަޝްރަފް

      ސީޕީ ބާބަކިއު ހަދަން ގުރޫޕް ގޮވައިގެން ވިލިމަަލޭގަ އާއްމު މީހަކު އެހިސާބުން ގެނުނަސް ޖުރުމަނާ

  5. ކުލީ އަޅު

    މާލޭ މީހުންނަށް ކުލި ދޭން މަޖުބޫރު ކުރުވަނީ

    20
    1
  6. އަޙްމދު ޢަލީ

    ސައިލެންކޮށް ކޯވިޑް19 ފަތުރަން މޮޅުގޮތެއް މިއީ.

    26
  7. ރަދީފް ހުސެން

    ކކ ކޭލާރި ހަޖަމު ކުރަންދެން ރައްޔިތުން ގަނަތަޅުވާނެ. ނަހަދާ ޓެސްޓަކުން މީހުން ޕޮސިޓިވް ވާގޮތެއްވެސް މީ އަރަތެއް.

    22
  8. ނަގޫރޯޅި

    އުސޫލެއް ހަމަޔެއް ލަމައެއް އޮތް ކަމެއްނޫން. ގަވައިދު އޮތީ ދެރަނިކަމެތި މީހާޔައް އެކަނި. ސަރުކާރުން އަދި ނުފޫޒާ ބާރުއޮންނަމީހާ ކަމެއް ކުރަންވީމަ ބައިބަޔައް ބޮޑެތި ބައިގަނޑުގަނޑައް ތަންތަނައް މީހުން އެއްކޮއްގެން ޖަހާނެ ސަކަރާތެއް ޖަހަންވީ. މިއަދު ވެސް ސިޓީ ކައުންސިލުން ފޮނުވައިގެން 15 ވަރަކައް ބަނގާޅީންގެ ބޮޑު ބައިގަނޑެއް ގުޅަޔަކައް ތިބެގެން ރައީސް އޮފީސް ދޮއްށުގަ މަގުކޮންނަން. ޥެރިން ކުރަންވީމަ ގަވައިދެއް ގާނޫނެއްނޯވެ، އެޅޭނެ ފިޔަވަޅެއް ނެތް. އާންމު ރައްޔިތެއް ވިއްޔާ ހަބޭހައް ޖޫރިމަނާކޮއްފަ އަދި ދައުވާވެސް ކުރެ. ކިހާ އިންސާފުވެރި ވެރިންތަކެއް!

    23
  9. އުސައިދު

    ތިއީ ރަށްރަށަށް ބަލި ފެތުރުމަށް ހުޅުވާލުން

    36
    1
  10. އަހަރެން

    ހެޔޮނުވާނެ ތިހެން ނުހަދާ.... މުޅިރާއްޖެ އަށް ބަލި ފެތުރިދާނެ

    32
    1
  11. އޮޅިގެން

    އިރުކޮޅަކުން ބުނާނެ އޮޅިގެން ބުނެވިފައިވާ އެއްޗެކޭދޯ... ???

    26
  12. ޢިހުސާނާ

    ރަށްރަށަށް ކޮވިޑު ފަތުރާލަނީ. ގޭގޭގައި ކަރަންޓީނެއް ނުވެވޭނެ ކިތަންމެވާން އުޅުނަސް.

    33
    1
  13. ރިހި ރާންބާގަސް

    ތިކަން ރަނގަޅެއްނޫން!

    14
  14. ކޮރަލް

    ތިކަން ކުރަންވާނީ ކައުންސިލް އިން މޮނީޓަރ ކުރާ ގޮތަށެވެ.

  15. ދުރާގާތުން

    މާލޭގެ ތިބި ރައްޔިތުން ބޭރަށް ނުކުމެވޭގޮތް ހަދަންވީ....

    7
    2
  16. ހައްލު

    އިރުކޮޅަކުން ބުނާނެ ޓެސްޓް މެޝިން ހަލާކުވީއްޔޯ؟

  17. އަޝްރަފް

    ހާދަ ނުވިސްނޭ ބަޔެކޭ މަހިތަށްއަރާ، ވެރިންގޮތުގަ މުއައްސަސާ ތަކުގެ ވެރިންނަށް މިތިބެނީ އަޅެފަހެ މާލޭގަވެސް މިތިބެނީ ލޮކްޑައުންގަ 6ފަހަރަށް ޓެސްޓް ހަދާފަނަމަވެސް ތަންކޮޅެއް ފަސޭހަ ގޮތެއް ހަމަޖައްސައިދިނީމަ ނޫނީ ކިހިނެއް ތިގޮތަށް ދާނީ އަހަރެން ދާން ބޭނުންވަންޏާ ގޭގަ ތިބި އަނބިދަރީން ގޭބަންދަށް ކިހާބޮޑުބަލާއެއް

  18. ކޯވިޑު

    ގޭގަ ބައިތިއްބާގެން ރައްޔިތުން ގޭކުލި އަދި ކާނެ ލާރި ޔެއް ނުދީ އަދި ލާރި ހޯދާނެ ގޮތެއް ނުދައްކާ ސަރުކާރުން ރައްޔިތުން މިތިބަ ހަނާ ކުރަނީ. މި ވެރިކަން ދެއްވި ފަދައިން މި ވެރިކަން ގެންދަވާން ދޭވެ.

    14
  19. ބޮޑު ފަރަންޖީ

    ސަރުކާރުން ނޭވާހޮޅިޔަން އެޅިގެން މިއުޅެނީ އައްޑޫ ސިޓީ އައް މިބަލި ނުފޮނުވިގެން.

    2
    1
  20. Anonymous

    މެއި 27 ގައި ޑަބްލިޔުއެޗްއޯ އިން މި ބުނަނީ 10 ދުވަސް ފަހުން ދޫކޮށްލެވޭނެ ކަމަށް ޓެސްޓް ނުހަދާ ވެސް. މާނައަކީ 10 ދުވަސް ފަހުން މި ބަލި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނާރާނެއޭ. ރާއްޖޭގައި މިހާރު މިއޮންނަނީ އަލާމާތްތައް ނެތްތާ 14 ދުވަސް ފަހުން ދޫކޮށްލާ ގޮތަށް.
    ދެން ކޮން 24 ދުވަހެއްތޯ 2 ފަހަރު ހަމަޔަށް އެކައްޗެއް ކިޔާތައަބަ. 10 ދުވަސް ތެރޭ ދޫނުކުރެވެންވީ ކީއްވެ. 24 ދުވަހު އަނބިދަރީންނަށް ޚަރަދުކުރނީ ކޮންތާކުންތޯ.
    ޖީބުތައް ފުރުނީމާ ނިންމާލަންވީތޯ.

  21. މަރީ

    ހަމަ ޔަގީނުންވެސް މިރަށު މީހުން ގޭގޭގަ ނުތިބޭނެ. މުޅި ރަށުގަ ސައިކަލްބުރުޖަހާ ނުވީތާކަށް ކޮފީބޯން ނުދާ ކެފޭއެއް ނުހުންނާނެ. އެވަރުގެ ކައުންސިލަރަކު އަދި އެހެން ބަޔަކުވެސް ނެތް. މިހެންވެސް ބުނާމީހާ ނުބައިވާނީ.

  22. ޒުހު

    ރަށްރަށުގަ ހުރި ކަރަންޓީން ފެސިލިޓީސްތަކުގަ ބައިތިއްބަންވީނުން. އެމީހެއްގެ ގެއިން ކާން ގެންދަން. ކަމެއް ނިންމާލާއިރު ވިސްނާލަންވާނެ މިކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން. މާތްﷲ ގެ އިރާދަފުޅުން ރަށްރަށުގަ މިކަމެއް ނެތް. އެކަމަކު ތި ނިންމުމަކީ ރަނގަޅު ނިންމުމެއްނޫން.

  23. އަޝްރަފް

    ޑރ. ނަޒްލާ ވިދާޅުވީ ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުން މަދުވެގެން 21 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށާއި 21 ދުވަސް ހަމަވުމަށްފަހު ބަލިން މުޅިން ރަނގަޅުވުން ހޮސްޕިޓަލުން ދޫކޮށްލާނީ ތިން ދުވަސްވުމުން ކަމަށެވެ.
    އެެހެންވީމަ ރަށްރަށަށް މިފޮނުވަނީ އެންމެ ހާލުބޮޑު މީހުންގެ ކެޓަގަރީގަދޯ
    ނޫނީ ޖެއްސުން

  24. ސަޓޯ

    ސަރުކާރު ޒިންމާއިން ބޯދަމައިގަތީ... ރައްޔިތުންގެ ބޮލައް ދުއްޕާން....