އައްޑޫ ސިޓީ ހިތަދޫ ލިންކު ރޯޑުން ދުއްވާފައި ދިޔަ ދެ ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ލިންކު ރޯޑުން، ހިތަދޫ ޕޮލިސް ސްޓޭޝަން ހުންނަ ސަރަޙައްދުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ އެމަގުން ދެކޮޅަށް ދުއްވާފައި ދިޔަ ދެ ކާރު ޖެހިގެންނެވެ.

މި ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓުވީ ދެ ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

މި ހާދިސާގައި އެކްސިޑެންޓުވި ދެކާރުގެ ތެރެއިން އެއް ކާރު ވަނީ އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަޙައްދުގެ މަގުން ކަހާލައިގެން ގޮސް މޫދަށް ވެއްޓިފައެވެ.

އެކްސިޑެންޓު ހިނގި ވަގުތު އޭގެތެރެއިން އެއް ކާރު ވަނީ މަގުގެ އެއްކަރީގައި ޖަހާފައި ހުރި ހޮޅިދަނޑިއެއްގައި ވެސް ޖެހިފައެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގި ސަރަޙައްދު ބަންދުކޮށް، އެސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ތިތާ އެކްސިޑެންޓް ވަނީ މައުމޫނު ތި މަގު ހަދާފައޮތް ގޮތުންކަމަށް އައްޑޫމީހުން ބުނޭ. ދެން މި އަިހުލާސްތެރި ސަރުކާރުގަ ބުނެގެން އެކަން ރަނގަޅުކުރަންވީނު؟