ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އަކުލަވާލައްވައި، އެ ބޯޑަށް ހަތް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ދަށުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު މިއަދު ރައީސުލްޖުމްހޫރިއްޔާ އެ ބޯޑަށް ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެ ހަތް ބޭފުޅުންނަކީ ކޮން ބައެއްކަން ހާމައެއް ނުކުރައްވައެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ގާނޫނުގައި ބުނެފައިވަނީ އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެލްޖީއޭ ބޯޑަށް ރައީސް ސޯލިހު މެމްބަރުން އައްޔަން ކުރަންވާނެއެވެ. ބޯޑަށް މެމްބަރުން އައްޔަން ކުރުމާ އެމު، މިހާރު ތިއްބެވި މެމްބަރުން މަގާމުން ވަކިވީ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

އެ ޤާނޫނަކީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމިތިބޭ ކައުންސިލަރުން ޢަމަލުކުރާނެ އިންތިޤާލީ ޢުޞޫލްތައް ބަޔާންކުރާ ޤާނޫނެކެވެ. އެގޮތުން މި ޤާނޫނުގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބު ބާއްވައި އަލަށް އިންތިހާބު ކުރެވޭ މެމްބަރުން މަގާމާ ހަވާލުވަންދެން މިހާރު ތިއްބެވި ކައުންސިލަރުން އަމަލު ކުރާނެ ގޮތާއި މަސްއޫލިއްޔަތުތަކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މި ނުވެ އާރާއި ބާރާއި މަޤާމާއި ނުފޫޒު ބޭނުންކޮށްގެންކަން ކުރަނީކަމަކަށް. ކޮބައިތޯ އޭސީސީ. މިބައިމީހުން ނުރުހޭ ބަޔަކު ތިބިނަމަ ނުރަގަޅު ނުފޫޒު ބޭނުންކޮށްގެން މީހުން ވަޒީފާއިން ވަކިކުރުން ކަމަކަށް ނުވޭތޯ. ޤާނޫނު ހަދާ މަޖިލީހަށް މިމީހުން ރައްޔިތުން ހޮވީ ޙަސަދަ ފިލުވަންބާ. ޤާނޫނުގެ ހީލަތްތެރިކަން ބޭނުންކޮށްގެން ކުރިޔަސް ﷲގެ ދަރުބާރުގައި ނުފިލޭނެ