އައްޑޫ ސިޓީގައި އެއް ވަގުތެއްގައި ނުރައްކާތެރި ދެ އެކްސިޑެންޓު ހިނގައިފިއެވެ.

ކައިރި ކައިރީ ދެ އެކްސިޑެންޓެއް ހިނގާފައި ވާއިރު، ފުރަތަމަ އެކްސިޑެންޓު ހިނގާފައި ވަނީ ދެ ސައިކަލް ޖެހިގެންނެވެ. އަދި ދެވަނަ އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

މި ދެ އެކްސިޑެންޓުވެސް ހިނގާފައި ވަނީ ހިތަދޫ ބޮޑު މަގުގައެވެ.

ފުރަތަމަ އެކްސިޑެންޓު ހިނގިތާ ކުޑަ އިރުކޮޅެއް ފަހުން ދެވަނަ އެކްސިޑެންޓު ހިނގި އިރު، މި 2 އެކްސިޑެންޓުން އަނިޔާ ވެފައި ވަނީ ޖުމްލަ 2 މީހުންނަށެވެ.

އެކްސިޑެންޓުވި ސަރަހައްދުގައި ހަރަކާތްތެރިވި ”ވަގުތު“ ގެ ނޫސްވެރިޔަކު ބުނެފައި ވަނީ އެތަނުން އެކަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބުނުކަމަށް ބެލެވޭ ކަމަށާއި މިގޮތުން އެކަކުގެ ބޯ ފަޅައިގެން ގޮސް ނޭފަތުން ލޭވެސް އައި ކަމަށެވެ.

މި އެކްސިޑެންޓްތަކާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ޕޮލިހުންގެ ބަހަކަށްވުރެ ރަނގަޅުވާނީ މަޖިލީހުގެ ބަހެއްހޯދަން އުޅުނީމާ ޕޮލިހުންނާދިމާއަށް އެއޮއް މަޖިލީހަކުން ގޮވާލި އެއްޗެހިވާ