ކޮއްކޮ ރޭޕް ކުރިކަމުގެ ތުހުމަތުތައް ކުރެވޭ ޖުމައްޔިލް ނިމާލް ޑާކްރެއިން އެންޓާޓެއިންމެންޓް ފިލްމްތަކުން ވަކިކޮށްފިއެވެ.

ޖުމައްޔިލްއަކީ ޑާކްރެއިން ފިލްމްތަކުގެ އެއް މޫނެވެ. ގާތްގަނޑަކަށް އެ ފިލްމް ކުންފުނިން ނެރުނު ހުރިހާ ފިލްމެއްގައި ޖުމައްޔިލް ފެނިގެން ގޮސްފައި ވެއެވެ. އަދި އޭނާ ދާއިރާގައި ބޮޑަށް ވިދަން ފެށީވެސް އެ ކުންފުނީގެ ފިލްމްތަކުންނެވެ. ޖުމައްޔިލްއަށް އެވޯޑްތަކާއި ހަމައަށްވެސް އާދެވުނީ އެ ކުންފުނީގެ ފިލްމްތަކުންނެވެ.

ޑާކްރެއިން އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޑާރކްރެއިން އެންޓަޓެއިންމަންޓުގެ ގިނަ ފިލްމުތަކަކުން ފެނިގެންގޮސްފައިވާ ޖުމައްޔިލް އާ ގުޅިގެން ކޮށްފައިވާ ނުހަނު ކަންބޮޑުވާންޖެހޭ ތުހުތަމަތުތައް މި ކުންފުންޏަށްވެސް އެނގިފައިވަނީ، މި ތުހުމަތުތައް ސޯޝަލް މީޑިއާގައި އާންމުވީ ހިސާބުން ކަމަށެވެ.

އަދި އެ ކުންފުނިން ބުނީ، އެ ކުންފުނިން ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމް އޭރުވަނީ ހުރިހާ މަސައްކަތެއް ނިމި، ކުރިން މިއަހަރު ޖުލައިގައި އަޅުވަން ތައްޔާރުވެފައިކަމަށެވެ.

އަދި ޖުމައްޔިލްއާމެދު ރޭޕްގެ ތުހުމަތު ކުރެވުމާ ހަމައިން ޖުމައްޔިލާއެކު، މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި ޑާރކް ރެއިން އެންޓަޓެއިންމަންޓް އަބަދުވެސް ޖިންސީ އަނިޔާއާއި، ރޭޕް ގެ އެއްވެސް އަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއްވެސް ގަބޫލުނުކުރާނެކަންވެސް ދަންނަވަމެވެ. އަދި މިފަދަ އަނިޔާގެ ޝިކާރައަކަށްވެފައިވާ އެންމެހާ ފަރާތްތަކަކާއެކު މި ކުންފުނި އަބަދުވެސް ވާކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ".އެ ކުންފުނިން ނެރުނު ބަޔާނުގައި ވެއެވެ.

ޖުމައްޔިލް އޭނާގެ ކޮއްކޮ ރޭޕްުކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވެފައި ވަނީ ރާއްޖޭގައި އުޅޭ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހޫނުވެ، ރޭޕް ކުރާ މީހުންނަށް ދެކޮޅަށް އަޑު އުފުލަމުން އަންނަ ދުވަސްވަރެއްގައެވެ.

ޖުމައްޔިލް އޭނާގެ ދެބައިންގެ ދެ ދަރި އަންހެން ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައަކީ 2016 ވަނަ އަހަރުގެ މައްސަލައެކެވެ. އެއިރު އޭނާގެ ކޮއްކޮގެ އުމުރަކީ 17 އަހަރެވެ.

އޭނާގެ ކޮއްކޮ ވަނީ ރޭޕްގެ ހުރިހާ ވާހަކައެއް މީސް މީޑިއާއަށް ތިލަކޮށްފައެވެ. އެ މައްސަލާގައި ގިނަބަޔައެއްގެ ފާޑުކުޔުންތައް އޭނާއަށް އަމާޒުވަމުން އަންނައިރު، އޭނާ ޑާކްރެއިންގެ ފިލްމްތަކުން ވަކި ކުރުމަށް ގިނަބަޔަކު އަންނަނީ ގޮވަމުންނެވެ.

ޖުމައްޔިލަށް ތުހުމަތުކުރާ މި ސީރިއަސް މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެކަމަކު، ޖުމައްޔިލްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ އޮތީ ކޯޓުގައި އެކަން ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތިގެން ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. Anonymous

    "ކިތަންމެ ތިމާގެ ނަންމަތިވެރި އަރާހުއްޓަސް މިދުނިޔޭގައި،
    ކިތަންމެ ނިވާތަނެއްގައިވެސް ނަސީބުގެ ބައްތިނިވިދާނޭ"

    99
    2
  2. ކަޅު ވިއްސާރަ

    ބޮލުގެ އެއޗެއް ހެދީ ބާ؟

    19
  3. ކާފަރު

    ހާދަ ރަނގަޅު ސްޓޫޑިއޯ އެކޭ.. ޖުމައްޔިލް އަށް ބުނެލަން އޮތީ ތިމާ ވަރުގެ މީހަކު ނެތިގެން އުޅެންޔާ ވާނީ ތިޔަހެންނެވެ.. ބަލާބަލަ ފައްރާހް.. އެ އުޅެނީ އިމިގްރޭޝަންގަ.. ޖުމައްޔިލް އަށް ރަނގަޅަށް އެނގޭނެ ފައްރާހް.. އަހަންނާ ފަރޭ އާއި ޖުމައްޔިލް އަކީ ޖޭސްގަ ތިން ކްލާސް މެޓުން.. މަޖީދިއްޔާ ދަރުމަވަންތައަށް ދިޔައިރު އަހަރުމެން އެކަކު އަނެކަކާ ވަކި ވިޔަސް. އަނެންހެން ބުނާ ނަމަ ފަރޭ އަކީ ވެސް ރަނގަޅު މީހެއް ނޫން. ދީނާ ވަރަށް ދުރުވާނެ.

    31
    2
  4. ކާފަރު

    ހަނދާން ވޭތަ ޖުމައްޔިލް އާއި ފައްރާހު އާއި ދެމީހުން ޖޭސްގަ އައިޝާ މިސް އާއި ފްލާރޓް ކުރި ކުރުން..

    21
  5. ކާފަރު

    ފަރޭ އާއި ޖުމައްޔިލް ގެ ފްލާރޓް ކުރުމަށް އިޖާބަ ނުދިނީ ސައިންސް ކިޔަވަ ދޭން އައި މިސް އެކަނި..

    17
  6. Anonymous

    ދެން ނޮވެމްބަރު ކިޔާ ފިލްމަށް ކިހިނެއްބާ ވާނީ. ޖުމައްޔިލާ ހެދި ފިލްމުގެ އެހެން ތަރިންނަށް ކިހާބޮޑު ހުތުރެއް.

    26
    1
  7. ޅަތީފް

    ވަ ރައް ކާޅު ފި ރެހެން ސޮ ރެއްތީ ފާޑުފާޑުގެ އެއްޗެހިވެސް ބޯކަމައްވަނީ ރިސޯޓް ތަކައް ގޮސްވެސް އުޅެނީ ހަމަ އެފާޑައް

    22
    1
  8. އާމިރު

    ވަރައް ރަގަލު ނިންމުމެއް.. އަބަދު ވެސް ޑާކު ރެއިން އަކީ ތަފާތު ދައްކާ.. ޕްރެފެސަނަލް ބައެއް.. ވަރައް އުފާ ކޮއްފިން

    35
    1
  9. ޙހހހ

    ރޭޕް ކުރުމާ އަހަރެމެން ދެކޮޅު ، އެކަމަކު މިރާއްޖޭގައި ރައްޓެހިވެގެން އުޅެފަ ކިތަން މީހުންބާ އިއްފަތްތެރިކަން ދޫކޮށްލަނީ ، ކުރެވެނީ ކިހާނުބާ ކުށެއްކަން ދެނަ ނުހުރޭ ، މިހާރު ހިތަށް އަރާ މިފަދަ ކިތަށް މައްސަލަ މިޤައުމުން ނިކުމެދާނެބާއޭ ، އަންހެން ކުއްޖާ ބޭނުންވީމަ މިފަދަ މައްސަލަތައް ޖެއްސިދާނެ ، ހޭލާ ، ވިސްނަވާ ، ދެމީހުން ލޯބިން ރުހިގެން ޒިނޭގެ ފާފަކޮށްފަ އަންހެން ކުއްޖާ ހޭއަރާގެން މިކަމުގައި ހިފާގަންނައިރު ކޮބާ ފިރހެނުންގެ ހައްގު ، މިޤައުމުގެ މިކަން ކުރަނީ ޤަބޫލުގައި ، ފަހުން ރޭޕަށް ބަދަލުވަނީ

    47
    9
    • ޙަމަހަމަ

      ތިބޭފުޅާ ތިދައްކަވާ ވާހަކައެއް އެއްގޮތަކައްވެސް ނުވިސްނެ. ކޮންމެ ތުހުމަތެއްވެސް ޝަ ރީއަތުގަ ދިފާއުކުރުމުގެ ހައްގު ދެ ޖިންސަށްވެސް އޮވެ.

      10
      6
  10. ޖައްސާތި

    ޖުމައިޔްލް އަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން އޭނާގެ ކެރިއަރ ދުއްވާލާ ޑާރކްރެއިން އަށް ކުރިއެރުމެއް ނުލިބޭނެއޭ ކުށްހީއެކޭ ފައިންއާރޓް އިންޑަސްޓްރީ އަކީ އެގޮތަށް ހިނގާ އެއްޗެއް ނޫނޭ ކުޅަދާނަ ފަންނާނުން އެއީ ނުލިބޭނެ އެއްޗަކީ ފައިސާ އާއި ވަސީލަތް ލިބޭނެއޭ އެހެންނަމަ މައިކަލް ޖެކްސަން ފަދަ 100 ފަންނާނުން އުފެދެންވީ ޖުމައްޔިލްއާއި އެކުއޭ މަމެން ތިބޭނީ ސާބިތުވަންދެން އެއްގޮތަކަށް ވެސް ދޫކޮށްނުލާ މޫންވޯކް ޑާންސް ޖައްސަންވީއޭ ގޭގައި ހިނގާ ހިނގާ ހިނގާ ފަހަތަށް ހިނގާ ހިނގާ ހިނގާ ޕްރެކްޓިސް ކޮށް މުޅި ދުނިޔެ ސިއްސުލާވާ ފަދަ މޫން ވޯކް ޑާންސް ކުރާ ފަންނާނަކަށް ވާންވީއޭ އެއިރުން ދެން ޑާރކްރެއިން އިން އަންނާނެއޭ ފަހަތުން ދުވަމުން މީއޭ ދުނިޔޭގެ އުސޫލަކީ މިއަދުން ފެށިގެން ގޭގައި ޖައްސަންވީއޭ މޫން ވޯކް ޖައްސާ ޖައްސާ ޖައްސާ މިއުޒިކް މިއުޒިކް ހިނގާ ހިނގާ ހިނގާ ހިނގާ ފަހަތަށް ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ޖައްސާ ޖައްސާ ޖައްސާ ހިނގާ ހިނގާ ހިނގާ ހިނގާ...

    5
    41
    • ޙަމަހަމަ

      ސޭކު ، މި ދުނިޔެއަކު ދެނެއް ނެތް ޖާގައެއް ތިހެން "ފަންނާނުން"ގެ ނަ މުގަ ޖަރީ މާހިންގާފަ ސަލާ މަތްވާކަށް. މައިކަލް ޖެކްސަން ދުނިޔޭގަ މިހާރު ހުރިނަ މަ އާރް ކެލީހެން "ކެއްސަލް" ކޮއްލާނެ. "ފަންނާނުން" ސައިޒަށްކެނޑޭ ސައިޒަށްކެނޑޭ ސައިޒަށްކެނޑޭ ސައިޒަށްކެނޑޭ...

  11. ހިނގާހިނގާ

    ކުރެވޭ ތުހުމަތު ތަކަށް ނުވާނެއޭ ވިޔަފާރީގެ ކުރިއެރުން ތަކަށް ހުރަސް އެޅޭ ގޮތަށް ކަން ކުރަން އެެއީ ވިޔަފާރިގެ އުސޫލު ތަކާއި ޚިލާފު ކަމެކޭ ހަމައެކަނި މާއްދިއްޔަތުގެ ތިއަރީ އަށް ބަލައިގެން ކަން ކުރާތީއޭ ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުރިނާރައިގެން އުޅެނީ ޖުމައްޔިލްގެ މައްޗަށް ތުހުމަތެއް ކުރެވޭނަމަ އެކަން ޖެހޭނީ ކޯޓުން ބަލާ ތަހްގީގް ކޮށް ކޯޓު ހުކުމެއް އަންނަންއޭ...

    11
    3
  12. ކާފަރު

    ވަގުތު ކުދިން ޖޭ ނުވެ އަހަރެން ފޮނުވާ ކޮމެންޓްތައް އަޅެފަހެ އަޕްލޯޑް ކޮށްދީ ބަލަ.. ޖުމައްޔިލް އޭ ކިޔައިގެން މިއަދު އަހަރެން ފޮނުވި އެއްވެސް ކޮމެންޓެއް އަޕްލޯޑް އެއް ނުކުރޭ.. ފިލްތެއް ވެސް ބޭނުމެއް ނުކުރަން.. ހަޤީގަތް ތަކެއް ބުނެފަ ދީފައި އޮންނާނީ..

    10
    1
  13. ހިނގާހިނގާ

    މަމެން ތިޔާ ކަމެއް ގަބޫލެއް ނުކުރާނަމޭ ކުރެވޭ ތުހުމަތަކަށް ފައިން އާރޓްސް އިންޑަސްޓްރީ މަސައްކަތް ކުރާ ނަމަ އެއީ ފުރަތަމަ ވެސް އީމާންތެރިކަން ނެތީ ކަމަށޭ ޑާންސް...

    7
    1
  14. ހުބޭލި

    ޑާކް ރެއިން. ޖުމައްޔިލް. ނިމާލް. އެކައްޗެއް ނޫންތަ؟ ތީ ސްޓަންޓެއް

    13
  15. ދިސްވޭ

    ރޭޕްގެ ތުހުމަތު ދެން ކަމާއި ނުވެސް ގުޅުން ހުރި ރާއްޖޭގެ ފައިން އާރޓްސް އިންޑަސްޓްރީ އަށް އަމާޒު ކޮށް ނުހިންގުން އެއީ އެކަން ކުރަން ޖެހޭނެ ގޮތަކީ ރޭޕް އާއި ބުލީ ކުރުމުގައި އެންމެ ބޮަޑަށް މީހުން ދިމާ ކުރަނީ އެއީ ފައިން އާރޓްސް އިންޑަސްޓްރީގައި އުޅޭ ފަންނާނުންނަށޭ އެއީ ދެކަމެއްގެ މަގްސަދު ހާސިލް ކުރަންއޭ އެއް ކަމަކީ ފައިސާގެ ދަހިވެތި ކަމުގައޭ އަނެއް ކަމަކީ އެއީ ފަންނާނުންގެ ކެރިއަރ ދުއްވާލަންެއޭ މީގައި މިކަން އަމާޒުކުރެވޭ ފަންނާނުން ގިވްއަޕް ކޮށްގެން ނުވާނެއޭ އެއީއޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ...

    10
  16. ޅަބޭ

    ޖުމައިލްގެ އައްޕަ ބުނީ ވަރިހަމަޔޯ. ތިމަންނަ އަމިއްލަ ފިލުމު ކުންފުންޏެއް "ރޭޕު އެންޓާޓެއިންމަންޓު"ގެ ނަމުގައި ހަދައި، ޖުމައިލުލައްވާ ފިލުމު ކުޅުވަފާނަމޯ.

    20
  17. ޖައްސާޖައްސާ

    ކުރީގައި މާލޭގައި ހުންނަ އަމިއްލަ ކުންފުނި ތަކުން މުވައްޒަފުންނަށް މުސާރަ ނުދިން ނަމަވެސް މިހާރު އެއާދަ ތައް ދަނީ ފަނޑުވަމުންނޭ މީގައި އަބަދުވެސް ޖެހިގެން އުޅޭ މައްސަލަ އަކީ ރިސޯރޓް އޯނަރުންނާއި އަދި މާލޭގައި ގެދޮރު ހުރި މީހުން މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމޭ ފައިސާ ނުދިން ނަމަވެސް މާލޭގައި ހުންނަ ގެދޮރެއް މުލުން ލުހެލައިގެން ކޮންޓްރެކްޓަރ އަށް ނުގެންދެވޭނެއޭ ސަރުކާރުގެ އެހީތެރިކަން މިގޮތުން ބަލާއިރު ކޮންޓްރެކްޓަރުންނަށް ނުހަނު ބޭނުންވެއޭ މިފަހަރު ޓޫރިޒަމް މިނިސްޓްރީން މިކަމުގައި އިސްނަގަންވީ ދެން އޭގެ ފަހުގައި ހައުސިންގް މިނިސްޓްރީ މިކަމުގައި ސަޕޯރޓް ދޭނީ މީނުވާނެ ކަމެް ނޫނޭ މީވާނެ ކަމެކޭ ސަރުކާރުން ޖެހޭނެއޭ ވިޔަފާރިވެރިން ވެސް އަދި ކޮންޓްރެކްޓަރުން ވެސް ހިމާޔަތް ކުރަން ވަކި ކޮޅަކަށް ނުޖެހި މިފަދަ ކަންކަން ގަވާއިދު ތައް ހަދައިގެން ސަރުކާރުގެ ބެލުން ތެރިކަމުގެ ދަށުން ދެން ރިސޯރޓްސް ތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވޭތޯ ބަލަން މިކަން ބަލަންވީއޭ އެންމެން ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ...

  18. ދަންނާތި

    ފިލްމް އުފައްދާ މީހުން ޖެހޭނެއޭ ވަރަށް ބޮޑަށް ވިސްނަން ތަމެން ކުރާ އިންވެސްޓްމެންޓްސް ތައް އެއްވެސް ހަގީގަތެއް ނެތް ކަންކަމުގެ މައްޗަށް ބިނާ ކޮށް ހަމަ އެކަނި އިޖްތިމާއީ ނޫހުގައި ދެން ވަރަށް ޒިންމާ ދާރު ކަން ކުޑަ ގޮތަށް މީހުން ދައްކާ އަލިފު ލައިލާ ވާހަކަ ތަކަށް ބިނާ ކޮށް ތަމެން ކުރާ ވިޔަފާރި އެއް ދުވަހުން ފުނޑާލެވޭނެ ކަންކަން ނުކުރަން ފައިން އާރޓްސް ދާއިރާ ގައި އުޅޭ ތަރިންނަކީ އެއީ ތާއީދުކުރާ މީހުންނާއި އަދި ހަސަދަވެރިން ވެސް ތިބޭނެ ދާއިރާ އެކޭ އެއީއޭ ވިސްނަން ޖެހޭނެ ކަމަކީ މިކަން ދަންނާތި ހުރިހާ ޕްރޮޑިއުސަރުން ވެސް ދަންނާތި ދަންނާތި ދަންނާތި ދަންނާތި...

  19. ޖޯން

    ވަރަށް ޕްރޮފެފިޝަނަލް ނިންމުމެއް މަރުހަބާ ތިޔަ ކުންފުންޏަށް . ސާބަސް

    17
    2
  20. ބަލާތި

    ތިޔާއީ މާއަވަހަށް ރިއެކްޓްކުރީ ކަމަށޭ މަމެން ދެކެނީ ތިޔާއީ ފިލްމް އިންޑަސްޓްރީ ފިރުކެމުން ދާއިރު ކުރަން ރަނގަޅު ކަމެއް ނޫނޭ ކޯޓް ގެ ހުކުމް އައުމަށް ފަހު ތަމެން ފިޔަވަޅު އެޅިނަމަ ރަނގަޅޭ މަމެން ބުނާނީ ތިޔާ ކަން ކުރީ ރަނގަޅަށް ނޫން ކަން ތަމެންނަށް އަދި ފަހުން ވިސްނޭނެއޭ އެއިރުން ވަގުތު ހުންނާނީ ފާއިތުވެފައޭ....

    3
    9
  21. Anonymous

    މީގަ އުޅޭ ފޮރުވިފައިވާ ކަމެއް. ޖުމައްޔިލްގެ ދެބެންގެ ދެދަރި ކޮއްކޮ އިނދެގެން އުޅޭ ޕާޓޭގެ އެދުމަށް ފައިސާ ހޯދުމަށް ކުރާ ކަމެއްކަމަށް ވަރަށް ބޮޑަށް ބެލެވޭ. އަތުން ފައިން ހައްދަވައިގެން މަސައްކަތެއް ނުކޮށް މިހެން މީހުން ފެލައިގެން ފައިސާ ހޯދާއިރު މުޅި ގައުމަށް ބަދުނާމުވެ އުމުރު ދުވަހު މިވޭނުގައި އުޅެންޖެހޭކަން އެނގެންޖެހޭނެ. މިފައިސާ ނުލިބި މީހާ ބަދުނާމުވެ އަދި ފައިސާ ހޯދަން އަނބިމީހާ ހަތިޔާރުކުރި ފިރިމީހާ ފަހުން ވަރިކޮށް ބިކަވާނީ އަންހެން މީހާ.
    އަޅުގަނޑު އެއްވެސް ވަރަކަށް ރޭޕް ކުރުމަށް ތާޢީދު ކުރަނީއެއްނޫން. ރޭޕް ކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމަށް ގޮވާލަން. އެހެނަސް ސާބިތު ނުހިފޭ ވާހަކަ ދައްކުވައި މީހުންގެ އަބުރު ކަތިލުމަށް ދެކޮޅު.

    13
    4
  22. ބިރުވެތިވާށޭ

    ސެލެބްރިޓީން ކިތަންމެ ރަނގަޅަށް ކަން ކުރި ނަމަވެސް އެމެންނަށް ހަސަދަ ވެރިވާ ވަރަށް ގިނަ ބަޔަކު ތިބޭނެއޭ ފޭނުންގެ ގޮތުގައި އެކަން ދަންނަން ޖެހޭނެއޭ ޕްރޮޑަކްޝަން ހައުސް ތަކުން ވަކިން ޚާއްސަ ކޮށް ދިވެހި މުޖުތަމައު އަކީ އެކަކަށް ކުރިއެރުން ލިބެން އަނެކާ އެއްގޮތަކަށް ވެސް ނޭދޭ މުޖުތަމައު އަށް ވުމުން މިކަން މިހާ ބޮޑަށް ބޮޑުވެގެން އުޅެނީ ރޭޕްގެ މައްސަލަ ވެސް ނާޖާއިޒު ގޮތުގައި ފައިދާ ނަގައިގެން ކޮރަޕްޝަނާއި ފަސާދައިގެ ތެރޭން އެކަން ކޮށްގެން ނުވާނެއޭ

    3
    1
  23. ބޯޖަލީލު

    އެފަދަ އަމަލްތަކަށް ތިޔަބޭފުޅުން ހިއްވަރުނުދޭ އެކަމަކު ހަދާހުރިހާ ފިލްމެއްގައި ގައިގޯޅިވެލަން ފުރުސަތުލިބޭ ވީވަރަކުން ނިވާކަންކުޑަ ހެނދުންލައްވާ ހަމަ ސާބަސް

    13
    4
    • މުހައްމަދު

      އަނެއް ގޮލާ މިއޮއް ފެށީ ހެދުން ވާހަކަ ދައްކަން. އިތުރު އެއްޗެއް ކިޔާކަށް ނެތިން.. ސަލާމް..

      1
      5
  24. މޫންވޯކް

    އެއްގޮތަކަށް ވެސް ޖުމައްޔިލް ފަހަތަށް ޖެހިގެން ނުވާނެއޭ މަމެން އެދެނީ ޖުމައްޔިލް ތިޔާ ޑާރކްރެއިން އަދި އެހެން ފަންނާނުންނަށް ވެސް ދައްކާލުމަށް ޓަކައި ނަމާދު ކޮށް ގެން ދުއާ ކޮށްގެން އެކަނި ކުރެވޭ ކަން ކަމަށްވާ ޑާންސް ކުރުމުން ކުރިއަށް ދާންއޭ

    3
    5
  25. މޫންވޯކް

    ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ޑާކް ރެއިން އެންޓަޓައިންމަންޓުން ޖުމަލް "ބޭރުކޮށްލައިފި" ނަމަ ތިޔާއީ މަމެން ހިތާމަ ކުރާ ކަމެކޭ

    5
    8
  26. ނަސީދު

    ޥަރައްރަގަޅު ނިންމުމެއް މީގެންވެސް ދެންތިބި މީހުން އެކްޓަރުން އިބްރެއް ހާސިލްކުރޭ

  27. ނީވް

    ސެލަބުރުޓީއޭ؟ މިރާއްޖޭގަ އުޅޭތަ ސެލެބުރިޓީކިޔާވަރު ބައެއް؟ ޙަހަހަ.... ސެލަބުރިޓީއޯ....ހަހަހަ.. ކޮންފިލުމެއްތަ ކުޅެވެނީ ؟ ޢަނގައެހާ ހުތުރު ، އުޅޭގޮތް އެހާހުތުރު ތީގެން ގިނަމީހުން... ސެލަބުރިޓީއޯ... ލަދުވެސްގަނޭ . ޢަދިއެބަކިޔައެއްނު ސެލަބުރިޓީއޭ... ބުރަމަސައްކަތް ކޮށްގެން އުޅޭ އެންމެ ދެރަމީހާއާ ހަމައަށްވެސް ތީގެން އަމިއްލައްށް މާސެލެބުރިޓީ ވެގަނެގެން އުޅޭމީހާއަށް ނާދެވޭނެ...

  28. ޜޫޙި

    ރޭޕްގެ ތަފްސީލު ކިތައްމެ ރަނގަޅަށް ކިޔާދިނަސް އެ ތިޔަ އަންހެން ކުއްޖާވެސް ނެތޭބުނެވޭނީ ތިކަމުން ރެކެވޭކަށް..ޖުމޭ ކުރީ ވަރަށް ބޮޑުކުށެއް އެކަމަކު ރޭގަނޑެއް ގެ އެގަޑީގަ ކަޒިން އެއް ވިޔަސް ގާރލް ނުޖެހޭ ޖުމައްޔު ގެ އެޕާރޓްމަންޓައް ވަދެ އޭނަ އެކަނި އޮއްވާ އަމުދުން ރޫމައް ވަންނާކަށް..ބުނާތީ އަޑު އަހަން އަންހެނަކާ ފިރިހެނެއް އެކަހެރިވެއްޖެއްޔާ ތިންވަނަ ފަރާތަކައް އިބްލީސް ހުންނާނޭ ވަސްވާސް ދޭން