ރާއްޖެ އިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ދެމީހުންނާއި އިންޑިއާގެ ތިން މީހަކާއި އިންޑޮނޭޝިއާ މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 2410 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއިން އިތުރު 7 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ފައްސިވި މީހުންގެ ތެރެއިން ޖުމްލަ 1976 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 81.9 އިންސައްތައެވެ. ރާއްޖޭގައި ކޮވިޑް-19 އަށް މިހާރު ފަރުވާދެމުންދަނީ 419 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިނެކް

    ކިތައްސާންޕަލް ނެގިބާ މިހާ ރަކް ވާނުވާއެއް ނޭގޭ ހީވަނީ ޑޖ މައިމޫނާ ކޮންޓު ރޯލް ކު ރަނީ އެއްކަލަ ބޮއްޅަ ބެ ހެން ބޯހަލާކް

    7
    7