ރާއްޖެ އިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 19 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާ މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2435 އަށް އަރާފައެވެ.

އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވިކަން މިރޭ އިއުލާން ކުރި ނަމަވެސް ވަކިވަކި ދުވަސްތަކުގައި ފައްސިވި މީހުންނަށް ބަލާއިރު ހޮނިހިރު ދުވަހު ފައްސިވެފައި ވަނީ ތިން މީހުންނެވެ. މިއަދަދަށް މާދަމާ ބަދަލު އައުން ގާތެވެ. ހުކުރު ދުވަހު 15 މީހަކު ފައްސިވި ކަމަށް މިހާރު ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ދައްކައެވެ. އަދި ބުރާސްފަތި ދުވަހު 14 މީހަކު ފައްސިވި ކަމަށް ވެސް ވެބްސައިޓުން ދައްކައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 54 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދަކީ ފަހަކަށް އައިސް ރާއްޖެ އިން އެންމެ ގިނަ މީހުން ބަލިން ރަނގަޅުވި ދުވަހެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 2030 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 390 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔުންތެރިޔާ

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިކަންކަން ބަލަހައްޓަންތިބި ބައެއްގެ ނުކުޅެދުންތެރިކަމާއެވެ! އިންސާނާގެ ނިކަމެތިކަން ނިކަން ބައްލަވާ!

    19
    1
  2. ބީރުމީހާ

    އައިޖީއެމް ހޮސްޕިޓަލްގެ ކަންތައް ފަޅާއެރުމުން ކިރިޔާވެސް އިތުރުކަމަށް ތިވީ ނޫންނަމަ 10 18 11 ބަނގްލަދޭސް ކިޔަކިޔާތިބޭނީ
    މަގޭ ހިތައްއަރާ ކީއްކުރަން ކުރާ ހަރަދެއްބާވައޭ އެންމެ 1% ފައްސުވާއިރު އާއްމުބަލިރަކުގައިވެސް ތިޔަށްވުރެ ބޮޑުވަރުވޭ

  3. ނިކަމެތި ރައްޔިތުން

    ހިތައް އަރަނީ ދުވާލަކު 200 މީހުންޓެއްޓް ކޮއްލަ ކޮއްލަ ދެންހަމަ މިހެން ގޭގަ ތާށި ވެފަ ތިބެންވީ ބާއޭ. ކިހާދުވަަހަކު މިހެންތިބެންޖެހޭނެބާއޭ. ތަންކޮޅެއް ގިނައިން ޓެސްޓް ހެދީމަ ދޯ އަވަހަށް ނައްތާލެވޭނި. ސަރުކާރުން މިހާރު މިތި އާންމު ބައްޔަކަށް ހަދައިފި