ކޮވިޑް-19 އަށް ތަކުރާރުކޮށް އެތައް ފަހަރަކު ޖޯކު ޖެހި ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޖައިރު ބޮލްސޮނާރޯއަކީ ކޮވިޑް-19އަކީ އާދައިގެ ބައްޔެއްކަމަށް ވިދާޅުވެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސިއްހީ މާހިރުންގެ އެންގުމާއި ހިލާފަށް އެއްވުންތައް ބާއްވައި މާސްކް އެޅުމަށް ދެކޮޅު ހައްދަވާފައެވެ.

ޖައިރު ބޮލްސޮނާރޯގެ ފިއްތުންތަކާއެކު ބްރެޒިލްގެ ދެ ހެލްތް މިނިސްޓަރުން އިސްތިއުފާ ދެއްވިއެވެ. އެ ގައުމުގެ ހެލްތް މިނިސްޓަރުގެ މަގާމުގައި މިހާރު މީހަކު ނެތްތާ ދެތިން މަސް ވެއްޖެ އެވެ. މިހާރު ވަގުތީ ގޮތުން މަގާމު އަދާކުރައްވަމުން ގެންދަވަނީ ސިއްހީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ސިފައިންގެ މީހެކެވެ.

"ބްރެޒިލްގެ ރައްޔިތުން ޖަންގްޝަނަށް ފައިބާ ތިއްބަސް ކޮރޯނާ ވައިރަސްއެއް ނުޖެހޭނެ" މީގެ ކުރިން އެ ގައުމުގެ ރައީސް ޖައިރު ވިދާޅުވެފައި ވެއެެވެ.

ޖައިރު ކޮވިޑް-19 އަށް ޓެސްޓް ކުރީ އޭނާގެ ހާލަތު "ރަނގަޅު ނުވުމުން" ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ފަރުވާ ދޭން ފެށުމުން މިހާރު އޭނާގެ ހާލަތައް ކުރިއެރުން ލިބެމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.

ކޮވިޑް-19 އަށް ފައްސިވުމުން ސަޕޯޓަރުންނާއި ރިޔާސީ ގަނޑުވަރުގެ ބޭރުގައި ބައްދަލު ކުރައްވާ ޖައިރު ވަނީ އޭނާ އާއި ދުރުގައި ތިބުމަށް ސަޕޯޓަރުންނަށް އިރުޝާދު ދެއްވާފައެވެ. "އެއްވެސް ސަޕޯޓަރަކު އަހަރެންނާއި ކައިރި ނުވުން އެދެން. ނަމަވެސް އަޅުގަނޑުގެ ހާލަތު ރަނގަޅު. ހުރިހާ ކަމެއް ވެސް ރަނގަޅު." ޖައިރު ވިދާޅުވިއެވެ.

ޖައިރު މީގެ ކުރިން ވަނީ ބްރެޒިލްގެ ފުރަބަންދު އުވާލަން ވެސް ގިނަ މަސައްކަތްތެއް ކުރައްވާފައެވެ. ނަމަވެސް ސްޓޭޓްތަކުގެ މޭޔަރުން ޖައިރުގެ ނިންމުންތަކަށް ބޯނުލެނބުމުން އޭނާ ބޭނުންވި ގޮތައް ބްރެޒިލް ހުޅުވާލަން ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ބްރެޒިލަކީ މިހާރު ވެސް ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެގައުމުން 1.6 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު 65000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުޅާ

    މިހާރު ހުންނާނެ ރާކަނިމަސް ކެވިފާ.

    28
    1
  2. Anonymous

    އަދި ބުންޏެންނު ފިސާރި ފިރިހެންވެގެންނޭ ކޮވިޑާއި ކުރިމަތިލާނީ.
    ދެންކީއްވެބާ މިޖެހުނީ.
    މިމީހުންނަށް ވޯޓްދީގެން ހޮވާބައެއްވެސް ދޯ....،
    މިރާއްޖޭގައިވެސް މިފާޑަކަށް އުޅޭބައެއްތޭ އަނެއްކާ ދުނިޔެއް ނުހުއްޓުވޭނެއޭ ރާއްޖޭއެއް ނުހުއްޓުވޭނެއޭ ކެމްޕޭން ހަރަކާތްތައް ވެސް ހޭލުންތެރި ކުރަމުން ކުރިއަށް ގެންދާނީއޭވެސްކީދޯ.
    އިދިކޮޅަށް ޖައްސާފައި ކެމްޕޭން ކާމިޔާބު ކުރާނެ ވާހަކަވެސް ކީދޯ

  3. ާައަޒުމާ

    ތިކަހަލަ މީހުންނަށް ވާނީ ތިފަދަ ގޮތެއް

    23
  4. ހަސަނާ

    ތިކަހަލަ ބޯހަރު މީހަކު މިގައުމުގާވެސް އެބައުޅޭ..

    32
    1
  5. ސަޓޯ

    ދެން މަރުވޭ.. އޭރުން އެއްޗެއް ވިސްނޭނީ