މިއަދު ނިޔާވުމުން ކަށުކަމާއި ކެމީގެ ކަންކަން ނިންމަން އާ ސަރަހާއަށް ގެންދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވިކަން އެނގުނު މީހާގެ މޫނު ބަލަން ގިނަބަޔަކު އާ ސަހަރާއަށް ދިޔަ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މިއަދު ނިޔާވެފައި ވަނީ އުމުރުން 70 އަހަރުގެ ދިވެހި އަންހެނެކެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ މީހާ އާ ސަހަރާއަށް ގެންދިޔައީ މެންދުރު 1:30 އާއި 2:00 އާއި ދެމެދުގެ ވަގުތެއްގައެވެ.

އަދި އެ މީހާ ކޮވިޑް-19އަށް ފައްސިވިކަން އެނގުނީ އަސަރު ނަމާދަށް ބަންގި ގޮވަން ކައިރި ވެފައި ހުއްޓާއެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތު"އަށް ބުނީ، އާ ސަހަރާއަށް ގެންދާ މީހުން ހިނެވުމުގެ ކުރިން މޫނު ދައްކާ އުސޫލުން އެ މީހާ ގެންދިޔަ ވަގުތުން ފެށިގެން، ބަލަން ބޭނުން ބަޔަކަށް ދިޔައީ މޫނު ދައްކަމުންނެވެ.

"ކޮވިޑް-19 އަށް ފައްސިވި މީހެއްކަން ނޭނގެންޔާ އާއިލާ މީހުންވެސް ގާތް މީހުންވެސް އަންނާާނެ. ވަރަށް ބޮޑު ނުރައްކަލަކަށް ގިނަ ބަޔަކު މި ހުށަހެޅުނީ ހޮސްޕިޓަލްގައި ފަރުވާ ކުޑަކަމުން". މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ މީހާ ހިނެވުމުގެ ކަންތައް ކުރަން އޮތީ އަސުރު ނަމާދަށް ފަހުގައެވެ.

އާއިލާގެ ފަރާތުން "ފެށުން" ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ، ނިޔާވި މީހާ އައިޖީއެމްއެޗްއަށް ގެންދިއުމުގެ ތިން ގަޑިއިރު ކުރިން ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދިން ކަމަށެވެ.

އަދި ޓެސްޓު ހެދުމަށްފަހު ނަތީޖާ ނުލިބެނީސް ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ހޮސްޕިޓަލްގެ ފަރުވާ ކުޑަކަމުން މި ވެއްޓުނީ ކިހާ ބޮޑު ރިސްކަކަށް". އާއިލާ މީހާ ބުންޏެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންވެސް ވަނީ ކޮވިޑް-19 ޖެހިގެން 70 އަހަރުގެ މީހަކު ނިޔާވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

މިއީ ރައްޖެއިން މި ބަލި ޖެހިގެން ނިޔާވި 13 ވަނަ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޭެޖާބެ

    ?

    14
    1
  2. ދަސްކުރޭ

    މީހެއްގެ މޫނު ބެލުމުން ކޮވިޑް އަރާތަ ކިހާބޮޑު ކަމެއް ފިތުނަ

    27
    63
    • މަދަރުސާއަށްދޭ

      މޫނު ބަލަން ގޮސް ގައިދުރުކަމެއް ނެތި އެއްވެ އުޅުނީމަ ބަލި ފެތުރޭނެ ބުރާންޗާ!!!!!!

      31
      3
      • ޙަމަހަމަ

        ޢާރޓިކަލް ކިޔާލާ އަދި އެއްފަހަރު

    • ÷ note

      މީހަކު މަރުވިޔަސް ވއިރަސް މަރެއްނުވާނެދޯއަދި ޥައިރަސް ހަށިގަނޑުގައި ހުންނާނެދޯ ..ސޯ ނޮޓް ސޭފް ޓް ގޯ ދެޢަރ

      2
      1
  3. މުހައްމަދު

    ހޮސްޕިޓަލް ފަރުވާކުޑަކަމެ އެކަނިޔެނޫން އާންމު ފަރުދުންވެސް ޖެހޭނެ ސަމާޅުވާން ކޮންމެ ދުވަހަކުވެސް އެތައްފަހަރަކު ހަނދާކޮށްދެމުން އެދަނީ ކޮންމެހެން ދާން ޖެހޭތާކަށް ނޫނީ ނުގޮސް ވޭތޯބަލަން. މައްޔިތާއައް ފައިދާ ކުރާނީ މޫނު ބަލަން ދިޔާމައެއްނޫން މައްޔިތާއައް ހެޔޮއެދޭނަމަ މައްޔިތާގެ މައްޗައް ހެޔޮދުޢާކޮށްދީ.. އޭރުން މައްޔިތާއައް ފައިދާއެއްކުރާނީ..!

    55
    1
  4. ާަައާސިޔާ މޫސާ

    ތިގެއިން މީގެ 2ހަފްތާ ކުރިން ބަންގާޅު ބޭފުޅަކު ޕޮޒިޓިވް ވި ނަމަވެސް ބާކީ ތިބި މީހުން މިއަދާ ހަމަޔައް ވެސް ޓެސްޓް ނުހަދާ މި ކަމުގެ ޒިންމާ ނަގާނި ކާކު.

    27
  5. ައިބިލީސް

    އައިޖީއެމްއެޗް ގެ ވާހަކަ ނުދައްކާ. އެތާ ތިބޭ އެމެޖެންސީގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުން ވަރަށް ފަރުވާ ކުޑަ. ކުރީދުވަހަކުވެސް ވަރަށް ހާލު ބަލި ބޮޑު ކުއްޖަކު ޑޮކްޓަރަށް ދައްކަން ދިޔައިމަ ފޮނުވާލީ. އިތުރަށް ނުވެސް ބެލި އޯކޭއޯ އޯކޭއޯ ކިޔާފަ ފޮނުވާލި ކުއްޖާ މިހާރު އޮތީ އޭޑީކޭގައި އެޑްމިޓް ކޮށްފަ. ހާލު ވ ސީރިއަށް. ބޮޑު މުސާރަ ނަގައިގެން ތިބެ ބަލިމީހުންނަށް އެހީވާ ބަޔެއްނޫން ތީކީ. ބަލިޖެހިދާނެތީ ބިރުން ފޮނުވާލަނީ ކޮންމެ މީހަކުވެސް. ބޮޑު މުސާރަ ނަގައިގެން މޮޅަށް ކިޔެވިޔަކަށް އިންސާނިއްޔަތު ކަމެއް ނެތިއްޔާ ބޭނުމެއްހުރި ބަޔެއްނޫން ތީކީ

    25
    2
  6. ފައިރޫޒު

    ސިޔާސަތުތައް ރޭވެމުން ދާ ގޮތުން ސަރުކާރުން ބޭނުންވާކަހަލަ ގޮތަކަށް ކަންކަން ވަމުން މިހިރަ ދަނީ. މިއޮތީ އަހަރުމެން ބަދަލުކުރަން ބޭނުންވީ ޤައުމުގެ ހާލަތު ބަދލުވެފައިވާ ގޮތް .

    14
    1
  7. އަހްމަދު

    ބަޔަކު މީހުން ޖައްސުވަން އުޅޭ ބަލިޔެއްކަމަށް ވަންޏާ މިކަހަލަ ކަންތައްތައް ވާނެ! މިކަހަލަ ކިތައް މައްސަލަތޯ؟

    14
    1
  8. އެކްޓަރ

    ދިރާސާއިން ދައްކާގޮތުން މަރުވެފަ އޮންނަ މީހަކު ގައިން ވައިރަސް އެރުމަކީ ނާދިރުކަމެއް، ނަމަވެސް މަރުވާ މީހާގެ ގައިން ނުވަތަ އަނގައިން ފޭދޭ ދިޔައިން ވައިރަސް ފެތުރިދާނެ....
    މިއަދު ކޭސްއަކީ ގޭގައި ނިޔާވި މީހެއް...ހޮސްޕިޓަލްއިން މަރުސާބިތު ކުރިގޮތަށް ކޮވިޑްގެ ރަގަޅު ނަތީޖާ ނުލިބެނީސް މައްޔިތާ ހޮސްޕިޓަލްއިން ދޫކޮށްލުމީ މިފަދަ ބޮޑް ބަލިމަޑުކަމެއްގެ ތެރޭ ވަރަށް ދެރަކަމެއް. . ސަހަރާއަށް ވަޑައިގެންނެވި ބޭފުޅުންތިއްބެވީ މާސްކް އަޅައިގެން އަދި މައްޔިތާގެ މޫނު ދެކިލުމަށް އެއްވެސް ހުރަހެއްނެތުމުން ކޮންމެބޭފުޅަކުވެސް މޫނު ބެލި..އަދި 2 ފޫޓާއި 3 ފޫޓް ދުރުިނުގައި ބޭފުޅުން ތިއްބެވީ....މިފަދަ ކޭސްތައް އަލުން އިޔާދަވިޔަ ނުދެމާތޯ....

    17
    2
  9. Anonymous

    ތީ މައްސަލައެއް ނޫން! ކޮވިޑް އަރާނީ ކެއްސާ ކިނބިހި އަޅާނަމަ ކަމަށް ވަނީ!!

    6
    18
  10. ހާޑީ

    މޫނު ބަލަން މާސްކް އަޅައިގެންދިޔަ މީހުން ބަހައްޓާފަ ބަލާބަލަ އގޭގެ ކުދިންނާ މައްޔިތާމަރުވުމުގެ ކުރިންނާ ފަހުން ޑައިރެކްޓް ކޮންޓެކްޓްވި މީހުން މިހާރު ކިތަން މީހުނާ ޑައިރެކްޓް ކޮންޓެކްޓްވެފަވާނެ؟

  11. ޝާޝާ

    އެއީ ހެލްތުގެ ފަރުވާކުޑަކަން، ޕޮސިޓިވްވީއޭ ކިޔާފަ އެބަ ގެންދޭ ކަމެއް ހަށިގަޑުން ނުފެންނަ ފަރާތްތައްވެސް، ޕޮސިޓިވްވީމަ ކޮންޓެކްވާ ފަރާތްތަކުގެޓެސްޓް ހެދުން އެއީ މުހިންމު ކަމެއް ކަމަކަށްވެސް ނުދެކޭ! ކޮންޓެކްޓުންގެ ސާމްޕަލް ނަގަން އާދެވެނީ 2 ދުވަސް ވާއިރު އަދި އެފަދަ މީހުންގެ ނަތީޖާ ލިބެނީ 4 ދުވަސްވީމަ، މީ ދެންބޮޑުވަރު.
    ނަތީޖާ ލިބިގެން ގެންދިޔާމަ ދުވަސް ގުނަން ފެށެނީ އެކަކުން، ޓެސްޓުކުރަން ސާމްޕަލް ނަގާފަ ޕޮސިޓިވް ވެއްޖެއްޔާ ސާމްޕަލް ނެގި ދުވަހުން ގުނަންފެށެންވާނެ!
    ވާކަމެއް ޚަރާމް ކަންކަން މާ ވާ ބައެއްކަމަށް ދެއްކެން އުޅުނަކަސް އެއީ ހަމަ ސުމެއްގެ ބައެއް. ޤައުމީ ބައިން ކެނޑި ހެލްތު އިމަރޖެންސީވީމަ ހަދާނެ އެއްޗެއް ހަދަނީ. އިމަރޖެންސީ އެއްގަ ކަންކަން ކުރަން އޮންނަ ގޮތް އިހަށް ދަސްކޮށް، ފައްސި ވާ ކޭސްތަކަށް އަހައްމިއްޔަތުކަން ދޭނަމަ ފައްސި ވާ މީހުން މަދުކުރެވޭނެ!

  12. ާާޢޫށޫލް

    ކޮވިޑް ފެތުރެމުންދާތަނެއްގައި މަރުވާ މީހުންގެ ކަށުކަމާއި ކެމީގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ އުސޫލުގައި ވާގޮތަށް ހޮސްޕިޓަލުން އެ އަމަލުކުރީ ސާމްޕަލް ނަގާފައި މައްޔިތާގެ ކަށުކަމާކެމީގެ ކަންކަން އަވަސްކުރުން. ޙިނެވުމެއްނޯވޭ. ތަޔައްމުމްކޮށްފަ މޫނުދެއްކުމެއްނެތި(ޑައިރެކްޓް ފެމިލީ އޮންލީ) އަވަހަށް ވަޅުލުން. ޢުސޫލް ހަދާފަ އުސޫލަށް އަމަލު ނުކުރާނަމަ މިފަދަ ކިތައްމެ ކަމެއް ވާނެ.