ރާއްޖެ އިން އިތުރު 67 މީހަކު ކޮވިޑް-19 އަށް މިއަދު ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 52 މީހުންނަކީ ދިވެހިންނެވެ. ދެން ފައްސިވެފައި ވަނީ ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާ މީހެކެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2731 އަށް އަރާފައެވެ.

މިހާރު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އިއްޔެ 47 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، އޭގެ ކުރީ ދުވަހު 64 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

މިހާރު އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައި ވުމެވެ.

ފާއިތުވި ފަސް ދުވަހު ފައްސިވި ދިވެހިންގެ އަދަދު

  • 8 ޖުލައި 11 ދިވެހިން
  • 9 ޖުލައި 33 ދިވެހިން
  • 10 ޖުލައި 44 ދިވެހިން
  • 11 ޖުލައި 43 ދިވެހިން
  • 12 ޖުލައި 52 ދިވެހިން

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ކުރިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގުޅުން އޮތީ ކިހައި އަދަދެއްގެ މީހުންގެ ކަމެއް އަދި އެޗްއޯސީ އިން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    އަޅެ މީއަރަތެތޯ 67 47 67 ހަމަ ބިރުން 17 އަންނާތީ

    20
    3
  2. މަ

    ކަލޭނޭ އަދިވެސް އަނގަ ބަންދުކޮށްގެން ތިބެނީތަ؟ ސުކޫލުތައް ބަންދު ކުރޭ. ލޮކްޑައުންނަކަށް ނުގޮސް ނެތް ވާކަށް. ބޯޑަރު ވެސް ބަންދު ކުރޭ އެހެން ނޫނީ މައިތިރި ނުވާނެ. ލަންކާ ވެސް ބަންދު ކުރީ އެ.

    48
    3
  3. ސޭކްސްތާން

    ވަރިހަމަ ދުވާލަކު 100 އިން މަތިވިޔަސް ލޮކްޑައުންގެ ވިސްނުމެއް މި ނާގާބިލް ސަރުކާރުގެ ނެތް. ބޭނުމީ ލާރި. ލާރި ހޯދަން ރައްޔިތުން ގުރުބާން ކުރަނީ ކިހާ ދެރަކަމެއް.

    48
    3
  4. އެމަންޖެ

    ލޮކުޑައުން ފިލުވާލީމަ ވާގޮތް ފެނޭދޯއެބަ ، އަދިވެސް އަންނިމެން ބުނާގޮތް ހަދާތި.

    42
    1
  5. އެސޮރު

    ދެންދޭނެ އިތުރު ލުޔެއް ނެއްތޯ....؟؟؟

    36
    2
  6. ާައަންނި

    މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ.

    30
    2
    • ފުރެންޑު

      އެއްވެސް ޑިސިޕްލިން އެއް ނެތްބަޔަކަށް ދުވަހަކުވެސް ނުވިސްނޭނެ. މިގައުމުގަ ސަރުކާރު އަދި އާންމުމީހުން ވެސް ފެެއިލްވެފަ އޮތީ. އިހްތިރާމް ކުރަން އިނގެނީ އާބާދީގެ 1%

      11
  7. ސޯލިހުބެ

    ތިޔަ އޮތީ އަތައްގޮވާފަ ، ދިވެހިންނަކީ ބުނާބަސް ނާހާ ބައެއްކަން އެނގޭއިރުވެސް މިކަލަ ނުރައްކާ ދަނޑިވަޅެއްގަ ލުއީ ދިނީމަ ވާނެގޮތް ތިޔަ ފެންނަނީ.

    40
    1
  8. ނިކަމެތި

    ސަރުކާރު ލާރިޔާގެން ބޫތުކެއީމަ ވާނޭގޮތްމީ.

    41
  9. ޓޮމްޖޯންސް

    ކޮމެންޓްތައް ކިޔާލުމުން އެނގެނީ ނުރައްކާތެރި ބައްޔެއް ފެތުރެމުން ނުދާކަން. ތަޖްރިބާކާރުން ބުނާ ގޮތުގައި ނުރައްކާތެރި ޕެންޑަމިކެއް ނުވަތަ ރޯގާ އެއް ފެތުރެމުންދާނަމަ މިޒާތަކަށް މީހުން ކޮމެންޓެއް ނުކުރާނެ. އޭރުން ތިބޭނީ ހަޤީޤީ ބިިރުވެރިކަމެއްގެ ތެރޭގައި އަމިއްލަ ނަފްސު ސަލާމަތް ކުރުމުގެ ވިސްނުމުގަ. ސަރުކާރަށް ނުވަތަ މީހުންނަށް ޖެއްސުން ކުރުމަށް ނުވަތަ ހިޔާލު ފާޅު ކުރުމަށް ފުރުސަތު އެލިބެނީ ރޯގާ އެހާ ސީރިއަސް ނުވާތީކަމަށް.

    2
    10
  10. ކކކކކީކޭ

    ފައްސި ނައްސި ފައްސި ނައްސި ހަމަ ހިތަށްއަރަނީ

  11. ނަޒީލް

    މިރާއްޖޭންވެސް ސުކޫލެއްގެ މުވައްޒަފަކު ފައްސިވީމަވެސް ނޫޅޭ ސްކޫލްތައް ބަންދުކުރާކަށްް!!!
    ، ސިލަބަސް ފުނޑިދާނެތީ އޭގެ ބިރަށް ޜާއްޖޭގެ ސުކޫލްތައް ހުޅުވީ އަސްލު... މިހާ ނުރައްކާތެރި ބައްޔަކަށް ދަރިވަރުންގެ ސިއްހަތާ ފުރާނައަށް ވުރެ ދަރިވަރުންގެ ސިލަބަސްއަށް އައިޝަތު އަލީ މޮޔަވެފަ ހުރޭ ވިއްޔާ!!? އަމިއްލަ މިހާ ފައްސިވެގެން ބޮޑުވަރުވީމަ ބުނާނެ ދެން ބުނާނެ އަހަންނަށް މި ވިސްނުނީ އަދި ކިރިޔާއޭ ސުކޫލުތައް ބަންދުކުރާށޭ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ ބުނާނެ !! ބިރެއްވެސް ނުގަނޭ މި ދިވެހިންނެން މިބަލި ޖެހިއްޖެޔާ ވާނެ ވަރު އެބަ އިނގޭ ދިވެހިންނަކަށް ދުވަހަކުވެސް ނުވިސްނޭނެ...

    މިރާއްޖެން ފުރަތަމަ ބަލި ފެތުރުން އިރު ބަލި ދިޔަ ސްޕީޑްގަ ހަމަ އެ ސްޕީޑްގަ މީހުން ހަމަ މިހާރުވެސް މީހުންތައް ފައްސިވެގެން އެއޮށް ނިމިދަނީ ، ސަރުކާރު އަރާމު ނިދީގަ އޮވެގެން ރައްޔިތުން ހަލާކެއްގެ ތެރެއަށް ވައްޓާލުން ކަމަކީ!

    1 ކަކު ފައްސިވީމަ ސްކޫލްތަކާ ސަރުކާރު އޮފީސްތައް ބަންދުކުރަންވީ
    2000 މީހުން ފައްސިވީމަ ސްކޫލްތައް ހުޅުވަން ވީ.. މޮޔަ ސަރުކާރު

    11
    1
  12. ޢާމިލުކަރީމް

    ސަރުކާރު ވަގުތުން އިސްތިއުފާދޭންޖެހޭ! ރައްޔިތުންނަށް ގެއްލުންވާ ނިންމުން ނިންމައި، ރައްކާތެރިކަން ހޯދަނުދެވޭ ވެރިއަކީ ވެރިކަންކުރުމުގެ ޝަރުތުހަމަނުވޭ ވެރިއެއް! ކުރިހުވަޔާވެސް ޚިލާފުވެވިފަ ތިހުރީ!

    8
    1
  13. ޢާބިދާ

    17 ޖުލައި 17 ޖުލައި 17 ޖުލައި
    މިއީ މި ނަޤާބިލު ސަރުކާރު ކުޑަކަކޫމައްޗަށް ތިރިވެ ވެލިކާންފަށާދުވަސް! އިންޝާއަﷲ! މިކަމަށް ބިރުން ކޮވިޑޭ ދަންޑެހިލޭ ލޮކޭ ސޭފޭ ކިޔާނޭކަމެއް ނެތެވެ.

  14. ތުނިޔަ

    މިކަންކަން ކެއުމަކުން ނާރާނެ އިސްލާމެއް ، ކާފަރެއް ކިޔާނެކަމެއްނެެއް މުޅިދުނިޔެ ފަސާދަވެ އަދުލުއިންސާފު ގެއްލި ލޭއޮހުރުވުންގިނަވީމާ. ބަލިމަޑުކަންްގިނަވެ ފަގީރުކަންއިތުރުވާނެއެވެ. މިކަމުގެހައްލަކަށް އޮތީ ކީރިތި ގުރުއާނުގައި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެންގެވިގޮތަށްއުޅުން