ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 16 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއަދު ރާއްޖެ އިން އިތުރު 67 މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2731 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 2284 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ނަމަވެސް ފާއިތުވި ހަތަރު ދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައި ވާތީ މިހާރު ކޮވިޑް-19 އަށް ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ވަނީ 419 އަށް އިތުރުވެފައެވެ.

61819 ސުންކު (ސާމްޕަލް) މިހާތަނަށް ރާއްޖެ އިން ވަނީ ކޮވިޑް-19 އަށް ނަގާފައެވެ. މީގެ ތެރޭގައި ތަކުރާރުކޮށް އެކެއްގެ ގައިން ނަގާފައިވާ ސުންކު ވެސް ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިގޮތައް ރަނގަޅު ނުވިއަސް އޯކޭ. ޓެސްޓު ނުކޮށް ދޫކޮއޮލަނީ. ޢެންމެނައް ވެސް ބިރު.

  2. ާމީ

    އަލްހަމްދު ލިﷲ