މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސް އިން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުމެއްގެ ބައިވެރިޔަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީވެެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްްދަލުވުމަކީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ އަޑު އުފުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ބޭއްވި ބައްދަލުވުމެކެވެ.

ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ޔުނިސެފް، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވެފައިވެއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މީހަކު ކޮވިޑް-19 އަށް ފައްސިވިކަން ޖެންޑާ އިން ކަށަވަރުކޮށްދިން ނަމަވެސް، މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސަރުކަރުގެ ބައެއް އޮފީސްތަކާއި އަމިއްލަ ބައެެއް އޮފީސްތަކުގައޮ މަސައްކަތް ކުރަމުންދާ މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒ

    ބިރުވެރި... ????

    15
    1
  2. ހާލުފޮޅި

    ބައްދަލުވުންތައް ނުބާއްވާށޭ، ގިނަ މީހުން އެއްނުވާށޯ.. އެންމެ ބާރަށް ގޮވާމީހުން މިހުރިހާ ކަމެއް މިކުރަނީ