ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް ނިންމައިފިއެވެ.

ޕީޖީ އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބޭއްވި ޝަރީއަތް ކުރިޔަށް ގޮސްފައި ވަނީ ގާނޫނާ އެއްގޮތަކަށް ނޫން ކަމަށެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށްފައި ވަނީ މައްސަލަ ބެއްލެވި ގާޒީ އަށް ފެނިވަޑައިގެންނެވި ގޮތަށް ކަމަށާއި އެ މައްސަލާގައި އަދީބުގެ ފަރާތުން އެއްވެސް އެއްޗެއް ފާހަގަކޮށްފައި ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަދީބުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ މާދަމާ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އެގޮތުން އިސްތިއުނާފުގެ ލިޔެކިއުންތައް މާދަމާ ހެނދުނުގެ ވަގުތެއްގައި ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވި ގަޒިއްޔާގައި އަދީބު ނުދައްކާ ވާހަކަތަކާއި، ޕީޖީ ހުށައަޅަފައިނުވާ ކަންކަންވެސް ހިމަނުއްވާފައިވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމެވެމުމަށް ޕީޖީވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލް ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިއްވާފައި ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެފަދަ އެއްބަސްވުމެއް ބާތިލުކުރަން ނިންމުމުގެ ކުރިން ޕީޖީ އަލުން ތަހުގީގުކުރަން ބޭނުންތޯ ސުވާލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި ގޮތެއް ކަނޑައެޅިއިރު ޕީޖީގެ ގާތުގައި އެއްވެސް އެއްޗެއް އަހާފައި ނުވާއިރު މައްސަލަ ރައްދުވާ ފަރާތުގެ އަރިހުގައި ވެސް އެއްވެސް އެއްޗެއް މައްސަލަ ބެއްލެވި ގާޒީ އައްސަވާފައި ނުވާ ކަމަށް ވިދާޅު ޝަމީމް ވަނި ތަކުރާރުކޮށް މައްސަލަ ބެއްލެވި ގާޒީ އަށް ފާޑު ވިދާޅުވެފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން މިއަދު ނިންމީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އަމަލު ކުރަން ފަށާތާ 45 ދުވަސް ތެރޭގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް އެއުސޫލުން އަދީބުގެ މައްސަލަތަކާއި މެދު އަމަލު ކޮށްފައި ނުވާ ކަމަށެވެ. އަދި މީހަކަށް ޖިނާއީ ދައުވާއެއް ދެވަނަ ފަހަރަށް ނުއުފުލޭނެ ކަމަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށާއި ނަމަވެސް އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތަކަކީ ކުރިން ވެސް ދައުވާ އުފުލި، އަދި ކޯޓުން ޙުކުމްތައް ވެސް ކޮށްފައިވާ މައްސަލަތަކާއި ގުޅުން ހުރި ދައުވާތަކެއް ކަމަށް ވާތީ މިހާރު އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އަދީބާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ސޮއި ކޮށްފައިވާ އެއްބަސްވުމަކީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްބަސްވުމެއް ނޫން ކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

އަދީބާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ގާއިމުކުރި އެއްބަސްވުމަކީ "ޤާނޫނު ނުދަންނަ އެއްބަސްވުމެއް" ކަމަށާއި އެއީ މާއްދީ އަދި ނަފްސާނީ އަނިޔާގެ އަމަލުތަކެއް ހިމެނޭ އެއްބަސްވުމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުގައި ބުނެފައި ވެއެވެ.

އެއްބަސްވުމުގައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ޤާނޫނީ ގޮތުން ނެތް ޒިންމާތަކަކާއި އަމިއްލައަށް ހަވާލުވެފައި ކަމަށް ވެސް މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖޫދު

    ތިޔައީ އަނދުން އެޅުވުމަށް ހިންގަންއުޅޭ ޖަރީމާއެއް! ތިޔައީ ސަރުކާރުގެ ފޮޑި ރޭވުމެއް!

    11
  2. ސަލީމް

    ކަލޭމެން ތިޔަ ކުޅޭ ޑްރާމާތައް ހުއްޓާލާ! ތިކަމެއް މިސަރުކާރަކަށް ނުބެލޭނެ. އެއީ ވާނޭކަމެއް ނޫން.

  3. ދިވެހިސޮރު

    ހުސްގޭމް ރައްޔިތު ގުބޯ

    13
  4. އަދީބު ޖަލަށްލާ

    މާދަމާއަކީ ބޯޑަރު ހުޅުވޭ ދުވަސް ކަމަށް ވުމުން އަދީބު ވަރަށް ފަސޭހައިން ފިއްލެވޭނެ. ފުރަން މަނާ ކުރިޔަސް އަމުރު ލިބުމުގެ ކުރިން ފުރޭނެ. ކޮއިންސިޑެންސް؟ އައި ތިންކް ނޮޓް!. މިހާ ދުވަހު ޕީޖީއިން އަދީބަށް 800 އަހަރުގެ ޖަލު ހުކުމެއް އަންނަ ނަމަ ހުކުމް ނުކުރީ ކީއްވެތޯ؟ އަދީބް ނޫނަސް މަހުލޫފާއި ދެން ތިބި ބައިވެރިންނަށް އަދަބެއް ނާންނަނީ ކީއްވެތޯ؟

  5. އަބްދޫ

    ޕީޖީ ގެ ގާބިލް ކަމާމެދު ސުވާލު އުފެދިއްޖެ ކުރިން ފައިސާތަކެއްގެ މައްސަލަ ނިންމާ ކްރިމިނަލް ކޯޓުން ހުކުމެއް ކޮށްފާ ވަނިކޮށް ހަމައެފައިސާގެ މައްސަލަ ކްރިމިނަލް ކޯޓް ގަ
    ދެވަނަފަހަރަށް ނުހިންގޭނެ ކަމަށް ގާނޫނުއަސާސީގެ 60 ވަނަ މާއްދާގަ އެބަބުނޭ

  6. އަބްދޫ

    ގާބިލް ކަމާމެދު ސުވާލު އުފެދިއްޖެ ކުރިން ފައިސާތަކެއްގެ މައްސަލަ ނިންމާ ކްރިމިނަލް ކޯޓުން ހުކުމެއް ކޮށްފާ ވަނިކޮށް ހަމައެފައިސާގެ މައްސަލަ ކްރިމިނަލް ކޯޓް ގަ
    ދެވަނަފަހަރަށް ނުހިންގޭނެ ކަމަށް ގާނޫނުއަސާސީގެ 60 ވަނަ މާއްދާގަ އެބަބުނޭ

  7. އަބްދޫ

    ކުރިން ފައިސާތަކެއްގެ މައްސަލަ ނިންމާ ކްރިމިނަލް ކޯޓުން ހުކުމެއް ކޮށްފާ ވަނިކޮށް ހަމައެފައިސާގެ މައްސަލަ ކްރިމިނަލް ކޯޓް ގަ
    ދެވަނަފަހަރަށް ނުހިންގޭނެ ކަމަށް ގާނޫނުއަސާސީގެ 60 ވަނަ މާއްދާގަ އެބަބުނޭ

  8. އަބްދޫ

    ކުރިން ފައިސާތަކެއްގެ މައްސަލަ ނިންމާ ކޯޓުން ހުކުމެއް ކޮށްފާ ވަނިކޮށް ހަމައެފައިސާގެ މައްސަލަ ކޯޓް ގަ
    ދެވަނަފަހަރަށް ނުހިންގޭނެ ކަމަށް ގާނޫނުއަސާސީގެ 60 ވަނަ މާއްދާގަ އެބަބުނޭ

  9. ޑައެލޯގް

    މިއީ ސަރުކާރުން ކުޅޭޑްރާމާއެއް ބޭނުމަކީ ސަރުކާރު ސަރުއީ ދާއިރާއަށް އަތްނުބާނާކަންދައްކަންކުރާކަމެކެވެ. އެއީ ކްރިމިނަލްކޯތުން އެގޮތަށް ހުކުމްކޮށް ކްރިމިނަލްކޯޓުގެ ގާޒީއަށް ފާޑުކިޔައި ހައިކޯޓުން ނުވަތަ ސްޕްރީމްކޯޓުން އެހެން ގޮތަކަށް ހުކުމްކޮށް ސަރުއީދާއިރާއަށް އަތްނުބާނާކަން ދެއްކުމެވެ.

  10. އަރީ

    އަދީބަށް ޓުވަރުޒަމް މިނިސްޓަރުކަން ދީބަލަ

  11. ކާފަބޭ2020

    އަދީބުގެއިޝާރާތް ބަށްލަވާލަށްވާ! 3 ފަރާތްވެސްވަނީ "މުށުތެރޭގަ" އެއީ ކޮންތިންފަރާތެއްތޯ ރައިއްޔަތުން ވިސްނަވާ!!!!!