ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް 800 އަހަރުގެ ހުކުމެއް އަންނަ ވަރުގެ ލިޔުން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގައި އެބަހުރި ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި 7 ދައުވާއެއް އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އިންތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، އަދީބުގެ މައްޗަށް ދައުލަތުން އުފުލު ދައުވާތަކާއި ގުޅިގެން ބޭއްވި ޝަރީއަތް ކުރިއަށް ގޮސްފައިވަނީ ގާނޫނާއި އެއްގޮތަށް ނޫން ކަމަށާއި އެބޭފުޅުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ހައިކޯޓުން އަޑުއެހުމަށް ބާއްވާފައިވާ ކަމަށާއި ގަބޫލު ކުރެވޭ ގޮތުގައި ހައިކޯޓުން އެމައްސަލަ އަކީ ކްރިމިނަލް ކޯޓުން ބަލަން ޖެހޭ މައްސަލަ އެއް ކަމަށް ނިންމާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހިސާބުން މައްސަލަ ބައްލަވަން ޖެހޭނީ އެހެން ގާޒީ އެއް ކަމަށެވެ.

ޤާނޫނުގައި ބުނާ ގޮތަށް ޝަރީއަތް ކުރިއަށް ގެންގޮސްފިނަމަ، މި ހާދިސާގައި މިވަރުގެ ވައްކާމާއި ހިޔާނާތް ސާބިތުވާ ވަރަށް ހެކި ހުރި ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް 150 އަށްވުރެ ގިނަ ދައުވާ ކުރެވޭނެ ލިޔުކިޔުންތަކެއް ހުރި ކަމަށާއި އެ ދައުވާގެ ހުކުމްތަކަށް ގާތްގަނޑަކަށް 806 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ، ތަހުގީގަށް ބަލާފައި މި ދައުވާގެ އަދަދު ގިނަވެސް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން އަތުގައި އަދީބުގެ ބަޔާނާއި (އިއުތިރާފުގެ ބަޔާން) ނުލައި ކުރާނެ 150 އަށްވުރެ ގިނަ ދައުވާ އެބަހުއްޓޭ. އެދައުވާތައް ސާބިތުވެއްޖެއްޔާ (ޑޮކިއުމެންޓަރީ އެވިޑެންސް) 800 އަށްވެރު ގިނަ އަހަރުގެ ހުކުމެއް އަންނަ ވަރުގެ ލިޔެކިޔުންތަކެއް އެބަހުރި" ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތެރޭގައި ހިމެނެނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދޯ

    އެހެންވީމަ އަދީބު މަރުވީމަވެސް 800 އަހަރު ވަންދެން ޖަލުގައެއްނު ބާއްވަންޖެހޭނީ. ހުކުމް ތަންފީޒުކުރަން ޖެހޭނެއެއްނު.

    21
  2. ޒާ

    ކަލޭ މޮޅުވާހަކަ ނުދައްކާ. ތިބުނާ ލިޔުންތައް ޚަޒާނާގައ ފޮރުވާ މަހުޝަރު ދުވަހުން ގެންދަން. ރުޅިއަރުވަން ނޫޅެއިތުރަށް

    38
  3. ޖޭމްސް

    އެ ލިޔުންތައް ޕީޖީ އޮފީހުގައި ބަހަށްޓާފައި، ހަމައެކަނި އެއްބަސްވުމެއް ކޯޓަށް ހުށަހެޅިއަކަށް ނުވާނެ ނޫންތޯ؟ ތިޔަ ވިދާޅުވާ ހިކަތަށް ހުށަހަޅުއްވައިގެން، އެ ފައިސާ ހޯއްދަވައިދެއްވަން ވީނޫންތޯ؟

    21
    1
  4. ޓިނު ދޮންބެ

    ހުސްކަރާ ވާނެކަމެއް ހަރާމް ރައްޔިތުން ދެން އަތްޖަހަންވިއްޔޯ ....

    25
  5. އެމީހާ

    ތިމައްސަލަތައް ހުށަހަޅަން ސަތޭކަފަންސާސްއަހަރު ނުނަގައިފިއްޔާ ކިތައްމެހާވެސް ރަނގަޅު ތިމައްސަލައިގައިޝާމިލުވާކަމަށް ބުނާމީހުންގެ ވަނަވަރަށް ބެލީމާ ހަމަޝައްކުވަނީ. އެނގިދާނެތާ ގަޓުހުރިވަރެއް.

    19
  6. އަބްދޫ

    ބައްލަވަ އަދީބުގެ މައްޗަށް އެމްއެމްޕީއާރުސީ ގެ ހިޔާނަތުގެ މައްސަލާގަ ދައުވާކޮށް ކްރިމިނަލްކޯޓުން ވަނީ ކުރިން ހުކުމް ކުރައްވާފަ. އަދި އެހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިސަރުކާރު ވެރިކަމަށް އައިސް ކޯޓްމެދުވެރިކޮށް ވަނީ ދޫކޮށްލާފަ. ކޮންމެ ގޮތެއްވިޔަސް އެފައިސާގެ މައްސަލާގަ ކްރިމިނަލް ކޯޓްގަ ދެވަން ސަރީއަތެއް ހިންގާކަށެއް ގާނޫނުއަސާސީ ގެ 60 ވަނަ މާއްދާ ބުނާގޮތުން ތަނެއްނުދޭ. ކުރިން ނިންމާ ހުކުމް ކޮށްފައިވާ މައްސަލަ އެއް ދެވަނަފަހަރަށްކްރިމިނަލް ކޯޓަށް ހުށަހެޅިގެން ނުހިންގޭނެކަން ގާނޫނުއަސާސީގެ 60 ވަނަ މާއްދާ ކަށަވަރު ކޮށްދޭ.އަދީބު ދޫވެގެން އެދިޔައީ ކޮންފަރާތެއްގެ އިހުމާލަކުންތޯ ތަހުގީގު ހިންގަން އެބަޖެހޭ،

    24
  7. ޙހހހ

    ބަލަ އިއުތިރާފް ބަޔާން ޤާނޫނާއި ހިލާފުވިޔަސް މައްސަލައެއްދޯ އެއީ

  8. އަބްދޫ

    ތިޔަ މައްސަލާގަ އެއްފަހަރު ވަނީ ހުކުމް ކޮށްފަ ވީމާ ދެވަންފަހަރަށް ވެސް ހުށަހެޅޭތަ؟

    11
  9. ފެކްޓް

    އެހެންވެތާ އެހެރީ ހުކިމް އައިސް މިހާރު

  10. ކަނަމަނަ

    ތަންދޮރުނުދައްނަމީހުނައް ތިފެންވަރުގެމަގާމްތައްދިނީމަ ވާނެގޮތްތިޔަވަނީ

    18
  11. މުސްތަގިއްލު

    # ދެން ކީއްވެތަ ދައުވާތަށް ނުކޮށް ދޫކޮށްލީ. ސަރުކާރާއެކު ހެދި ޑީލު ބޮޑުކަމުން އެކަން ކުރެވެން ނެތީދޯ؟.
    # މި ސަރުކާރު ގެނައީ އަދީބުގެ ލާރިގަނޑުންކަން އެންމެން ނަށްވެސް އެނގޭ.
    އަދީބު ހުދު ފޮތިކޮޅަކަށް ވީ އެހެންވެ.
    # އެހެންޏާ އެ ހުރިހާ ވައްކަމެއް ކުރީ އަދީބު. އޭނަ މިހާރު މިނިވަންވީ. އެކަމަކު އަދީބު އެހެންމީހެއްގެ އެކައުންޓަށް ލާރި ޖަމާކޮށްދިނީމަ އެ އެކައުންޓުގެ ވެރިމީހާ މިވީ ޢުމުރަށް ޖަލުގައި އޮންނަން.
    # ހަދާންކުރޭ ޙުކުމް ކުރުމުގައި މަކަރާ އޮޅުވާލާނަމަ ނައިސް ނުދާނެ އެތައްކަމެއްވޭ. ﷲ އަށް ބިރުވެތިވޭ.
    # ސަރުކާރު ނޭވާހޮޅިޔަށް އެޅިއްޖެ.
    # ޔާ ﷲ ނެތިކުރައްވާނދޭވެ. އަދި އިބަ ﷲ ށް ބިރުވެރިވާ ހެޔޮލަފާ ބަޔަކަށް މި ޤައުމުގެ ވެރިކަން ޙަވާލުކޮށްދެއްވާނދޭވެ. އާމީން.

  12. ކަމަނަ

    ހުސް ޖަމަލު ފޮޑިއަށްވަނީ ޔާމީނާއަށް ހުކުމްއިއްވާފަވަނީ އިންސާފަކުންނޫން

  13. ޢާސީ

    ޙުސޭނު ތީ ހަމައިގަ އުންނަމީ ހެއްބާ