ހުޅުމާލެ ރެހެންދި ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދެ ދަރިވަރަކާއި އެސުކޫލްގެ ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ފެށުން" ގައި ބުނެފައި ވަނީ އެސުކޫލުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ގްރޭޑް 9 އަދި 10 ގައި ތައުލީމު ހާސިލް ކުރަމުންދާ ދެ ދަރިވަރުންނެވެ.

މި ދެ ދަރިވަރުންނާއި، ޓީޗަރުވެސް ފައްސިވެފައި ވަނީ ސުކޫލްއަށް ހާޒިރުވަމުން ދަނިކޮށެވެ.

ސްކޫލްތަކުގައި މިހާރު ކިޔަވައި ދެމުން ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް ވާތީ ޑައިރެކްޓް ކޮންޓެކްޓް އެއްކުއްޖަކު އަނެއް ކުއްޖަކާއި ވާނެ ކަމަށް އެޗްޕީއޭ ގަބޫލު ނުކުރާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން ރެހެންދި ސްކޫލްގެ ދެކުއްޖަކާއި ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ސްކޫލްގެ ކިޔެވުން ބަންދު ކުރަން ނިންމާފައެއް ނުވެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ސްކޫލްތައް ހުޅުވީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ހުރިހާ ގްރޭޑްގެ ކިޔެވުން ވަނީ ފަށާފައެވެ. ނަމަވެސް މާލޭ ސަރަހައްދުތަކުގައި ކިޔަވައި ދެމުން ގެންދަނީ ގްރޭޑް-09 އިން ފެށިގެން މަތީ ގްރޭޑްތަކަށް އެކަންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތުމަށް ފަހު ގިނަ ފިޔަވަޅުތައް އުވާލުމުން މިހާރު މާލެ އިން ކޮވިޑް-19 އަށް ފައްސިވަމުންދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2831 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢަހު

    ސްކޫލް ތައް ހުލހުވައިގެން ކިޔަވަިދެވިދާވެ ފަހުން.

    68
    4
  2. ސަނާހް

    ކޮބާ މަ ނުބުނަން ؟ ސްކޫލު ހުޅުވައިގެން ތިޔަ ކުރަނީ ވަރައް ނުރައްކާތެރި ކަމެއް..

    76
    4
  3. ޓީޗަރ

    އެޓެންޑެސް %50 އަށް ވެސް ނާރާއިރު ސްކޫލްތައް ހުޅުވައިގެން ކޮން ސަކަރާތެއްތަ މި ޖަހަނީ؟ މިހާރު ކިޔަވާދޭ ފިލާވަޅުތައް ފަހުން ކިޔަވާނުދީ ވާނެ އެއްވެސް ގޮތެއް ނެތް. ސަރުކާރަށް ކޮންމެ ގޮތެއް ވަރިހަމަ ވިޔަސް އަޅެ ބެލެނިވެރިން އެންމެ ރަނގަޅެއްނު އެއްބައި ކިޔާފަ ކުދިން ސްކޫލަށް ނުފޮނުވާ ހުއްޓާލަން

    40
    1
    • މުރާޖާ ކުނާރު

      މިހާރު ކިޔަވާދޭ ފިލާވަޅުތައް ފަހުން ކިޔަވަދޭން ދަރިން ބައިތިއްބާ 2އަހަރު އެއް ގުރޭޑޭއްގަ. ނޫނީ ކިޔެވުނު އެއްޗެއް ކިޔެވުނީ ނުކިޔެވުނު އެއްޗެއް ނުކިޔެވުނީ އޭ ކިޔާފަ ސުކޫލަށް ނުފޮނުވާ ނުކިޔަވަދީ ބައިތިއްބާ

      3
      23
      • ޓީޗަރ

        ގޫގްލް މީޓް އަދި ޒޫމް މެދުވެރިކޮށް އެބްސެންޓްވާ ކުދިންނަށް މިހާރުވެސް ކިޔަވާދެމުން ގެންދަނީ. ބަލި ޖެހި ކުއްޖާގެ އެތެރެހަށީގެ ގުނަވަނަކަށް ދާއިމީ ގެއްލުމެއް ވުން ނޫނީ ދުނިޔެ ދޫކުރުމަށްވުރެ ގޭގަ ބައިތިއްބައިގެން އޮންލައިންކޮށް ކިޔަވާދިނުން މިވަގުތަށް ބުއްދިވެރީ. ގަދަވެ ސަލާމަތުން ތިބިއްޔާ ފަހުންވެސް ކިޔެވޭނެ އިރާދަކުރެއްވިއްޔާ. އެކަމަކު ކުއްޖެއްގެ ފުރާނައަށް ނުރައްކާ ވާހިސާބުން ހިތަށް އަރާނެ އޯލެވެލް ނޫނީ އޭލެވެލް އާ ބައްދަން އުޅުމަށްވުރެ ކުއްޖާ ސަލާމަތުން ހުރި ނަމަ މާ ރަނގަޅޭ

      • Anonymous

        އޮންލައިންކޮށް ވެސް ކިޔެވުން ކުރިޔަށް ގެންދެވޭނެ. ޓެލްކްލާހާ.. މިއީ 1980 އެއްނޫންދޯ؟

  4. ސަން

    އެންމެ ފަހުގެ ރެކޯޑްތައް އަދި ދިރާސާތައް ދައްކާގޮތުން ކޮވިޑް-19 ގެ ޖެހިގެން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފި. ސަބަބަކީ ބައްޔާ ބެހޭ ގިނަ މައުލޫމާުތައް ޑޮކްޓަރުންނަށް ސާފުވެ ފަރުވާ ދޭނެ ގޮތްތައް ދަސްވުމާއި ބައްޔަށް ފަރުވާ ދޭނެ އެހެން ބަލިތަކަށް ބޭނުންކުރާ ބޭސްތަކެއް ފެެެނުން އަދި ބައެއް ސިއްހީ މާހިރުން ބުނާ ގޮތުގައި ވައިރަސް މިއުޓޭޓްވެ ބަލިވީ. މުޅި ގައުމު ބަންދުކޮށްގެން ފިލައެއް ނުތިބެވޭނެ. މިބަލީގައި ސުކޫލެއްގެ ކުއްޖެއް ނުވަަަތަ އެކުއްޖާގެ މުސްކުޅި މާމަގެ ފުރާނަ ދިއުމުގެ ރިސްކު އޮތީ މަގު މަތީގައި އެކްސިޑެންޓެއް ވެގެން ނުވަތަ އެހެން ބައްޔެއް ޖެހިގެން މަރުވުމާ އެއްވަރަކަށް. މާބޮޑަށް ހިތް ބިރުގަނެފައި ތިބި މީހުން ނުވަތަ ސިޔާސީ ބޭނުމުގައި ކޮމެންޓް ކުރާ މީހުން ގިނަކަން ފާހަގަވޭ.

    8
    41
  5. ރާއްޖޭގެ މީހާ

    ކިތަންމެ ބަލައިގެން އުޅެން އަންގާފަ އޮތަސް ސަމާލުކަން ނުދެވޭ ވަގުތު ސްކޫލުގެ ތެރޭގައިވެސް އާދޭ...ގަވައިދު އޮތީ އެގޮތަށް...އެ ކަމަ ކު ބައެއްފަހަރު އަމަލު ކުރެވެނީ އެގޮތަކަށް ނޫން...ތިޔަ ކޭސްތަ ކުގަވެސް ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ބަންދު ކުރަންޖެހޭނަމަ ބަންދު ކުރުން ބުއްދިވެރީ...އެޗް.ޕީ.އޭ އެއީ ސް ކޫލުގައި އުޅުއްވާ ބޭފުޅުންނެއް ނޫން....އެ ވިދާޅުވަނީ ގަވައިދު އޮތް ގޮތް...

    21
    1
  6. ޢަލީކޮއި

    ރައްޔިތުންގެ ޕްރެޝަރު ސަރު ކާރަށް އަންނަހެން ހީވާތީ ތެޅެގަނެފަ ސް ކޫލްތައް ހުޅުވީ، ގިނަ ޓީޗަރުންތިބީ ގޭގަ، ހައިރިސް ކް ބައެއްގެ ގޮތުގަ، ކިޔަވާދެނީ ހަފުތާއަ ކު 4 ދުވަހު، ކޮންމެ ކުލާހެއް 2 ގުރޫޕަށް ބަހައިގެން ކޮންމެ ގުރޫޕަ ކަށް ހަފުތާތެރޭ 2 ދުވަހު 4 ގަޑިއިރު. މި ކަމުން ދަރިވަރުންނަށް އެ ކަށީގެންވާ ގޮތުގައި ކިޔަވައި ދެވޭނެ ކަމަ ކަށް ނުދެ ކެން، އޭގެ ބަދަލުގައި ދަރިވަރުން އިތުރަށް ނުރައް ކަލުގެ ތެރެއަށް ހުށަހެޅުމަށް މަގުފަިވާ ކަމެއްމީ.

    25
    1
  7. ނަައީމް

    ހަފުތާއަކު ދެދުވަހު ސްކޫލަށް ގެންދަން މީސީދާ ގަސްތުގާ ސަރުކާރުން ރާވައިގެން ކުރާކަމެއް ކިޔަވާދެނީއެއްވެސްނޫން އެތައްބަޔަކު ެއްތަނަކަށް އެއފަހަރާ އެއްވުންނޫންކަމެއްނެތް މިސަރުކާރަކަށް ނޭގޭ އެއްކަމެއްވެސް ރޭވުންތެރިކަމާއެކީކުރާކަށް މިމީހުނ މިބަލަނީ ޔާމީން މަރާލެވޭތޯ ގައުމު ފުނޑާލާގެންވެސް

    27
  8. ވަތަނަބެ

    ކުދިންނަށް ވަރަށް ނުރައްކާބޮޑު މިކަމަށް ސަމާލުވޭ

    28
  9. މުނިޔާ

    ސް ކޫލްތައް ބަންދު ކުރޭ، އަހަރެމެންގެ ދަރިންނަ ކީ ކޮވިޑްގެ ޓެސްޓްކިޓްތަ ކެއް ނޫން.

    27
  10. މުރާޖާ ކުނާރު

    މިހާރު ކިޔަވާދޭ ފިލާވަޅުތައް ފަހުން ކިޔަވަދޭން ދަރިން ބައިތިއްބާ 2އަހަރު އެއް ގުރޭޑޭއްގަ. ނޫނީ ކިޔެވުނު އެއްޗެއް ކިޔެވުނީ ނުކިޔެވުނު އެއްޗެއް ނުކިޔެވުނީ އޭ ކިޔާފަ ސުކޫލަށް ނުފޮނުވާ ނުކިޔަވަދީ ބައިތިއްބާ

    6
    12
  11. ޚަމްތެރެ

    ލޮކު ކުރަން ލަސްވެއްޖެ، ހުން އަންނާނެ ކަމަށް ރަޖާލާންވީ ވަގުތަކީ މި

  12. ޏުމު

    ޕޮސިޓިވް ވެފައިވަނީ ހުން ބަލަން ހުރި ޓީޗަރ ހުރިހާ ކުދިންނާ ދިމާވެފަ އެއްނު ހުންނާނީ ދެން ދިމާ ނުވެޔޭ މި ކިޔަނީ ކީއްވެބާ؟