ލ. ގަމުގައި ފެންގަނޑަކަށް ވެއްޓުނު ތުއްތު ކުއްޖަކަށް، ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފެންގަނޑަކަށް ވެއްޓިގެން ފަރުވާދެމުން ދަނީ އުމުރުން 14 މަހުގެ ފިރިހެން ކުއްޖަކަަށެެވެ.

މި ހަދިސާ ހިނގާފައި ވަނީ އެރަށު މަތިމަރަދޫ އަވަށުގައެވެ.

ބައެއް ފަރާތްތަކުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭނެތިފައިވާ ކަމަށެެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. އަދި ހޮސްޕިޓަލްގެ މެނޭޖަރ ފޯނު ނުނަންގަވާތީ އެ ހޮސްޕިޓަލްގެ ބަހެއްވެސް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

މީގެ ކުރިންވެސް ގަމުގައި ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްވެގެން ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯދާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނިޔަ

    އަވަސް ޝިފާޔަކަށް އެދެން.. ކޮބައިބާ ކުރިން މަސްފެންގަނޑަށް ވެއްޓި ކޯމާގައޮތް ކުއްޖާގެ ހާލަކީ.

    50
  2. ސަމާލު

    ގަމުގައި ހުރި ފެންގަނޑުތަކާމެދު ސަމާލުވޭ! ނޫނީ މައިންބަފައިން ތަންކޮޅެއް ފަރުވާތެރިވެބަލަ! ކިހިނެތް މިވަރުން ރާއްޖޭގެ އެންމެބޮޑު ރަށްތަރައްޤީކުރާނީ ؟