އަނެއްކާވެސް ހއ.އިވަންދޫ ކަރަންޓީންކޮށްފިއެވެ.

އެރަށް މޮނީޓަރިންގ ހާލަތުން ނަގާފައި ވަނީ އިއްޔެ އެވެ. އޭގެ ފަހުން އެރަށުން އިތުރު ދެ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ "ތަހުތު" ނަމަކަށް ކިޔާ ބޯޓެއްގައި މަސައްކަތް ކުރާ މީހަކާއި، އެރަށު "242" ބޯޓުން އިތުރު މީހެކެވެ.

މީގެ ކުރިން އެރަށުގެ 242 ބޯޓުން މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މިހާރު އެރަށުން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

"ވަގުތު"އަށް މައުލުމާތުދެއްވަމުން އެރަށު ކައުންސިލް ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، އެރަށް އިއްޔެ މޮނީޓަރިންގއިން ނަގާފައި ވަނިކޮށް މިއަދު ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

"މިވަގުތާއި ހަމައަށް ތިން މީހަކު ކޮވިޑް-19 އަށް ފައްސިވީ، އެންމެ ފަހުން ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުން ބާރު ސްޕީޑްގައި ދަނީ ކުރިއަށް. ފަހުން ފައްސިވެފައި ވަނީ މާލެ އިން ދިޔަ މީހެއް". އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ ކަރަންޓީން ކުރުމާއި ގުޅިގެން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެއެވެ. އަދި އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެއްވެސް މީހަކު އެރުން މަނާ ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު