ލުބުނާންގެ ވެރިރަށް ބެއިރޫތުގެ ޕޯޓްގައި ހުރި ގުދަންތަކެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ބެއިރޫތުގެ އެތައް އިމާރާތަކަށް ގެއްލުން ލިބި، ގިނަ ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައި.

ތިރީގައިވާ ބްލޮގުގައި، މި ހާދިސާ އާއި ގުޅިގެން ލިބެމުންދާ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރެވެމުންދާނެ.

21:54

ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 135 އަށް އަރައިފި. ލުބުނާންގެ ހެލްތު މިނިސްޓަރު ލުބުނާންގެ "އަލް މަންނާ" ޗެނަލް އަށް ދެންމެ މައުލޫމާތު ދެމުން ވިދާޅުވީ މިހާދިސާގައި 5000 ވަރަކަށް މީހުން ޒަހަމްވި ކަމަށް. މިހާރު ވެސް ގިނަ ބަޔަކު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި.

21:52

ބެއިރޫތުގައި ހިނގި ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 6.6 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދޭނެކަން އިނގިރޭސިވިލާތުން ހާމަކޮށްފި.

20:04

ޕޯޓުގައި ހިނގި ގޮވުމުގެ ހާދިސާއަށް ފަހު ސެޓެލައިޓް ފޮޓޯއެއް: ފޮޓޯ ޕެލެނެޓް ލެބް އިންކް

ލުބުނާނުގެ ވެރިކަން ކުރާ ބެއިރޫތުގައި ރޭގެ ވަގުތެއްގައި ހިނގާދިޔަ ބާރުގަދަ ގޮވުމުގައި ވަނީ 100 އެއްހާ މީހުން މަރުވެ، 4000 އަށްވުރެ ގިނަ މީހުންނަށް ގެއްލުންވެފައި.

ގޮވުމުގެ ހާދިސާގެ ކުރިން ބެއިރޫތް ޕޯޓުގެ ސެޓެލައިޓް ފޮޓޯއެއް: ފޮޓޯ ޕެލެނެޓް ލެބް އިންކް

19:51

ތުރުކީންވެސް ލުބްނާންއަށް އެހީވާން ނިންމައިފި، އެގޮތުން ތުރުކީން މި ވަނީ މީހުން ހޯދުމުގެ މަސައްކަތަށް އެހީއެއްގެ ގޮތުން ޓީމަކާއި، ސިއްހީ ހިދުމަތްތެރިންގެ ޓީމަކާއި، ސިއްހީ ސާމާނުތަކާއި، ބައެއް ޒަރޫރީ ތަކެތި ފޮނުވުމަށް ނިންމާފައި

އަދި ފީލްޑް ހޮސްޕިޓަލެއް އެ ބެއިރޫތްގައި އެޅުމަށްވެސް ވަނީ ނިންމާފައި،

19:47

ލުބުނާންގެ ވެރިރަށް ބެއިރޫތުގެ ޕޯޓްގައި ހުރި ގުދަންތަކެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ޕޯޓުގައި މަސައްކަތް ކުރާ ފަރާތްތައް ގޭބަންދަަށް ފޮނުވާލާފައި ވާކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި.

19:20

ލުބްނާންގެ ސިއްހީ ދެ ކާރިސާއާ މި ވަނީ ކުރިމަތިލާން ޖެހިފައި. އެއީ އެ ގައުމުގައި ކޮވިޑް-19 ފެތުރި އެ ބައްޔަށް ފައްސިވާ މީހުންނަށް ފަރުވާދެމުން ދަނިކޮށް، ގޮވުމުގެ ހާދިސާއާ ދިމާވުން، ގޮވުމުގެ ހާދިސާގައި 100 އެއްހާ މީހުން ވަނީ މަރުވެފައި، އަދި 4000 މީހުންނަށް ވަނީ އަނިޔާވެފައި - ލުބްނާންގެ ހެލްތް މިނިސްޓާރ ހައްމާދް ހަސަަން.

ހައްމާދު ހަސަން ވިދާޅުވީ، މިކަމުގައި ބޭނުން ވަނީ ހުރިހާ ސިޔާސީ ފަރާތްތަކާއި، ހުރިހާ ސިޔާސީ ޕާޓީތަކާއި، ކަމާއި ގުޅުން ހުރި އިދާރާތަކާއި، އަދި އަވައްޓެެރި ގައުމުތަކުގެ ބައިވެރިވުން ކަމަށް.

"އެއީ އަޅުގަނޑުމެންނަށް މިހާރު ވަނީ ބެޑް ޝޯޓޭޖާއި، އަދި ބައެއް ސިއްހީ އާލާތްތައް ނުލިބި އަނިޔާ ލިބިފައިވާ ފަރާތްތަކާއި، ކްރިޓިކަލް ހާލުގައި ފަރުވާދެމުންދާ ފަރާތްތަކަށް ފަރުވާ ނުދެވިފައި".

18:16

މާދަމާގެ ވަގުތެއްގައި ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ބެއިރޫތްއަށް ވަޑައިގަތުމަށް ނިންމަވައިފި. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ބެއިރޫތްއަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށާއި، ހިތާމާގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފެއްކަމަށް، ލެބަނީސްގެ ޕްރެޒިޑެންސީގެ އޮފިޝަލް ޓްވިޓާ އެކައުންޓްގައި ވަނީ ވިދާޅުވެފައި

18:08

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ރޭގެ ވަގުތެއްގައި ހިނގާދިޔަ ގޮވުމުގެ ސަބަބުން މިހާތަނަށް 300,000 މީހުންގެ ގެދޮރު ގެއްލި، 5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެގައުމުގެ ގޮވާނަރު މަރުވާން އަބޫދު ވިދާޅުވެއްޖެ.

17:57

އިއްޔެ ލުބްނާންގައި ބެއިރޫތްގައި ހިނގި ގޮވުމުގައި ހާދިސާގައި އެ ސިޓީގެ 90 އިންސައްތަ ހޮޓަލްތަަކަށް ވަނީ ގެއްލުން ލިބިފައި. ފާއިތުވި އަހަރުތަކުގައި ބެއިރޫތް ވެފައި ވަނީ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލަކަށް. 2018 ވަނަ އަހަރު ލުބްނާންއަށް ދެ މިލިއަން ފަތުރުވެރިން އައިސްފައި ވޭ.

17:50

ފްރާންސްއިން ލުބްނާންއަށް އެހީތެރިވާން ނިންމަފައިފި، އެގޮތުން ފާރްންސް އިން ދެ މިލިޓަރީ މަތިންދާ ބޯޓު ލުބްނާނާށް ފޮނުވައި، މީހުން ހޯދުމުގެ މަސައްކަަތުގައި ބައިވެރިވުމަށް މާހިރުންނާއި، 15 ޓަނުގެ ސަނިޓަރީ ތަކެއްޗާއި، އެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ މޯބައިލް ކްލިނިކްތައް ގާއިމް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ.

17:36

ލުބްނާންގެ ވެރިރަށް ބެއިރޫތްއަށް ޕޯޓްގައި ހުރި ގުދަންތަކެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ލިބުނު ގެއްލުންތަކުގައި އަރައިގަތުމަށް އޮސްޓްރޭލިއާއިން 1.4 މިލިއަން ޑޮލަރު ދޭން ނިންމައިފި.

16:23

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމާއި ގުޅިގެން ލިބުނު ގެއްލުންތައް
ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމާއި ގުޅިގެން ލިބުނު ގެއްލުންތައް
ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމާއި ގުޅިގެން ލިބުނު ގެއްލުންތައް
ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމާއި ގުޅިގެން ލިބުނު ގެއްލުންތައް

16:21

ނުރައްކާތެރި މި ގޮވުމުގެ ސަބަބުން ދިރިއުޅެމުން އައި ތަންތަން ސުންނާފަތިވެފައިވާ ފަރާތްތަކުގެ ތެރެއިން 1000 އާއިލާއަށް
އެގައުމުގެ ރެޑް ކްރޮސްގެ ފަރާތުން މިހާރު ވަނީ ވަގުތީ ހިޔާ ދީފައި. އަދި ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައި

16:12

ބެއިރޫގެ ހާދިސާއާއި ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ގެއްލިހެންއެކި އާއިލާތަކުން ރިޕޯޓް ކޮށްފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފި.

16:12

ލުބުނާނަށް ލިބުނު ގެއްލުމުގައި އެހީތެރިވުމުގެ ގޮތުން ފްރާންސްއިން 2 މަތިންދާ ބޯޓާއި، އެކި ކަހަލަ އެހީއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ނިންމަފައި.

ފްރާންސްގެ ސަރުކާރުން ބުނީ، މި ތަކެތީގެ ތެރެއިން ބައެއް ތަކެތި މާދާ ހަވީރު އެގައުމަށް ފޮނުވާލެވޭނެ ކަމަށް. މީގެއިތުރުން ކުއްލިހާލަތުގައި މަސައްކަތް ކުރާނެ 10 ސިއްހީ ތަޖުރިބާކާރުންވެސް އެގައުމަށް ފޮނުވުމަށް ވަނީ ނިންމާފައި

16:11

ފަހުގެ ތާރީހުގައި ލުބުނާނުގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާގައި އެގައުމަށް މިހާރު ބޭނުން ވަނީ މުޅި ދުނިޔޭގެ އެހީތެރިކަން ކަމަށް އެގައުމުގައި ހުންނަ އެމެރިކަން ޔުނިވާސިޓީގެ ޕްރޮފެސަރަކު ބުނެފި.

15:57

އިއްޔެ ރޭ ބެއިރޫތުގައި ހިނގާދިޔަ ގޮވުމުގެ ހާދިސާގައި އެގައުމަށް ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެގައުމުގެ ގަވާނަރު ވިދާޅުވެއްޖެ.

15:55

ބެއިރޫތަށް ލިބިފައިވާ ގެއްލުމުގައި ވެވެން އޮތް އެހީތެރިކަމެއް ވާނެ ކަމަށް މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝަމުއްދީން ހުސެއިން ވިދާޅުވެއްޖެ

15:38

2005 ވަނަ އަހަރު ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީގް އަލް ހަރީރީ މަރާލަން ދިން ހަމަލާގައި އެކްސްޕާޓް ވިޓްނެސްއެއްގެ ހައިސިއްޔަތުން ބައިވެރިވި ހަންޓާ ރޭ ބެއިރޫތުގައި ހިނގި ގޮވުންތަކުގެ ވީޑިއޯ ފުޓޭޖް ބަލާލާފައިި ފާހަގަކުރި ކަންކަމަށް ބަލާލުމެއް.

15:22

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ރޭ ހިނގާދިޔާ ބާރުގަދަ ގޮވުމާއި އެކީ މަގުތަކުގައި ތިބި ކާރުތައް ބުރައިގެން އިމާރާތްތަކުގެ ތިން ވަނަ ފަންގިފިލާއާއި ހަމައަށް ދިޔަ ކަމަށް އަލްޖަޒީރާގެ ނޫސްވެރިއަކު ބުނެފި.

14:48

ލުބުނާނުގެ ވެރިކަން ކުރާ ބެއިރޫތުގައި ރޭގެ ވަގުތެއްގައި ހިނގާދިޔަ ބާރުގަދަ ގޮވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޝިއާއާއި ގަތަރުން ނިންމައިފި.

14:08

ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި ރޭގެ ވަގުތެއްގައި ހިނގި ބާރުގަދަ ގޮވުމާއެކު ލިބުނު ގެއްލުންތަކުގައި މުޅި ސިޓީ ބިމާ ހަމަވެފައިވާ ކަމަށް އެގައުމުގެ އިކޮނޮމިސްޓަކު ބުނެފި.

13:32

މި ގޮވުމުގައި ސްކައި ނިއުސް އާއި ސީއެންއެންގެ އިތުރުން ބައިނަލް އަގްވާމީ އިތުރު މީޑިއާތަކާއި ލުބްނާންގެ މީޑިއާތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު،

13:28

ބެއިރޫތްގައި ހުންނަ އެސޯސިއޭޓް ޕްރެސް އޮފީސްއަށް ލިބުނު ގެއްލުން

13:24

އީރާނުގެ ރައީސް ހަސަން ރޫހާނީވަނީ ލުބްނާން އަށް މެޑިކަލް އިކިއުޕްމެންޓާއި ޒަހަމްވި މީހުންނަށް ފަރުވާ ދޭން ހުށަހެޅުމަށް ]ނިންމާފައިވާކަން އިއުލާނު ކޮށްފައި.

"އީރާނުން ވަނީ މެޑިކަލް އިކިއުޕްމެންޓާއި، އެ ގޮވުންތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ހާމަކޮށްފައި". އެ ގައުމުގެ ސްޓޭޓް ޓީވީއާ ހަވާލާދީ އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، ބެއިރޫތްއަށް މި ދިމާވީ ކާރިސާ ހިނގަން މެދުވެރިވި ގޮތް އެނގި، ބެއިރޫތްއަށް އަމާންކަން ލިބިގެންދާނެ ކަަމަށް.

13:19

ލުބްނާންގެ ވެރިރަށް ބެއިރޫތްއަށް ޕޯޓްގައި ހުރި ގުދަންތަކެއްގައި ބާރުގަދަ ގޮވައި ލިބުނު ގެއްލުންތަކުގައި އެތަނުގެ ތިން ހޮސްޕިޓަލެއް ބިމާ ހަމަވެއްޖެއެވެ.

13:15

12:15

ބެއިރޫތުގެ ގޮވުން ތަޖުރިބާކުރި އެކަކު ބުނީ އެހައި ބާރުގަދަ އަޑެއް، އެހައި ބާރުގަދަ ލޮޅުމެއް މީގެ ކުރިން އޭނާ އަށް އިހްސާސްނުކުރެވޭ ކަމަށް.

11:59

ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވި ހާދިސާގެ ވީޑިއޯއަށް ބަލާއިރު އެގޮވުމުގައި ގޮވާ ޒާތުގެ ކޮންމެވެސް ހަތިޔާރެއް ބޭނުން ކޮށްފައި ހުރިކަން ކަށަވަރުކަމަށް ސީއައިއޭގެ ކުރީގެ އެޖެންޓަކު ބުނެފި.

11:02

ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 100 އަށް އަރާފައިވާ ކަމަށް ލުބުނާންގެ ރެޑްކްރޮސް އިން ބުނެފި.

10:51

ސައިޕްރަސް އިން ލުބުނާނަށް މެޑިކަލް ޓީމެއް ފޮނުވަން ތައްޔާރުވެފައިވާ ކަމަށް އެގައުމުން ބުނެފި. ސައިޕްރަސް އިން ބުނީ އިތުރު ފަރުވާ ބޭނުންވާ ލުބުނާންގެ މީހުން ސައިޕްރަސް އަށް ގެންނަން ވެސް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާކަމަށް.

ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވިއިރު ބެއިރޫތުގައި ހުންނަ ސައިޕްރަސް އެމްބަސީ ހުރީ ބަންދުކޮށްފައި. ބާރުގަދަ ގޮވުމުގެ ސަބަބުން އެމްބަސީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި.

10:26

ބެއިރޫތުގައި ހިނގި ހާދިސާ އާއި ގުޅިގެން މަރުވެ އަދި ގެއްލުން ލިބުނު ފަރާތްތަކަށް ރައީސް ޞާލިހް ތައުޒިޔާ އާއި ހެޔޮއެދުންތައް ފޮނުއްވަވައިފި.

10:02

ބެއިރޫތުގައި ހިނގި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހިތާމަފާޅުކުރައްވައިފި. މޯދީ ވަނީ ބެއިރޫތުގައި ހިނގި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ހެޔޮ އެދުންތައް ފޮނުވާފައި.

09:51

ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން ތިން ހޮސްޕިޓަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި. އަދި އިތުރު ދެ ހޮސްޕިޓަލަކަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައިވޭ. ބޮޑަށް ގެއްލުން ލިބުނު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައި ތިބި ބަލި މީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އެބަގެންދޭ.

08:51

ބެއިރޫތުގައި ހިނގި ހާދިސާ އާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ހިތާމަފާޅުކުރައްވާ، އަނިޔާ ލިބުނު މީހުންނަށް ހެޔޮ ދުޢާ ރައްދުކުރައްވައިފި. މިއުނދަގޫ ވަގުތު ލުބުނާނާއި އެކު ދިވެހިރާއްޖެ އޮންނާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި.

08:43

ބެއިރޫތުގައި ހިނގި ބިރުވެރި ހާދިސާގައި ބައެއް މީހުންނަށް ކުރެވުނު ތަޖުރިބާތައް އެމީހުން ގެންދަނީ މީޑިއާ އާއި ހިއްސާ ކުރަމުން.

08:16

ބެއިރޫތުގައި ހިނގި ހާދިސާ އާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތާމަފާޅުކުރައްވައިފި. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ހަމަލާގައި ގެއްލުން ލިބުނު މީހުންނަށް ހެޔޮ ދުޢާ ރައްދުކުރައްވާފައި.

08:14

ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ގޮވި ވަރުގަދަ ގޮވުމުގެ ސަބަބުން ބެއިރޫތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި.

04:22

04:15

03:56

ބެއިރޫތު ގޮވުމުގައި މަރުވި މީހުންގެ އަދަދު 78 އަށް އަރާފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފި. އެ މިނިސްޓްރީ އާއި ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ، މި ހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު 4000 އާއި ގާތްކުރާ ކަމަށް. އަދި ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށް ވެސް އިދާރާތަކުން ބުނޭ.

03:47

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

03:47

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

03:47

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

03:45

03:26

އޮސްޓްރޭލިއާއިންވެސް ބެއިރޫތަށް އެހީވަނެކަން ހާމަކޮށްފި.

މިކަން ހާމަކޮށް އެޤައުމުގެ ބޮޑުވަޒީރު، ސްކޮޓް މޮރިސަން ވިދާޅުވީ ހާދިސާގައި އޮސްޓްރޭލިއާގެ ރައްޔިތަކުވެސް މަރުވެފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި ލުބުނާނާއެކު އޮސްޓްރޭލިއާ އޮތްކަން ހާމަކޮށް ސްކޮޓް ވިދާޅުވީ، ހާދިސާގެ ގެއްލުމުން އަރައިގަތުމަށްޓަކައި ބއިރޫތަށް ވެވެން އޮތް ކޮންމެ އެހީތެރިކަމެއް ވާން ތައްޔާރަށް ހުންނެވި ކަމަށް.

03:24

ޖަރުމަންވިލާތުންވެސް ބެއިރޫތައް އެހީވާން ނިންމައިފި. އެޤައުމުން ބެއިރޫތަށް އެހީވާން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އެހެން ގިނަ ޤައުމުތަކުންވެސް އެހީ ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި.

ޖަރުމަންވިލާތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަން ހާމަކޮށް އެޤައުމުގެ ޗާންސެލަރ، އެންޖެލާ މާކެލް ވިދާޅުވެފައި ވަނީ، ބެއިރޫތުގެ ރިޕޯޓްތަކާއި ފޮޓޯތައް ފެނިފައި ވަރަށް ބޮޑަށް ދެރަވާ ކަމަށް. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދި، މަރުވި މީހުންގެ އާއިލާއަށް ޖަރުމަންވިލާތުގެ ސަރުކާރުގެ ފަރާތުން ވަނީ ތައުޒިޔާ ފޮނުވާފައި.

03:20

02:53

02:34

02:23

މަރުވި މީހުންގެ އަދަދު 73 އަށް އަރާފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީ އާއި ހަވާލާދީ އެޤައުމުގެ ނޫސް އިދާރާތަކުން ބުނެފި.

02:21

02:20

02:19

02:13

ބެއިރޫތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ލުބުނާނުގެ ޑިފެންސް ކައުންސިލުން އެޤައުމުގެ ކެބިނެޓަށް ލަފާ އަރުވައިފި.

02:12

ހާދިސާގައި މަރުވި މީހުންގެ އަދަދު 60 އަށް އަރައި، 3000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި. މީގެ ތެރޭގައި ސުންނާފަތިވި އިމާރާތްތަކުގެ ދަށުވި ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ކަމަށް އެފަރާތްތަކުން ބުނޭ.

02:11

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

02:06

ތުރުކީން ބެއިރޫތަށް ބޭނުންވާ ސިއްޙީ ސާމާނު ފޯރުކޮށްދޭން ނިންމައިފި. ތުރުކީގެ ރައީސް ވަނީ ބެއިރޫތުގައި ހިނގި ހާދިސާ އާއި ގުޅިގެން ލުބުނާނުގެ އިސް ފަރާތްތަކަށް ފޯނުން ގުޅައިގެން ހާލު ބައްލަވާފައި.

02:05

ގަތަރުން ލުބުނާނަށް ފީލްޑް ހޮސްޕިޓަލް ފޮނުވުމަށް ނިންމައިފި. ބެއިރޫތުގައި ހިނގި ގޮވުމުގެ ހާދިސާ އާއި ގުޅިގެން ގަތަރުން ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދޭއިރު، ބައެއް އެހެން ޤައުމުތަކުން ވެސް އަންނަނީ އެހީތެރިވަމުން.

01:51

01:33

ބެއިރޫތު ގޮވުން: ހާދިސާއަށްފަހު މަގުމަތީގައި ބަޔަކަށް ފަރުވާދެނީ

01:32

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:32

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:32

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:31

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:31

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:31

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:31

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:30

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:30

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:25

ބެއިރޫތުގައި ހުންނަ ލުބުނާނުގެ ރިޔާސީ ގަނޑުވަރުގެ އިތުރުން އެޤައުމުގެ ބޮޑުވަޒީރުގެ ގަނޑުވަރަށްވެސް، ގޮވުމުގައި ބޮޑެތި ގެއްލުން ލިބިފައިވޭ.

ގޮވުމުގައި ލުބުނާނުގެ ބޮޑުވަޒީރުގެ ގަނޑުވަރަށް ގެއްލުން ލިބިފައިި

01:24

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:24

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:23

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:23

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:23

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

01:17

ސައުދީ އަރަބިއްޔާ އިން ވެސް ބެއިރޫތައް އެހީވާން ނިންމައިފިއެވެ. އެޤައުމުގެ އިތުރުން ވެސް ގިނަ ޤައުމުތަކުން މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ.

01:14

01:02

ކެނެޑާއިންވެސް ބެއިރޫތައް އެހީވާނެކަން ހާމަކޮށްފި. އެޤައުމުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި މިވަނީ، ލުބުނާނުން ބައިނަލްއަޤުވާމީ އެހީއަށް އެދިފައި ވަނިކޮށް.

00:50

00:48

ހާދިސާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި. އަދި ޒަޚަމްވި މީހުންގެ އަދަދު މިހާރު 2750 އަށް އަރާ ކަމަށް ނޫސްތައް ބުނޭ.

00:47

ފްރާންސުން ލުބުނާނަށް އެހީ ހިފައިގެން ފުރައިފި. ފްރާންސުން ބެއިރޫތަށް އެހީވުމަށް ރެސްކިއު ޓީމުތައްވެސް ދަތުރުކުރަމުންދޭ.

00:46

ގޮވުމުގެ ވަރުގަދަކަމުން ބެއިރޫތުގެ ގިނަ ހޮސްޕިޓަލްތަކަށްވެސް ބޮޑެތި ގެއްލުން ވެފައިވޭ. އިނގިރޭސިވިލާތުގެ "ދަ ގާޑިއަން" ނޫހުން ބުނެފައިވަނީ، "ފަރުވާދެވޭ ވަރަށްވުރެ ބޮޑަށް ބައެއް ހޮސްޕިޓަލްތަކަށް ގެއްލުންވެފައި" ވާކަމަށް.

00:46

ގޮވުމުގައި ބެއިރޫތުގެ އެއާޕޯޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި.

00:45

00:31

00:26

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންގެ ދިހަ މީހަކު ގެއްލިފައިވާ ކަމަށް ނޫސްތައް ބުނެފި. މިރޭ ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމަށްފަހު އަދިވެސް ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވިފައެއް ނުވޭ. މި ހާދިސާގައި އެތައް އިމާރާތެއްގައި ރޯވެފައިވޭ.

00:25

ގޮވުމުގައި ބެއިރޫތުގައި ހުންނަ ސްކައި ނިއުސްގެ އިދާރާއަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ ނޫހުން ބުނެފި. ނަމަވެސް އިދާރާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރޭ.

ސްކައި ނިއުސް ހުންނަ އިމާރަތުގެ އިތުރުން ބެއިރޫތުގެ ގިނަ އިމާރާތްތަކަށް ގޮވުމުގައި ގެއްލުންވެފައިވޭ. މީގެ ތެރެއިން ބައެއް އިމާރާތްތައް ވަނީ ކުދިކުދިވެ ބިމާއި ހަމަވެފައި.

00:20

ބެއިރޫތަށް އެހީވާން ތައްޔާރު ކަމަށް އީރާނުންވެސް ބުނެފި. އީރާނުން ބުނީ ހާދިސާ އާއި ގުޅިގެން މިވަގުތު ވެވެން އޮތް ކޮންމެ އެހީއެއްވާން ތައްޔާރަށް އޮތް ކަމަށް. މީގެ ކުރިން ފްރާންސާއި އިނގިރޭސިވިލާތުން ވެސް ވަނީ އެހީވާން ތައްޔާރަތް އޮތްކަން ހާމަކޮށްފައި.

00:19

ގޮވުމުގެ ބާރުގދަކަމުން ހާދިސާ ހިނގި ސަރަޙައްދުގެ ކައިރީގައި ހުރި މަގުތަކުން ދަތުރުކުރި އަދި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ކާރުތައް، ވިއްސައިގެންގޮސް އިމާރާތްތަކުގެ ތިންވަނަ ފަންގިފިލާ އާއި ހަތަރުވަނަ ފަންގިފިލާގައި ވެސް ހުރި.

00:18

ގޮވުމުގެ އަސަރު މުޅި ބެއިރޫތަށް ކޮށްފައިވޭ. މި ނުރައްކާތެރި ހާދިސާ ހިނގި ވަގުތު ސިފަކޮށް ބައެއް މީހުން ބުނެފައި ވަނީ "އެވަގުތު ހީވީ ބިއްލޫރީގެ ވާރޭ ވެހެނީހެން" ކަމަށް.

00:16

އިނގިރޭސިވިލާތުން ވެސް ލުބުނާނަށް އެހީތެރިވުމަށް ނިންމައިފި. އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ދަނޑިވަޅުގައި ވެވެން އޮތް ކޮންމެ އެހީތެރިކަމަށް ބެއިރޫތަށް ވާން ތައްޔާރަށް ހުންނެވި ކަމަށް.

ބޮރިސް ވިދާޅުވީ ބެއިރޫތުގެ ހާދިސާގެ މަންޒަރުތައް ވެގެން ދިޔައީ ލިބުނު ކުއްލި ސިހުކަމަށް ކަމަށް. މި ހާދިސާގައި އަނިޔާވި މީހުންނާއި އާއިލާތަކަށް ހެޔޮދުޢާކުރާ ކަމަށް ބޮރިސް ވިދާޅުވި.

އިނގިރޭސިވިލާތުގެ އިތުރުން ފްރާންސުންވެސް ވަނީ ބެއިރޫތައް އެހީވުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައި.

00:11

ގޮވުމާއި ގުޅިގެން އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ލުބުނާނުގެ އެކި ސަރަޙައްދުތަކުން އެމްބިއުލާންސްތައް ދަނީ ދަތުރުކުރަމުން. މީގެ ތެރޭގައި އެޤައުމުގެ އުތުރާއި ދެކުނުން މީހުން ސަލާމަތްކުރުމަށް ދަތުރުކުރަމުންދާ ރެޑްކްރޮސްގެ އެމްބިއުލާންސްތައް ވެސް ހިމެނޭ.

00:10

ބެއިރޫތު ގޮވުމުގައި އަނިޔާވި މީހުންނަށް ފަރުވާދެމުންދާ އެ ސިޓީގެ ހުރިހާ ހޮސްޕިޓަލެއް ފުރިއްޖެ ކަމަށް ރިޕޯޓްތައް ބުނެފި. މިއާއެކު ބައެއް ހޮސްޕިޓަލްތަކުން އިތުރަށް މީހުން ވައްދަން ދެކޮޅު ހަދަމުންދާ ކަމުގެ ޚަބަރު ވަނީ ފެތުރިފައި.

00:09

ބެއިރޫތުގައި ގޮވި ގޮވުމުގައި މިހާތަނަށް 25 މީހަކު މަރުވެފައިވާ ކަމަށް ނޫސްތަކުން ބުނެފި. އަދި މި ހާދިސާގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު 2500 އަށް އަރާ ކަމަށް ނޫސްތަކުން ބުނޭ.

00:07

00:07

00:01

ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮވި ހާދިސާގައި 30 މީހުން މަރުވިކަން ކަށަވަރު ވެފައިވާ ކަމަށް ލުބުނާންގެ ހެލްތު މިނިސްޓްރީން ބުނެފި. މިއަދަދު އަދިވެސް އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނޭ.

23:58

ބާރުގަދަ ގޮވުމުގައި 2200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ލުބުނާންގެ ރެޑްކްރޮސް އިން ބުނެފި.

23:43

ބެއިރޫތުގައި ހިނގި ހާދިސާގައި އިސްރާއީލްގެ އަތެއް އޮންނާނެ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުން. 2005 ވަނަ އަހަރު ލުބުނާންގެ ކުރީގެ ރައީސް ރަފީޤުލް ހަރީރީ ދަތުރު ކުރައްވަމުން ގެންދެވި މޮޓަކޭޑަށް ހަމަލާއެއްދީ އޭނާ އަވަހާރަކޮށްލި. އެއީ ވެސް އިސްރާއީލުން ދިން ހަމަލާއެއްކަން ވަނީ ތުހުމަތު ކުރެވިފައި. ރަފީޤުލް ހަރީރީ އަވަހާރަކޮށްލަން ދިން ހަމަލާގައި 23 މީހަކު މަރުވި.

23:40

ބެއިރޫތުގެ ބާރުގަދަ ގޮވުމުގައި ލުބުނާންގެ ވަރުގަދަ ސިޔާސީ ޕާޓީއެއް ކަމަށްވާ "ކަތައިބު" ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނަޒަރު ނަޖަރިއަން ވަނީ އަވަހާރަވެފައި. ހާދިސާ ހިނގިއިރު ނަޖަރިއަން އިންނެވީ އޭނާގެ އޮފީހުގައި. އޭނާ އަވަހާރަވީ ގޮވުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ގެންދަނިކޮށް.

23:33

ހިޒްބުﷲ ޖަމާޢަތުން ވެސް ވަނީ ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވުމުގައި އެޖަމާޢަތުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފައި.

23:32

ހާދިސާ ހިނގި ސަރަހައްދު އަންގައިދޭ ޗާޓެއް

23:25

ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވި ހާދިސާގައި ދިހަ މީހަކު މަރުވިކަން މިހާތަނަށް ވަނީ ކަށަވަރުވެފައި. ދެންމެ ލުބުނާންގެ ހެލްތު މިނިސްޓަރު ހަމަދު ހަސަން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާދިސާގައި ވަރަށް ގިނަ ބަޔަކަށް އަނިޔާ ވެފައިވާ ކަމަށް.

ބެއިރޫތުގައި ހުންނަ ހޮޓެލް ޑިއޫ ހޮސްޕިޓަލުން ބުނީ ހަމައެކަނި އެހޮސްޕިޓަލްގައި ވެސް މިހާދިސާގައި އަނިޔާވި 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާ ކަމަށް.

23:22

ގޮވުމުގެ ސަބަބުން ލުބުނާންގެ ރިޔާސީގަނޑުވަރުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ގެއްލުންތައް ލިބިފައިވޭ. ނަމަވެސް ރިޔާސީގަނޑުވަރުގައި ހުރި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައެއް ނުވޭ.

23:20

ބެއިރޫތުގެ ބައެއް މަންޒަރުތައް


ލުބުނާންގެ ވެރިރަށް ބެއިރޫތުގެ ޕޯޓްގައި ހުރި ގުދަންތަކެއްގައި ބޮޑު ގޮވުމެއް ގޮވި ހާދިސާގައި ރިޔާސީ ގަނޑުވަރަށް ވެސް ގެއްލުން ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިހާދިސާގައި ގިނަ ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިގޮވުމުގައި އިސްރާއީލްގެ އަތެއް އޮންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔަ ނަމަވެސް އިސްރާއީލުން ވަނީ އެކަން ދޮގު ކޮށްފައެވެ. އިސްރާއީލް ސަރުކާރުގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މިހާދިސާގައި އިސްރާއީލްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ބާރުގަދަ ގޮވުމުގެ ސަބަބުން އެތައް އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މަންޒަރުދުއް މީހުން ބުނާ ގޮތުގައި ބާރުގަދަ ގޮވުމުގެ ސަބަބުން މަގުމަތީގައި ހުރި ވެހިކަލްތައް ވެސް އެތައް ފޫޓެއް މައްޗަށް ވިއްސައިގެން ދިޔަ ކަމަށެވެ.

"އަލްޖަޒީރާ" އިން ބުނާ ގޮތުގައި މިހާދިސާ ހިނގީ ޕޯޓްގައި ހުރި އަލިފާން ރޯވާ ޒާތުގެ އެއްޗެހިތަކެއްގައި އަލިފާން ރޯވެގެން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖޫދު

    އެމެރިކާއިން އުފެއްދި އާ ހަތިޔާރެއް ޓެސްޓް ކުރީ

    27
    4
  2. ކޮތަރު

    ތެދެއް އެއީ. މިކަހަލަ އަނިޔާވެރި އެއްވެސް ކަމެއްގަ ޔަހޫދީން ބައިވެރިއެއް ނުވާނެ. ފަލަސްތީނަށް އިރު އިރުކޮޅުން އެ ހަދިޔާކުރާ ފިނިފެންމަލުގެ ގުލްދަސްތާ ތަކުންވެސް އެކަން މުޅިދުނިޔެއަށް ސާބިތުވޭ.

    41
    1
  3. ފައުޗީ

    ޔަގީން އިސްރާއީލު ގެ އަތެއް...މަކަރުވެރިން...
    ހިތި ކަންފެންނާނެ

    40
    1
  4. ފައުޗީ

    އިނގިރޭސިވިލާތާއި ފުރާންސުން އެހީވާނަމޭ ބުނީ ބިރުން...ރަނގަޅަށް ވިއްޔާ އިސްރާއީލު ސަލާމަތް ކުރުމަށް އުނކުޅެއް...ހިޒްބުﷲ އަށް ތިކަމުގެ އަޑީގައި ވަނީ އިޒްރޭލް ކަންއެނގިއްޖިއްޔާ...ދެންވާނެގޮތް ޔޫކޭ ފްރާންސް އެމަރިކާ ހުދު އިސްރާއީލަށް އެނގޭ

    36
    1
    • ސްނޯ

      ހިޒްބުﷲ އޭ ނުކިޔާ! ބޮޑު ކަ މެއްނު.

      10
      7
      • ސްމަން

        ދަރިޔާ ހިޒްބުﷲ ހެދިޔޭ ލުބުނާން ތި އޮތީ ތާރީޚު ބަލާބަލަ..ހިޒްބުﷲ ނެތިއްޔާ ލުބުނާނަކީ ފަލަސްތީން..

  5. ވާނުވާ

    ޔަހޫދީންގެ އަތެއް ތީގަ ނެތިއްޔާ ދެން ތީ 7 އަޖައިބުން 1 އަޖައިބު

    36
    3
  6. ކކކކ

    ހޫ މްްމމްމްމމމްމމ މް ފެށީދޯ

    13
    1
  7. Anonymous

    ޞުބުޙާނަﷲ. ވަރަށް ދެރަވެއްޖެ ☹️

    25
    1
  8. ކަހެރުވައް

    އަލްގައިދާ އައިސިސް ނައްޓާފަ ނުދާނެ

    5
    4