ހއ.ފިއްލަދުއާއި މާލެ އާއި ދެމެދު ދަތުރުކުރާ ޑީއެމްއެމްއޭ އެކްސްޕްރެސް ބޯޓުން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ އެބޯޓުން ކޮވިޑް-19 އަށް ފައްސިވީ ބަންގްލަދޭޝްގެ ދެމީހަކާއި ދިވެއްސެއް ކަމަށެވެ.

އެމީހުންނަކީ ސަވާރީ ބޯޓުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ބައްދަލުވި ބައެކެވެ.

ފިއްލަދޫ ބޯޓަކުން ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، މީގެ ކުރިން "ސަވާރީ ބޯޓް" ގެ ކެޕްޓަން އާއި ބޯޓުން ދަތުރުކުރި އިތުރު 9 މީހަކަށް މި ބަލި ޖެހިފައި ވެއެވެ.

އަދި އިހަވަންދޫ "242 ބޯޓް" އާއި އެރަށު "ތަހުތު" ބޯޓުން ވެސް ބަޔަކު ފައްސިވެފައި ވެއެވެ.

މީގެ އިތުރުން މިދިޔަ އޭޕްރިލް 15 ވަނަ ދުވަހު ށ. ނަރުދޫ "އަމާޒު ބޯޓު" ގެ ކެޕްޓަންވެސް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭނާ ފައްސިވުމާއި ގުޅިގެން އެނާގެ އަންހެނުންނާއި ތިން ދަރިންނާއި ބޯޓުގެ ބައެއް ފަޅުވެރިން ވެސް މި ބައްޔަށް ފައްސިވެފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން މި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 4680 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު