ހއ. އިހަވަންދޫން އިތުރު ދެމީހަކު މިރޭ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އެއާއި އެކު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވަނީ ތަހުތު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ ދެ ބިދޭސީންނެވެ.

ތަހުތު ބޯޓުގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމުން މިދިޔަ އަންގާރަ ދުވަހު އެރަށުން 41 ސުންކު ނެތިއެވެ. މިރޭ ފައްސިވި ދެމީހުންނަކީ އޭގެ ތެރޭގައި ހިމެނޭ ދެމީހުންނެވެ.

އަންގާރަ ދުވަހު ނެގި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބޭ 24 ސުންކު އަދިވެސް އެބަހުއްޓެވެ. މިހާތަނަށް ނަތީޖާ ލިބުނު 15 ސުންކު ވަނީ ނައްސިވެފައެވެ.

ތަހުތު ބޯޓުގެ އިތުރުން އިހަވަންދޫ "242 ބޯޓް" ގެ ފަޅުވެރިޔަކުވެސް މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

މިއާއެކު އެރަށުން ފައްސިވި މީހުންގެ އަދަދު މިހާރ ވަނީ ހަތަރަކަށް އަރާފައެވެ.

އިހަވަންދޫއަށް ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވުމާއެކު އެރަށް ވަނީ ކަރަންޓީނުގެ ހާލަތަށް ގެނެސްފައެވެ.

އިހަވަންދޫ ކަރަންޓީން ކުރުމާއި ގުޅިގެން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ނުފޭބޭނެއެވެ. އަދި އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެއްވެސް މީހަކު އެރުން މަނާ ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހއ ހޯރަފުށި

    އެންމެ ނުބައި ފާހިޝް ކަން ކަމުގަ އުޅޭ އަތޮޅު ތިޔޮއް އެއްކޮއް ދަނީ...

    • ޚަނީފާ

      ކޮންތާކައް ދައިނީ

  2. ބެންތު

    ހއ ހޯރަފުށި ނުވާނެ ފައްސިއެއް