މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ރިލްވާންގެ އާއިލާއިން އެދުނު ގޮތަށް ރާއްޖެއިން ބޭރުން އިންވެސްޓިގޭޓަރު ގެނެސް ތަހުގީގު ޓީމުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް ވަނީ 6 އަހަރުވެފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ސޯލިހު ވަނީ ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުވެސް ވަނީ އެކަމަށްޓަކައި ހާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް ދެ އަހަރު ދުވަސް ވެގެން ދާއިރުވެސް އެ މައްސަލައަށް މާ ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓްވީޓާގައި ރައީސް ސޯލިހު ވަނީ މިއަދު ނޯޓެއް ހިއްސާ ކުރައްވާފައެވެ. އެ ނޯޓުގައި އެމަނިކުފާނު ވިދާޅުވީ ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ.

"ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއިއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިޔަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

އެ ނޯޓު ނިންމާލައްވަމުން ރައީސް ވަނީ ރިލްވާންގެ އާއިލާއިން އެދުނު ގޮތަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ބޭރުގެ އިންވެސްޓިގޭޓަރެއް ބައިވެރި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ސޯލިހުގެ އަރިހުން އެ މައްސަލާގައި ބޭރުގެ އިންވެސްޓިގޭޓަރެއް ހިމެނުމަށް ރިލްވާންގެ އާއިލާއިން އެދިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު ރައީސް ސޯލިހަށް ފޮނުވި ސިޓީއެއްގައެވެ.

"މީގެ ކުރިންވެސް ސަރުކާރުގައި އަޅުގަނޑުމެން ދަންނަވަމުން އައި ވާހަކަ މަނިކުފާނުގެ އަރިހުގައި ވެސް ދަންނަވަން. ރިލްވާން އާއި ޔާމީން ރަޝީދުގެ މައްސަލަ ވަކިފަރާތަކަށް ނުޖެހި ތަހުގީގު ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެހެނިހެން ވަސީލަތްތައް ބޭނުން ކުރައްވާ. މީގެ ކުރިން ވެސް އެހީ ފޯރު ކޮށްދިނުމަށް ތައްޔާރަށް ތިބި އެތައް ފަރާތްތަކެއް އެބަތިބި، ސަރުކާރަކަށް މިކަމެއް ނުވި ނޫންތޯ އެވެ؟" ރައީސަށް ފޮނުވި ސިޓީގައިވެއެވެ.

ރިލްވާން ގެއްލުނުތާ ހަ އަހަރު ފުރުމާ ގުޅިގެން "ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި ރިޟްވާންގެ ދައްތަ ޝެހެނާޒް އަދްނާން ބުނީ މިހާތަނަށް އައިއިރު، ރިލްވާނަށް އިންސާފް ލިބުނު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ވޭތުވެދިޔަ ސަރުކާރަކީ ރިލްވާންގެ އާއިލާއަށް އަނިޔާވެރި ސަރުކާރެއް ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައުމުން ރިލްވާނަށް ވީ ގޮތެއް އެނގޭނެ ކަމާމެދު ހިތުގައި އުންމީދު އާވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އެންމެ ބޮޑު އުންމީދެއް ކުރީ ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނާ އެކު ކަމަށް ޝެހެނާޒް ބުންޏެވެ.

"އެ ކުދިންގެ ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ" ޝެހެނާޒް ބުންޏެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ރިލްވާންގެ މަންމަ އައިމިނަތު އީސާ ވަނީ ރައީސް ސޯލިހަށް ވޯޓު ދިނުމަށް މީހުން ކައިރީގައި އާދޭސް ކުރީ ރިލްވާނަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކޮށްގެން ކަމަށެވެ. އަދި ވެރިއަކަށް ވޯޓު ދިނުމަށް މީގެކުރިން ދުވަހަކުވެސް އެދިފައި ނުވާނޭ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދދދދދދ

    ދެން ތިބޭ އެއަށް ތަބާވެގެން. މިގައުމު މީހުންގެ ބުއްދިއެއް ނަހައްދަވާ ކަހަލަ.

    15
  2. އަޙްމަދު

    ޢަނ އިންޑިޔާ މީހަކުގެނޭ، ދެން އޮންނާނެ އިންސާފު ލިބިފަ، ހުރިހައި ލިޔުންތައް ތަރުޖަމާކުރަން ބާކީ 3 އަހަރު،

    14
  3. Anonymous

    ތިމައްސަލަ އިންޓަނޭޝަނަލް ކް ރިމިނަލް ކޯޓް (އައި ސީ ސީ ) އަށް ހުށަހަޅާ، މިގައުމަކުން ތިކަމެއް ނުވިއެއްނުން.

  4. ނަނާ ހުވަފެން

    އަދި ކިޔެއްތަ، ދުނިޔޭން ބޭރުން އިންވެސްޓިގޭޓަރަކު ގެނަޔަސްވެސް މިރާއްޖޭގެ ސިޔާސީ މީހުން ހިންގާފައިވާ ޖަރީމާތަކުގެ ހަގީގަތް ހޯދާ ބެލުމަކީ ކުރެވޭނެ ވަރުގެ ކަމެއްނޫން. ވަގުތު ބޭކާރު، ފައިސާ އިސްރާފު، ޒިންދަގީ ބަރުބާދު، ސަރުކާރު ފެއިލް. އާޚިރުގައި އެމީހުންވެސް ތިކޭސް ކަނޑާލާނީ އަލްގައިދާ ކިޔާ ބައެއްގެ ބޮލަށް. ޖަރީމާ ހިންގި ކަަމަކަށް އެކަކުވެސް އެއްބަހެއް ނުވާނެ.

    13
  5. ސާނީ

    ބޭރެނޫން އިންޑިޔާފާދިރީއަކު ގެނެއަސް ތިމަސަލައެއް މި ދިވެހިރާއްޖެއަކަ ނުވާނެ............
    މިއުޅެނީ ދިވެހިނަށް ނޭކިގެންތައް........ޕޮލިސް ،އެމްއެންޑީއެފް އަދި ކޯޓު ތަކުގެވެރިން އިސްތިއުފާދީ...................

    10
  6. ކަނޑު އަލީ

    މިމައްސަލަ ތަހުޤީޤު ކުރުމުގައި ނުފޮރުޅާ ހަމަ އެންމެ ގަލެއްވެސް ނެތް. މިކަމުގައި މައްސަލައެއްކަމުގައި ދެކެނީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް. އެހެންކަމުން ޤާނޫނުތައް އިސްލާހުނުކޮށް ކިތަންމެ ވަރަކަށް ފުލުހުންނާއި ޝަރުޢީދާއިރާގައި މައްސަލަތައް ހުރިކަން ދައްކަން އުޅެގެން މިހުރި މައްސަލަތަކަށް ހައްލެއް ނުލިބޭނެ.

    • ޢަލީ

      އޮންނާނެ މާމޮޅު އިޖުރާޢީ ޤާނޫނެއް އެއާ އަޅައިގަނެގެން މައްސަލައެއްގެ ޝަރީޢަތް ހިންގޭ ވަރެއްނުވޭ، ފަނޑިޔާރަކަށް ތަހުޤީޤުކުރާ މީހަކަށް ދައުވާ އުފުލާ ވަކީލަކަށް އެއްވެސް ބާރެއް ނޯވޭ، ނިކަން އިސްލާމީ ގިއުގަނޑުގެ ތެރއިން ޤާޟީއަށް އިޚުތިޔާރުދީ، ޤާޟީ ނިންމާނީ، މިހާރު މަޖިލީހުން ފާސްކުރާ ޤާނޫނުގަ މިއޮންނަނީ ޤާޟީ އިށީންނަންވިގޮތްވެސް. ދެން ކިހިނެތް މައްސަލައެއް ފައިސަލާކުރާނީ،

  7. ނީނާ

    އިންވެސްޓިގޭޓަރު ގެނައުމުގެ މަސައްކަތް ކުރަނީ އޭ........!!!!! މީދެން އަޅެ ކީކުރާ ދިވެހިރާއްޖެ އެއްތައް........މިޤައުމުގަ ކީކުރާ ކޯޓުތަކެއް އަދި ކީކުރާ ޕޮލިހުންނެން ....ބޯހަލާކު

  8. Anonymous

    އަދި އަވަސް ދޯ.. މިހާރު ވާނެ އެއްޗެއް ވެ ނިމިފަ ހެކި ތައް ގެއްލިފަ

  9. ހާއިން

    ޢަނެއްކާވެސް ކޮންމެވެސް މީހެއްގެ ބޮލުގަ އަޅުވާލާ

  10. ސެލްފްއެނަލަސިސް.

    އެންމެނައްވެސް އެގޭ ފެނުގެ ތެރަޔަށް ތެޔޮއެޅިޔަސް ދެބައި އެއްކެއް ނުވާނެކަން. ދެބައި ހުންނާނީ ވަކިވަކިން. ރިލްވާނަށް ކުރިކަމެއް ކުރި މީހަކު އަމިއްލައަށް އެއްބަސް ވާންވީ އޭރުން ވައުދު އޮޓަމެޓިކުން ފުދުނީ.

  11. މ

    މީހަކު ބުނާހާކަމެއް ކުރާ ރައީސް
    ޢެތައްވމިލިޔަން ރުފިޔާއެއް ވައުދު ފުއްދަން
    ޚަރަދުކޮށްލާ
    ޢިންސާފު އަތްދަށުން ތޮއްޑު ދަށުން
    ކޮބައިތަ ޖިންސީ ފުރައްސާރަ ކުރިމައްސަލަ ތައް
    ޢެއްކަމެއް ވެސް ނުވާނެ
    ދެންދޭނީ އިސްތިއުފާ ބަލަން ތިބޭ...ވަގުތު
    ކުޑަތަންވަމުން ދަނީ

  12. ސާރާDD

    އަދި ވެރިކަމުގެ ހުވައި ނުކުރޭނު؟ މާ އަވަހަށް ތިޔަ އުޅެނީ!!! ތިކަންވެސް ދާނީ އިބިލީހު ކައިވެންޏަށް!!

  13. ނޭފަރޭ

    ރުފިޔާގަނޑެއް ކައްވާލަން އެ އުޅެނީ!

  14. ޔަގީނޭ

    ރިލްވާންގެ އާއިލާ އަށް އިނގެންވާނެއޭ އެމްޑީޕީން އަދި ވެސް ނުބުނޭ ދޯ އެމެންގެ މެނިފެސްޓޯގައިވާ ވައުދު ތައް ނުފުއްދާނަމޭ އެކަމަކު އެމެން އެންމެ ބަރުދަން ބޮޑު ވައުދު ފުއްދަން އެއްވެސް މަސައްކަތެއް މިހާތަނާއި ހަމައަށް އައިއިރު ވެސް ކޮށްފައިނެތޭ އެއީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދޭ ކޮންމެ މީހަކަށް އެކަށީގެންވާ ބޮޑު ބިމެއް ހުޅުމާލޭން ދޭނަމޭ ބުނި ވައުދު ދޯ އެމެން އަޅާވެސް ނުލާނެ މި 5 އަހަރު ނިމޭއިރުވެސް އެވައުދު ނުފުއްދާނެއޭ އެމެން ނުފުއްދާނެ ކަން އެއީ ޔަގީން ކަމެކޭ...

  15. އަބްދޫ

    އޮޅުވާލަްވަނީ ކީއްކުރައްވަން ބޭރުގެ އިންވެސްޓިގޭޓަރެއް ގެނަޔަސް ދިވެހި ފުލުހުންނަށް ނުވި ކަމެއްނުވާނެ .ގާނޫނު އަސާސީ ގެ 52 އިސްލާގުކޮށް ނަސީދު ހައްޔަރުކުރުމުންދިވެހި މަގުމަތީ ބޯއިޔަކުވެސް ތިޔަކަން ކުރާނެ ރިޒްވާން ގެ އިބޫ ގެ ބައިވެރި ވުން ނެތަސް އަފްރާސީމް ގަ އުސްފަސްގަނޑު ބައިވެރިވާކަމަށް ތުހުމަތު ކުރެވޭ

  16. އިބްރާހިމް

    ވެރިކަ މާއި ހަވާލުވިތާ 24 ގަޑި ހަ މަވަނީތޯ؟