މާލެ ގެއެއްގެ ހަ ވަނަ ބުރިން ވެއްޓި ދިވެއްސަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި ވެއްޓިފައި ވަނީ އުމުރުން 74 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ވެއްޓިފައިވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަ ވަނަ ބުރިން ކަމަށާއި އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދިއެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާތުން

    އެމީހާ އެހެން މީހަކު ގަސްތުގައި ވައްޓާލަވެސްފާނެ. ތިގޮތައް މަރުވާ ކޮންމެ މީހަކީ އަމިއްލައަށް ވެއްޓިގެން މަރުވާ މީހަކަށް ވެސް ނުވެދާނެ. ޢެހެން މީހަކު ވެސް އޭނަ މަރާލަފާނެ. ޜަނގަޅަށް ތަހުޤީޤު ކުރޭ.

    31
    1
  2. ހަރާމްޒާދާ

    ގެންގުޅެން އުންދަގޫވީމަ ފަސޭހަ ކޮށްލީތަ ؟

    7
    2
  3. ޢަބްދުލްމުހައިމިން

    އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިއޫން. މަރުޙޫމުގެ ފާފަ ފުއްސަވާ ހެޔޮ ރަޙްމަތް ލައްވާށި! އަދި އާއިލާ އަށް ކެތްތެރިކަން މިންވަރުކުރައްވާށި!

    12
  4. މުޙައްމަދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    15
  5. ސިރާޖް

    إنا لله و إنا إليه راحعون

    74 އަހަރުގެ މީހަކު 2.30 ގައި ނުނިދާ !!!!!!!!!!!!!

  6. މަރު

    އިސްރަށް ވެއްސެއްވީމާ އަދި ސުވާލު އުފެދޭ ގޮތަށް މަރުވީމާ ވަރަށް ބޮޑަށް ތަހުގީގު ކުރަން ޖެހޭ މިކަމާއި ކަންބޮޑުވަނީ ވަރަށް މަދު މީހެއް ހަގީގަތުގައި ގޮތްނޭގޭ މަރުތައް ވަރަށް ގިނަ މިދިޔަ މަހު ދެމީހަކު ގެއްލުނު އަދިވެސް ނުފެނޭ ކުޅުދުއްފުށިން މިދިޔަ އަހަރު ގެއްލުނު މީހާ ކޮބާ މިގޮތަށް ރަށްރަށުން ގެއްލޭ މުސްކުޅިން ވެސް ފެންނަނީ މަރުވެފައިއޮތްވާ ޑޮކްޓަރ ޑީޑީގެ ބައްޕަގެ މަރުވެސް ހަމަ ބެލްކަނިން ވެއްޓި އަދި އަދަށް ވެސް ވީގޮތް ނޭނގޭ
    މިއީ ޖެންޑަރ ، ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުން ބަލަން ޖެހޭ ކަންކަން
    ނޫސްވެރިޔާ ރިލްވާން އެކަނިތޯ މިގައުމުން ގެއްލުނީ ކޮބާ ސިމާ އެއީވެސް ގޮތްނޭގޭ

    12