ނިއުޒިލޭންޑްގައި މުޖުތަައު ތެރޭގައި ކޮވިޑް-19 ފެތުރެމުން ނުދާތާ 102 ދުވަސް ފަހުން އެ ގައުމުގައި މި ބަލި ފެތުރެން ފަށާފައިވާ ކަމަށް އެ ގައުމުން ހާަމަކޮށްފިއެވެ.

ނިއުޒިލޭންޑުގެ ބޮޑު ވަޒީރު ޖަސިންދާ އާރޑާން ވަނީ މުޖުތަމައު ތެރޭގައި ބަލި ފެތުރިފައިވާ ކަމަށާއި، އެގޮތުން މިހާތަނަށް ހަތަރު މީހެއްގެ ގައިން ބަލި ފެނިފައިވާ ކަން ހާަމަކޮށްފައެެވެ. އެހެން ކަމުން އެ ސިޓީގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާދަމާ އިން ފެށިގެން ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ.

މިިދިޔަ 102 ދުވަސް އެ ގައުމުން މި ބަލި ފެންނަމުން ދިޔައީ ވަރަށް މަދުންނެވެ. މުޖުތަމައު ތެރެއިން ބަލި ފެތުރުން އެ ގައުމުގައި އޮތީ ކޮންޓްރޯލްކޮށްފައެެވެ. ނަމަވެސް އެ ގައުމުގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމަށްވާ އައުކްލޭންޑުގައި މުޖުތަމައު ތެރެއިން މި ވަނީ ބަލި ފެނިފައެވެ.

އަދި ފެނެނު ހަތަރު ވޭދަނަ (ކޭސް)އަކީ އެއް ގެއެއްގެ ތެރެއިން ފެނުނު ހަތަރު ވޭދަނަކަމަށާއި، މި މީހުންނަކީ ގައުމުން ބޭރަށް ދަތުރު ކޮށްފައި ނުވާ ހަތަރު މީހުން ކަމަށް އެ ގައުމުގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތްއިން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން މި ހުރީ މިކަމަށް ތައްޔާރުވެފައި،އެ ވަގުތު މި އައޮތީ އައިސް ޖެހިފައި، ހެލްތް ސިސްޓަމް ހުރީ މިކަމަށް ތައްޔާރުވެފައި"ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ޑރ. އަޝްލޭ ބްލޫމް ފީލްޑް ވަނީ ވިދާޅުވެފައެވެ.

އާރޑާން ވިދާޅުވީ، ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ފިޔަވާރިތަކާއި، ރެސްޓޯރެންޓްތަކާއި، ބާތައް އަދި ޒަރޫރީ ބޭނުން ތަކަށް ބޭނުން ކުރާ ތަކެތި ފިޔަވާ ހުރިހާ ތަނެއް ބަންދު ކުރާނެ އެވެ. އަދި އެ ސިޓީގައި ބޭރަށް ނުކުމެވޭނީ ކޮންމެހެން ޒަރޫރީ ބޭނުމެއްގައެވެ. އަދި މި ފިޔަވަޅުތަކުގެ ތެރޭގައި 10 މީހުންނަށްވުރެ ގިނަ މީހުންނަށް އެއްވެ ނޫޅެވޭ ގޮތަށް ވަނީ ހަމަޖައްސާފައެެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތިން ދުވަހަށް އެ ސިޓީގެ ސްކޫލްތައްވެސް ބަންދު ކުރާނެއެވެ. އަދި ނިއުޒިލޭންޑްގެ ދެން ހުރި ސަރަހައްދުތަކަށްވެސް ބައެއް ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން 100 އަށްވުރެ ގިނަ މީހުން އެއްތަނަށް އެއް ނުވެވޭނެއެވެ.

އަދި ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަން ފަދަ ހޮސްޕިޓަލިޓީ ވިޔަފާރިތައް އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭއިރު، އާއްމު ތަންތަން ކަަމަށްވާ ލައިބްރަރީ އާއި މިއުޒިއަމް އާއި ޕޫލް ފަދަ ތަންތަން ހުޅުވޭނީ، އާއްމު ސިއްހަތު މިންގަނޑާއި، އެއްގޮތަށް ފިޔަވަޅުތައް އެޅުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިއީ އާއްމުކޮށް ފޮނުއްވާފައިވާ ވަބާ އެއް. ފިލާވަޅު ލިބިގަނޭ.

    19
    1
  2. ކުޑަ ވައިރަސް

    ކޮވިޑް19 ހުއްޓުވާނަމޯ..މާގަދަވެގެން ފޮނިވާންއުޅުނީމަ ވާނީތިހެން...ޗައިނާވެސް ތިކަހަލަ ފޮނިކެނޑި ހުއްޓާފައޮންނައިރު ކުއްލިއަކަށް އަނެއްކާ
    ފެތުރޭ ހަބަރު ބުނަން މިއުޅެނީ ތިކުޑަކުޑަ ވައިރަސް ބާރުގަދަ ގައުމުތައް ސައިޒުކޮށްފިކަން...އަނގަފޮނި
    ކަނޑާ އެމަރިކާވެސް ބުނި އާދައިގެ ވައިރެހަކޭ..މިހާރު
    އަތައްގޮވާފި..ނިއުޒިލޭންޑަކީވެސް ތިކަހަލަބައެއް