އައްޑޫ ސިޓީ ހިތަދޫން އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވި މީހާގެ ދެވަނަ ސުންކު (ސާމްޕަލް)ނައްސި ވެއްޖެއެވެ.

ގޭގައި ކަރަންޓީންވެން ހުއްޓާ ފައްސިވި އެ މިހާއަކީ 21 އަހަރުގެ އަންހެނެކެވެ. އޭނާ ދެވަނަ ސުންކު ނައްސިވެފައިވާކަން "ވަގުތު"އަށް ވަނީ ކަށަވަރުވެފައެވެ.

އެ މީހާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އޮގަސްޓް 11 ވަނަ ދުވަހުއެވެ.

އެ މީހާ ކޮވިޑް-19 ނައްސިވެފައިވާކަން އެނގުނީ މާލެ އިން ޓެސްޓު ކުރުމުންނެވެ.

އެހެންކަމުން މިހާރު އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދަކީ ތިނެކެވެ. އެއީ ހިތަދޫން ފައްސިވި ދެ މީހަކާއި ފޭދޫން ފައްަސިވި އެކަކެވެ. މި އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިއްބާ ފައްސިވި މީހުންނެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ފައްސިވި މީހުންގެ އަދަދު 5572 އަށް ވަނީ އަރާފައެވެ. މީގެ ތެރެއިން 3,010 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 2,540 ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 150 މީހަަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ރާއްޖޭގައި މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 22 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަރީ

    ހިތަދޫ ކީއްކުރަން މިހާރު މި އޮގަސްޓްމަސް ފެށުނު ފަހުން މާލެއިން ފައްސިކަމަށް ބުނި ގިނަ މީހުން އެއްމެ ޓެސްޓެއް ހަދާފަ ފައްސިޔޭ ކިޔާފަ އައިސޮލޭޝަނަށް ގެންދަން ނިންމީ. ޑެންތިބި ގިނަމީހުންވެސް ދެވަނަ ޓެސްޓް ހެދިނަމަ ނައްސިވީސް. ކީއްކުރާނީ ދޯ އެބަޖެހޭ ވިއްޔާ ފައްސި އަދަދު ގިނަކަމަށް ދައްކަން.

    5
    2
  2. ވިސްނާލުމަށް އެދެމޭ

    ދެން މިވަ ރުން މިމީހުން ހަދާ ޓެސްޓްތައް ކިހިނެތް ގަބޫލުކު ރާނީ..

    10
    1
  3. ޑރ

    ކީކޭ ތިކިޔަނީ؟ މީހާ ހު ރީ އައްޑުގަ. ފައްސިވިކަން އެނގުނީ 11 އޮގަސް ޓްގައި. ތިން ދުވަސް ފަހުން ނައްސިވިކަން އެނގުނީ މާލެއިން ޓެސްޓް ކު ރީމަ.

    4
    1
  4. އޮޅުވާލި ވޯޓު

    ގައުމުގަ ކޮވިޑު އަމިއްލަޔަ އުފައްދާގެން އުޅެނީ ތިޔަކީބަޔަކައް އެގިހުރިކަމެނޫން ޑަބުލިއުއެޗުއޯއިން ވަކިމިންވަރަކައް ކޮވިޑުޕޮޒެޓިއު ވެއްޖެޔާ އެބަދޭ ގިނައަދަދެއްގެ ފައިސާ އެހެންވެގެން އެފައިސާގެ ބޭނުމުގަ މިހާރު ޕޮޒެޓިވު ކޭށް ގިނަކުރަމުންދަނީ ބަލަގަ ދިވެހިން ތިބީދުނިޔެއައްހޭލާފަ ނުކިޔަވާ ތައުލީމެނެތް ކިބޫގޮތަކައްނޫން