މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 27 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވީ 20 މީހުންނެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 17 ދިވެހިންނާއި 10 ބިދޭސީންނެވެ. މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11532 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 91 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10563 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރުމި ވަނީ ހާހަކަށްވުރެ ދަށަށްގޮސްފައެވެ. އެގޮތުން ރާއްޖޭގައި މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 925 އެވެ. އަދި 307 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި 1301 ސުންކު ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި މި ބަލި ދެނެގަތުމަށް ނެގި ސާމްޕަލްގެ އަދަަދު ވަނީ 191،607 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު