ރޫޓު ފިހާރައިގެ ފައިސާ ފޭރެން އުޅުނު ހަތަރު މީހުންގެ ވަނަވަރު ފުލުހުން އާއްމު ކޮށްފިއެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބޭންކް އޮފް ސިލޯން (ބީއޯސީ)އަށް ޖަމާކުރަން ގެންދިޔަ ރޫޓްގެ 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނު ހަތަރު މީހުންގެ ފޮޓޯ އާއި އެޑްރެސް ފުލުހުން މިހާރު ވަނީ އާއްމުކޮށްފައެވެ.

މި ހަތަރު މީހުން ފޭރެން އުޅުނު ވީޑިއޯ އާއްމުވެފައި ވާއިރު، ވީޑިއޯއިން ފެނިގެން ދަނީ ދެ ސައިކަލަކުން 4 މީހަކު ގޮސް، ބީއޯސީ ކުރިމައްޗަށް މަޑުކޮށްފައި އޮތް ރޫޓުގެ ވެހިކަލް ކައިރިއަށް މަޑު ކުރާ މަންޒަރެވެ. އޭގެ ފަހުން ވެހިކަލުގެ ދޮރު ހުޅުވާލުމުން ސައިކަލުން ދެ މީހަކު ފައިބައިގެން ގޮސް ފައިސާ ފޭރެން އުޅޭ މަންޒަރު ފެނެއެވެ.

ވެހިކަލުން ފޭބި މީހުންނަށް ހަމަލާ ދިނުމަށް ފޭރެން ދިޔަ މީހުން މަސައްކަތް ކުރުމުން އެމީހުން ހުއްޓުވުމަށް ބީއޯސީގެ ސެކިއުރިޓީކަން ކުރަމުން އަންނަ ދިވެއްސަކު ވަނީ ނުކުމެފައެވެ. އަދި އޭނާ ވަނީ ފައިސާތައް ސަލާމަތް ކުރުމަށް އެ ފޮށިގަނޑުގައި ހިފައިގެން ބިންމައްޗަށް ވެއްޓިގެންފައެވެ.

ފައިސާ ފޮށީގައި ސެކިއުރިޓީ މީހާ ހިފައި ބިންމައްޗަށް ވެއްޓިގަތުމާއެކު، ސައިކަލުން ފޭބި ދެ މީހުން ވަނީ ފިލަން ވެގެން ދުއްވައިގަނެފައެވެ. އަދި އެ ދެމީހުންގެ ފަހަތުން ވެހިކަލުން ފޭބި ބިދޭސީ މީހަކު ދުވާ މަންޒަރުވެސް ފެނެއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އަހުމަދު އަމީރު (ވ.ޕިންކްވިލާ/ 20 އ.) ، މުހައްމަދު މުސްއަބް ޒުބެއިރް ( ގއ. ވިލިނގިލި ކަނީރުމާގެ/ 23 އ.) އާއި ހުސެއިން އަބްދުލް މަޖީދް ( ދަފްތަރު ނަމްބަރު 3678/ 22 އ.) ގެ އިތުރުން އަބްދުﷲ ރާޝިދު ( ލ.ގަން، ތުނޑީ، ކީމިޔާގޭ/ 27 އ.) އެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހަސަނު

    އެބައި މީހުން ނިސްބަތްވާ ރަށްރަށް ހުތުތުރު އަރުވަން އުޅޭ ބައެއް!

    57
    2
  2. މަހުމޫދު

    އަޅެ މިތިބި ހަންޑިތަކެއް... ފެނުނަސް ބިރުގަނޭ.........

    69
    • ހެހެހެ

      ބިރުގަންނަން ޖެހެނީ އިންސާނުންދެކެއެއްނޫން. ތިމާ ހެއްދެވި ފަރާތްދެކެ ބިރުގަތުން މާއަޢްލާކަން ބޮޑު.

      11
  3. ގައުކު ޗަލާގަޔާ

    ހަތެތެސްފައި އައިބުވާނެހެން ބުރިކޮށްބަލަ ތިނޫން ގޮތަކަށް ލަހިކެއްނޫން ވައްކަމާ ފޭރުން ހުއްޓުވާކަށް ތިތިބީ ކޮންމެ މީހަކު ޖަހާސިފަ ވައްކަންކުރުމާ މަގުފޭރޭ މީހުން ގެ ސިފަ މާދަމާ އަނެއް ވައްކަން ކުރަން ދޫކޮށްލާނެ ޒީރޯ ޓޮލެރަންސް ވީމަ ޒީރޯވާނެ ކަރުނަބާލާފަ

    100
    1
  4. މަ

    އެމީހުންގެ އަތް ބުރިކޮށްލާފައި ދޫކޮށް ލާށެވެ.އަދި ދެވަނަ ފަހަރަށް އެފަދަ ކަމެއްގައި ބައިވެރިވެ ވެއްޖެ ނަމަ އެފަދައިން ޢަމަލު ކުރާާށެވެ.

    91
  5. ޢައިޝާ

    ފަހަތުން ދުވީ ވެހިކަލުން ފޭބި މީހެއް ނޫން.. މަގުން ދިޔަ ސައިކަލަކުން ފޭބި މީހެއް.. ރަނގަޅަށް ބަލާލުމުން ފެންނާނެެ.

    36
    3
  6. ޙިހި

    ލޯބިލޯބި ޒުވާނުން

    10
    44
  7. Anonymous

    ދީނުގައި އަންގަވާފައިވާ އަދަބު ނިކަން ދީބަލަ ޒީރޯ ޓޮލަރެންސޫ

    72
    2
  8. ކޮތަރޭ

    ކޮތަރޭ ލަދެއް ނުގަނޭތަ؟

    35
    1
  9. ރައި

    ފައިސާތައް ސަލާމަތް ކުރި ބޭފުޅާއަށް އައްސަރިބަހާ ސާބަސް! ދެން އެތާ ކުޅި ބަލަން ދުރުގަ ކަމެއް ނުކޮށް ތިބި މީހުންނަށް 👎

    51
  10. މަރީ

    ސާބިތުވާނެބާ؟..

    35
    1
  11. އަހުމަދު

    ލާރި ފޭރެންއުޅޫނު މީހުންގެ ވަނަވަރު ހާމަކުރެވޭ. އެކަމަމު އެމްއެމްޕީއާރުސީގެ ހިޔާނާތުގަ ބާވެރިވި ފަރާއިތަކުގެ ވަނަވަރެއް ހާމައެއް ނުކުރެވޭ. ކޮބާ ތިކިޔާ ހަމަހަމަ ކަން

    29
  12. ޢެޑްމުންޑޯ

    ދުވަސްކޮޅަކުން ދޫކޮއްލާނެ ،

    22
  13. ހެޔޮއެދޭ

    ކިހިނެއް ފޭރޭ މީހުންނަށް އެ ބަސް ފަހަތުން އަންނަން އެނގުނީ^^^^^^

    17
  14. އަރީ

    ތިޔަ ގޮލައިންތަށް ބޮލާ ބުމަ ބާލުވާފަ ބޮކުސާ ކޮޅުގަ އަައްމުންނަށް ފެންނަ ގޮތަށް ބަދެފަ ސާޅީސް ދުވަހު ބައިތިއްބަބަލަ

    20
    • ޟމ

      ކޮންތަނަކުން އައި ހުކުމެއް

  15. ނަސީރު

    ސެކިއުރިޓީ ދިވެހި މީހާ އެދުވަހު ނެތްނަމަ ފޮށިގަނޑު ގެންދާނެކަން ޔަގީން . ޥީޑިއޯއިން ފެންނަގޮތުގައި ދިވެހި މީހާގެ ކުޅަދާނަކަމުން ފައިސާ ނުގެންދެވުނީ

  16. މަރު

    މިތިބަ ލޮބުވެތި ޒުވާނުންނަށް މާތް ﷲ ތެދުމަގު ދައްކަވާށި.އާމީން.

    11
  17. މުހައްމަދު އަންޖުމް

    އިންޑިއާ ގެރީތަކުން ތަމްރީންހަދައިގެން ރަށުތެރޭގައި ޑިއުޓީ ކުރާ އެކްޓިވިސްޓުން މިމީހުން ކުއްވެރިއެއްވެސް ނުވާނެ އަދަބެއްވެސް ނުދެވޭނެ މީ މިގައުމުގެ ބަތަލުން ކަމުގައި ހަދާ ކައުންސިލްތަކާ ހުރުހާތިޖޫރީއެއްގެ ހައްގުވެރިން ނަމަކަށް ހައްޔަރުކުރާނެ ސާބިތުނުވެގެން މާދަމާތިބޭނީ ބުރަމަސައްކަތުގައި މިކަމެއްވެސް ނުހުއްޓުވާނެ މާރާމާރީ އެއްވެސް ނުހުއްޓުވާނެ ފާހިޝްއަމަލުތަކެއްވެސް ނުހުއްޓުވާނެ މިގައުމުގެ ބެރިންނަށް ތިބީ މިމީހުންގެ ބަލަދުވެރިން ވީމަ ކިހިނެތް ރަގަޅުވާނީ

  18. ޥަައު

    ޢަޅޭ ލޯބިކަން 😘😘😘😘

  19. އެމްޑީޕީ ބުރޯ

    ތިއީ މުޅިންވެސް މަސްއޮޑި ގޭންގަށް ނިސްބަތްވާމީހުން!

    1
    1
  20. ޑައެލޯގް

    2008ގެ ކުރިން ރާއްޖެއޮތީ މިޒާތުގެ ކަންކަމުން ސަލާމަތްވެފައެވެ. ނަމަވެސް މިރާއްޖެއަށް މިނިވަންކަމޭ ޑިމޮކްރަސީއޭ 3 ބާރު ވަކިވާންވީއޭ ކިޔައިގެން ޔަހޫދީން އަޑީގައި ތިބެގެން ޕާޓީހަދައި ފިތުނަފަސާދަ އުފެއްދުމުގެ މޭސްތިރިއަކީ އަންނިއެވެ. މިހާރު 3 ބާރުއެކުވެ އިގްތިސާދު ފުޑެނީއެވެ.

  21. ހައްގުބަސް

    މިއީ ގައުމުގެ ލޭނާރެވެ. ގައުމުގައި މި ދަރިން އުފަންވިއިރު 3 ލައްކަ ހަމައެއްނުވާނެ، ފޮނިކުރުކޮށް ބުނާކަމަށްވާނަމަ ރަނގަޅު މެކޭނިޒަމެއް ގާއިމްކޮށް ގެއެއްގެ ކޮޓަރިއެއްގަވެސް މިހާ މަދު މީސްކޮޅެއް ގެންގުޅެވިދާނެއެވެ. ނަމަވެސް މިކުދިންނަށް ހެޔޮ ތަރުބިއްޔަތެއް ދެވިއްޖެނަމަ އެތަކެއް ބަޔަކު ބަންގުރޫޓުވެ އެތަކެއް ވިޔަފާރިއެއް ހުއްޓިހިނގައިދާނެއެވެ. މިއީ ކާޓެލުންނާ ޑްަގުލޯޑުންގެ ބިރެވެ. ގައުމުގަ އޮތީ އެމީހުންގެ ނުފޫޒެވެ. ބާކީތިބީ އައުވާނުންނެވެ.
    އާދޭހާ އެކު ދަންނަވަން އޮތީ 1990ގެ އަހަރުތަކުގައި މައުމޫނު ގެނައިފަދަ އިންގިލާބެއް ކުޑަބަދަލަކާއެކު ގެނެސްދެއްވާށެވެ. އެލީޓް ޖެނެރޭޝަނެއް ބިލްޑް ކުރަން ދައުލަތައް އަހަރުމެން ދައްކާ ޓެކްސް ބޭނުން ކުރާށެވެ. ސްކޫލް ނިމޭދަރިވަރުންނަށް (ފިރިހެންކުދިން) އަމާޒުކޮށް ފުލުހުން (ބޭކާރު ބައެއް) ބޭނުންކޮށްގެން 2 އަހަރުދުވަހުގެ ޓްރެއިނިންއެއް ކުރިޔަށް ގެންދާށެވެ. އެއަށް ފަހު މުޖްތަމައަށް ނެރޭށެވެ. %90 ކުދިންގެ ފައިދާ ގައުމަށް ކުރާތަން ފެންނާނެއެވެ. މިނޫންގޮތަކަށް މިކަން ހައްލު ކުރެވޭނެ ފޮމިއުލާއެއް އަތުޖެހޭތޯ ޕެނަލް ޑިސްކަޝަންތައް ބާއްވާށެވެ.

  22. އަހްމަދު

    ހާސްނުވޭ ގިނަވެގެންދެހަފްތާކަންނޭގެ ތިޔަމީހުންހުން ބަންދުގަތިބޭނީ

  23. ހސނ

    ޖާނުން ޤުރުބާންވެގެން 4.2 މިލިޔަން ރުފިޔާ ސަލާމަތް ކޮށްދިނީމަ 50000ރ ދީފަ ފަހުން އެ ފަކީރަށް ހަމަލާއެއް އައީމަ އެއްކަލަ 50000ރ ގެ ބޭނުމެއް ނެތް..މާގިނަ ދުވަހެއް ނުވެ އެ މީހުން ދޫވާނެ.. އަދި އެ ސެކިއުރިޓީ ހުރިތާކުން ހޯދައިގެންވެސް ބަދަލު ހިފާނެ..އާއްމު ރައްޔިތުން އެކަނި ނިކުތަސް ޙައްލެއް ނުވާނެ..ޒިންމާދާރު މުޢައްސަސާ ތަކުން މިކަހަލަ ކަންތަށް ތަކުރާރު ނުވާގޮތަށް ފިޔަވަޅު އެޅެން ޖެހޭނެ..