މެކްސިކޯއިން އެއް ދުވަސް ތެރޭގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ގައުމުން ފާއިތުވިދިޔަ 24 ގަޑިއިރު ތެރޭގައި 10,794 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ އެ ގައުމުގައި އެއް ދުވަސް ތެރޭގައި މިހާ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ.

މެކްސިކޯއަކީ ދުނިޔެއިން 11 ވަނަ އަށް އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވި ގައުމެވެ. އެ ގައުމުގައި މިހާާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 1,060,152އަށް އަރާަފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިގެން އިތުުރު 813 މީހަކު ވަނީ މަރުވެފައެވެ.

މިއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އެ ގައުމުން ކޮވިޑް-19 ޖެހިގެން މިހާ ގިނަބަޔަކު މަރުވި ފަހަރެވެ. ފާއިތުވެދިޔަ ދެ މަސް ދުވަސް ތެރޭގައި އެ ގައުމުގައި ކޮވިޑް-19ގެ މަރުތައް އުޅުނީ 800 އަށްވުރެ ދަށުގައެވެ.

އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 102,739 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު