އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖޯ ބައިޑެން ކުރުމުގެ ރަސްމިއްޔާތައް ތައްޔާރުވުމުގެ ގޮތުން ރަސްމިއްޔާތުގެ ރިހާސަލް ކުރިއަށް ދަނިކޮށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކުރާގެ ކަމަށްވާ "ކެޕިޓަލް" ބިލްޑިންގަށް ނުރައްކާތެރި ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރު ހީވެގެން މިރޭ އެއިމާރާތް ލޮކްޑައުންކޮށް، އެސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ހަމަލާއެއް އަމާޒުވެދާނެކަމުގެ ބިރު ބޮޑުވެއްޖެކަމަށް ބުނެ އެފްބީއައި އިން ނެރުނު އިންޒާރާއިއެކު ކެޕިޓަލް ބިލްޑިންގްގެ ވަށައިގެން އޮންނަ ސަރަހައްދަށް އެތައް ހާސް ސިފައިންނެއް ނިކުމެ ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި ކެޕިޓަލްގެ އެތެރޭގައި ތިބި މީހުން ބޭރަށް ނުނިކުމެވޭ ގޮތައް ގަޑިއެއްހާއިރަށް އިމާރާތް ލޮކްޑައުން ކުރިއެވެ.

ނުރައްކަލެއް ކުރިމަތިވެއްޖެ ކަމަށް ބުނެ ފުރަތަމަ އިންޒާރެއް ސަލާމަތީ ބާރުތަކުން ނެރުނީ ކެޕިޓަލް ބިލްޑިންގާއި ދުރުނޫން ހިސާބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އަލިފާނުގެ ހާދިސާ އަކީ އެއްވެސް ހަމަލާއަކާއި ގުޅުންހުރި އަލިފާނުގެ ހާދިސާއެއް ނޫނެވެ.

ކެޕިޓަލްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވި މޭޖާ ޖެނެރަލް ވިލިއަމް ވޯކާ ވިދާޅުވީ ކެޕިޓަލް ބިލްޑިންގްގައި ތިބި ހުރިހާ އެންމެން އެތަނުން ނެރުމުގެ ކުރިން ވަކިވަކިން ކޮންމެ މީހަކު ފާސްކޮށްފައިވާ ކަމަށެވެ. އަދި ކެޕިޓަލް އިމާރާތާއި އެސަރަހައްދުގެ އެހެން އިމާރާތްތަކަށް ވެސް މީހުންނަށް ވަދެވޭނީ ވަކިވަކިން ކޮންމެ މީހަކު ފާސްކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވޮޝިންޓަން ޑީސީގެ މުހިއްމު ސަރަހައްދުތަކަށް ދީމީހުން މިހާރު އެފްބީއައި އިން ވެސް ގެންދަނީ ސްކްރީން ކުރަމުންނެވެ.

ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތާއި ދިމާކޮށް އެމެރިކާގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. ބައިޑެން އަވަހާރަކޮށްލުމަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައި ވަނީ މިމަހުގެ 06 ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގްގެ ތެރެއަށް ވަދެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަން

    ހުސް ދޮގު

    9
    4
  2. ބިޑެން

    ތި ވާނީ އެކުދިން މަސް ކަށްކަނީ ކަމަށް!

  3. ވަހުތާނު އަހުމަދު

    ތަމްރީނުގެބައެއްކަމަށްބެލެނީ ؟

  4. އަޙްމަދް

    ތިކަމުގެ ހަގީގަތް އެއްމެ ރަންގަޅަށް އެނގޭނީ
    ޓްރިޕްލް ރައީސާއި އޭނާގެ ޕާޓީ މީހުނަށްށެވެ.
    ސަބަބަކީ އެއީ ދޮންމީހުންނަށް ވާތި އެވެ
    ދޮންމީހުން ކުރާ ކަންކަން އެއްމެރަނގަޅަށް އެނގޭނި ދޮންމީހުން އުޅޭގޮތަށް އުޅެން އުޅޭ ކަޅުމީހުންނަށެވެ.