ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،470 މީހުން އިއްޔެ މަރުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން އަންނަ އިރު، މެކްސިކޯއަކީ ބަލި އެންމެ ބޮޑަށް ފެތުރިފައި އޮތް އެއް ގައުމެވެ. އެ ގައުމުގައި ބަލި ފެތުރުން މިހާތަނަށް އައިއިރު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

މެކްސިކޯ އިން ކޮވިޑް-19 ޖެހިގެން އިތުރު 1،470 މީހުން މަރުވި އިރު، ބަލި ޖެހިގެން މިހާތަނަށް އެ ގައުމުން މަރުވީ 149,084 މީހުންނެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 20,057 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,752,347 އަށް އަރައިފައެވެ.

މެކްސިކޯއަކީ ހަތަރު ވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ގައުމެވެ. އަދި އެހެން ގައުމުތަކާ ބަލާފައި މެކްސިކޯގައި މަރުވާ ރޭޓް އުޅެނީ ވަރަށް ބޮޑަށް މަތީގައެވެ.

މެކްސިކޯގައި ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފައެވެ.