މ.ކޮޅުފުށިން އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީންވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގައިފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުން އެެދޭ ކަަމަށެވެ. އަދި އެރަށުން އަތޮޅު ތެރޭގެ ރަށްތަަކަށް ޒިޔާރަަތްކޮށްފައިވާ މީހުން އެރަށެެއްގައި ހުންނަ ސިއްހީ މަރުކަޒަކަށް ނުވަތަ ހެލްތް ސެންޓަރަކަށް އެންގުމަށް ވަނީ އެދިފައެވެ.

އެޗްޕީއޭ އިން ވަނީ، މި މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވެ، ކަރަންޓީނު ނިމުމަށްފަހު ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އަންގާފައެވެ.

އަދި މި މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަވެފައިވާ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އަންގާފައި ވެއެވެ.

ކޮޅުފުށީގައި ކޮވިޑް-19ގެ ވޭދަނަތައް ފެންނަން ފަށާފައި ވަނީ އެރަށުން މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ އަންހެން މީހާ މާލެ ގޮސްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭނާ ފައްސިކަން އެނގުމާއެކު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އެރަށުން މިހާތަނަށް ނުވަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ އަންނި

    ތި ކަމުގަ ސަރުކާރުގެ އެއްވެސް ބޭފުޅެއް ސާމިލެއް ނުވާނެ.

    2
    1