ރާއްޖެއިން މިއަދު ކޮވިޑް-19 އަށް 145 މީހަކު ފައްސިވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު ފައްސިވި 145 މީހުންގެ ތެރެއިން 93 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި ރާއްޖޭގެ އެކި ރަށްތަކުން 14 ވޭދަނަ ފެނިފައިވާއިރު، ރިސޯޓްތަކުން 36 ވޭދަނަ ފެނިފައި ވެއެވެ. އަދި ސަފާރީއަކުން ދެ ވޭދަނަ ފެނިފައި ވެއެވެ.
ރާއްޖެއިން މިއަދު އިތުރު 145 މީހަކު ފައްސިވިއިރު، ބަލި ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 93 މީހަކަށެވެ.
މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 15247 އަށް އަރާފައެެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 13916 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
އަދި ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން މިހާރު 1273 މީހަަކަށް ފަރުވާދެމުން ދެއެވެ.
މި ބަލީގައި ރާއްޖެއިން 51 މީހަކު ވަނީ ނިޔާވެފައެވެ.
ވެކްސިން ބޮޑު ފޮށީގެ އަޑިއަށް ލައިގެން ތިބެންވީތަ؟ އިނގިރޭސިވިލާތުގައި ރާއްޖެ އަށް އިންޑިޔާއިން ދީފައިވާ ވެކްސިން އެއޮއް ޖަހަމުންދަނީ. ރާއްޖެއިން ޑަބްލިއުއެޗްއޯގެ ބޮލަށް ކަނޑާލައިގެން މިތިބެނީ. އިންޑިޔާގެ ރައްޔިތުން ދިން ހަދިޔާ ދިވެހި ރައްޔިތުންނަށް ރައްދުކުރުމަށް ޑަބްލިއުއެޗްއޯ ހުރަހެއް ނާޅާނެކަން އެނގޭ
Adhives school thah hulhuvaa.
ޕޮޒިޓިވް ކޭސް ގިނަ ނުވެގެން އުޅޭހެން ހީވަނީ، ކޭސްތައް ގިނަވާން ފެށީމަ ދޫދޭވަރު އިތުރުވަނީ
- ކައިވެނި ކުރަން ހުއްދަ ދޭންވާނެ، އެހެނަސް ޕާޓީ ބާއްވަން ހުއްދަ ދިނުން މިހާލަތުގަ ގޯސް
- ސަރުކާރުން ރަށްރަށަށްދާ މީހުން ބޭނުންގޮތަކަށް އުޅެފަ އަންނަނީ، އެނޫން މީހުން 10 ދުވަސް
ސްކޫލު ބަންދު ކުރޭ! ކުލާސް ރޫމް ސެނިޓައިޒް ކުރީމަ ނިމުނީއެއް ނޫން އައިސްތު. ސްކޫލު ހުޅުވީމަ މާލެއަށް ގިނަ އަދަދެއްގެ ބަޔަކު އައިސް މުޅި ރާއްޖެއަށް ކޮވިޑު ފަތުރާ، ކޮވިޑުގެ ހާއްޔަކަށް މާލެ ބަދަލުވެ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވަމުން މިދަނީ. ހޮސްޕިޓަލްތައް ފުރި އައިސީޔޫތައް ފުރިފައި އޮތް ގައުމަކަށް ފަތުރުވެރިންނެއްވެސް ނާންނާނެ. ނަތީޖާއަކީ އަނެއްކާވެސް ފަތުރުވެރިކަން ފުނޑި، ގެސްޓްހައުސްތައް ބަންދުކުރަން މަޖުބޫރުވުން. ސްކޫލްތައް ބަންދުކޮށް ފިޔަވަޅުތައް ވަރުގަދަކުރޭ! ސަރުކާރުން ޒިންމާދާރުވޭ
ބަލި ފެތު ރުން ކޮންޓް ރޯލުން ނައްޓައިގެން މިދަނީ ސަ ރުކާ ރުގެ ދަހިވެތި ކަމާއި ނާގާބިލު ކަމުން.
ދެން އަތްޖަހާ ދެން އަތްޖަހާ މީ މިއުޅޭ ކެނެރީމެން ނުކުރެވިގެން އުޅޭކަންތައް ރާއްޖޭގެ ގިނަބަޔަކައް ބަލި ޖައްސާ މެރުން.
ބައެއް މީހުން ހީކުރިތާ 2021 ވަރަށް އަމާން ވާނެކަމަށް...އެކަމާ ވާހަކަ ވެސް ދެއްކި..2021 ވަނަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާނެޔޭ އަރާމު ގައި ބެލޭނެޔޯ. ޔޫރަޕްގެ ހާލަތު ކުރިޔަށްވުރެ ގޯސް.
ވެކްސިން ޖަހާއިރު އެއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ނޫނީ ނުޖަހާތި..ނޭގެ ރާއްޖޭގެ ހާލަތު ކޮވިޑް19 ފެތުރިގެން ހީވެސްނުކުރާހާ ނާމާން ދުވަސްވަރެއް ކުރިމަތި ނުވާނެކަމެއް
އިދިކޮޅުމީހުން ހެލިލާއިރަށް ސިޔާސީކޮވިޑް އިތުރުވޭ.
ކައުންސިލް އިލެކްޝަން އަދިވެސް ބޭއްވޭތޯ ބަލާތި.!!
އަހަރެއް ފުރެން ކާރިވެފައިވާ އިރު ބަލި ކޮންޓްރޯލް ނުކުރެވޭ. މޮޅު ގޮތަކީ ސަރުކާރު އިސްތިޣުފާ ދިނުން.
ޢަދިވެސް ނުވޭތޯ ސްކޫލްތަށް ބަންދު ކުރަން
ކިހާ ވަރެއް ވަންދެންތޯ ތި މަޑު ކުރަނީ
މިމީހުނަށް ގޭގައެއް މަތަވެގެން ނުއެއް އޮވެވޭ ވިއްޔާ! ހަމަ ދިވެހިންނާ ހެދި މީހުންގެ ވަޒީފާ ގެއްހެނީވެސް! އަދި އެބަ ނިކުމެއެއްނު މުޒާހަރާ ކުރަން ކުރާނެ ކަމެއްނެތިގެން! ކުޑަކުޑަ ކުދިން ނިދާފަ އޮންނަ ގަޑި ބަހާފަ މިމީހުނަށް ނިކުންނަން އެންގެނީ! ރީތިކޮށް ގޭގަ ތިބި ނަމަ ކޮރޯނާ ޖެހޭ މީހުންގެ އަދަދު މަދުވީސް ތަނެއްގަ ބެރެއްޖަހާލާ އިރަށް ގޮއްސަ އެތާ ހުންނަން އެބަޖެހޭ. ދެންނޭންގެ މަށަކަށް