ގދ. އަމާރީ ހަވޮއްޑާ މޯލްޑިވްސް އިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ "ހިބަރު"ދޯނީގެ އިންޖީން ރޫމްގައި ރޯވެ، އެ ދޯނީގެ އިންޖީނު ހުއްޓިގެން އޮޔާ ދާން ފަށައިފިއެވެ.

އެ ދޯންޏަކީ ސަޕްލައި ދޯންޏެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެކަން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 10:30 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ލ. އަތޮޅު ސަރަހައްދުގައި ކަމަށެވެ.

އަދި ރޯވި މި ދޯނީގައި ހަ މީހަކު ތިބި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެއީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

އަދި މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކަރި

    އަޅެ މި ސަރުކާރުގަ މުޅިން މުސީބާތްތަ ޖެހެނީ

  2. ގެރިގުއިލޯބި

    ސޯލިހު ޖެހޭނެ ޒިންމާ ނަގަން.. ކުރިން އަޅުވަނީ ޔާމީން ބޮލުގަ

  3. ހިބަރުވަދު

    މިސަރުކާރު އައިފަހުން ހުސް ބަލާއާއި މުސީބާތް ޖެހެނީ