އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން އައްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެ ސިޓިން މިއަދު ފައްސިވެފައި ވަނީ އެކަކެވެ. މިއާއެކު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 77 އަށް އަރާފައެވެ.

އެ ސިޓީން މިހާރު ކޮވިޑް-19 އަށް ފައްސިވެފައިވަ މީހުންނައި ގާތުން އެއްތާވި 403 މީހަކު ވަނީ ފާހަގަވެފައެވެ. އަދި މި ވޭދަނަތަކައި ގުޅިގެން 118 ގެއެއް ވަނީ ކަރަންޓީންކޮށްފައެވެ.

އެ ސިޓީން ފައްސިިވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ވަކިން އޮންނަ ހުޅުދޫމީދޫންނެވެ. އެ ރަށުން 26 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    ތަފްސީލު ނުލިބެންޏާ ޚަބަރު ނުޖަހާނީ