މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 184 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން 145 މީހަކު ފައްސިވިއެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން ދިހަ މީހުން ރިސޯޓްތަކުން 24 މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން ފަސް މީހަކު މިއަދު ފައްސިވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރެއް ނުވެއެވެ. މިހާރު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދަނީ 162 މީހުންނަށެވެ.

މިއަދު 192 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވިމީހުންގެ ޖުމްލަ ޢަދަދުވަނީ 16،838 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،441 މީހުންނެވެ.

މިއަދު 3،993 މީހަކު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    ކޮންމެ ހާލަތެއްގައިވެސް ކަރަންޓް ކަނޑަން ސްޓެލްކޯ ނެރޭތި . އާދޭސް ދަންނަވަން.

  2. Anonymous

    ﷲގެ އަމުރުފުޅު އަންނަންދެން ކަލޭމެން ކަލޭމްންގެ ކަންތަކައިގެން ކުރިޔަށްދާށޭ. ވަގުތު ޖެހުނީމާ އެންމެ ހިނދުކޮޅެއްވެސް ފަހެއްނުވާނޭ.
    މަކަރުވެރިންގެ މަކަރަށްވުރެ ﷲގެ ރޭއްވެވުން މާބޮޑޭ.