ފުވައްމުލައް ސިޓީން އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ސިޓިގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީ ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ، އެރަށުން އިތުރު ހަ މީހަކު ފައްސިވެފައިވާކަމަށާއި، މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 45 އަށް އަރާފައިވާ ކަމަށެވެ.

އަދި ބަލިން ރަނގަޅުވި ދެ މީހަކު ދޫކޮށްލާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. މިއާއެކު އެރަށުން ކޮވިޑް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 19 އަށް އަރާފައެވެ.

ސައީދު ވިދާޅުވީ، އެ ސިޓީން ފައްސިވި ހަ މީހުންނަކީ އެރަށަށް ބަނދަރު ކުރި އުޖާލާ ބޯޓުގެ އެންމެން ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން ފައްސިވި ހަ މީހުން ކަމަށެވެ.

"މި މަހު 22 ވަނަ ދުވަހު އުޖާލާ ބޯޓު އައުމާއެކު އެ ބޯޓުގެ އެންމެންގެ ސުންކު ނެގުން، އަދި 23 ވަނަ ދުވަހު މި ސުންކުތައް މާލެ ފޮނުވާފައި މިއަދު މީގެ ނަތީޖާ ލިބުނުއިރު މި ބޯޓު ހަ ފަރާތެއް ވަނީ ފައްސިވެފައިި". ސައީދު ވިދާޅުވިިއެވެ.

ކިޔުންތެރިންގެ ހިޔާލު