ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްސީގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފި އެވެ.
އަދުރޭ އާއި ގައްސާން ހައްޔަރު ކޮށްފައިވަނީ މިހާރު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިންނެވެ. މި ދެބޭފުޅުންގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެ ވަަޑައިގެންފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.
އެގޮތުން ފުލުހުން ވިދާޅުވީ، މުޒާހަރާގެ ތެރެއިން މިހާތަނަށް 28 މީހަކު އެބޭފުޅުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިދިކޮޅުން މިއަދު މާލޭގައި މުޒާހަރާ ކުރަމުން އަންނައިރު، ފުލުހުން ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އުސޫލުތަކާއި ހިލާފަށް މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މުޒާހަރާ ފެށުމުގެ ކުރިން ބައިވެރިންނަށް ހުރަސް އަޅައި ގިނަ ބަޔަކު ހައްޔަރު ކޮށްފައެވެ.
އިދިކޮޅު ބާއްވަން އުޅޭ މުޒާހަރާއާއި ގުޅިގެން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލޭގައި އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވަން ތައްޔާރުވަމުން އަންނަ އެއްވުން ގާނޫނާއި ގަވައިދުތަކާ ހިލާފު ކަމަށާއި އެ އެއްވުން ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެޗްޕީއޭ ގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ޕޮލިހުން ޑޯގުންގެ ލެވަލްއައް ވެއްޓިއްޖެ
ރޔ ސަރުކާރުން އެކަހަލަ މީހުންނަށް ވަޒީފާ ދިނީމަ ވީގޮތް
އިދިކޮޅު މުޒާ ހަރާގައި އެބޭފުޅުން ތިއްބެވީ އެޗްޕީއޭގެ ގައިޑް
ލައިނާއެއްގޮތަށްކަން ފާހ ހަގަ ކުރެވެއެވެ އެ ހެންކަމުން
މު ހަރާގެބައިވެރިން ދޫކޮށްލުމަށް ގޮވާލަމެވެ.
އެޗް.ޕީ.އޭ ގައިޑްލައިނުގަ ވަކި ވަރަކަށް ވުރެއް ގިނަ މީހުން އެއްތަނަކަށް އެއްވުން އޮތީވެސް މަނާކޮށްފަ.. ދެން ކިހިނެއް ގައިޑްލައިނާ އެއްގޮތްވާނި ފުރަތަމަ އުފެދުންވެސް ގޯސް
ޝުކުރިއްޔާ ދިވެހި ފުލުހުން
މައުމޫނާއި ޔުމްނާ ކީކޭބާ ކިޔާނީ. ފާރިސްއައް ނައިބުރައީސްކަން ނުލިބުނީމަ ފެށިކުޅިވަރު މުޅިން އަތައް ގޮވައިފި.
މިހަާރު ހެދިފައިހުރި ޤާނޫނު ތަކުން ސަރުކާރު ހިންގޭކަށްނެތެވެ. ވީމާ ފުލުސްކޯޓާ އަވަސް ނިޔާކޯޓެއް އަވަހަށް ހަދާ މަގުމަތީި އުޅޭ އެންމެން ހިފާ ހައްޔަރު ކޮށްގެން ނޫން ގޮތަކަށް ސަރުކާރުގެވެރިންނަށް ނޭވާ ލެވިދާނެ ކަމަކަށް ނުފެނެއެވެ.
ޕޮލިހުން މިހާރު މަސައްކަތްކުރަނީ އެމީހުން ޕުރޮފިޝަންސްއާއިވެސް ޙިލާފައް ބައެއްގެ ނުފޫޒްގެ ދަށުވެގެން
ދެންނެތްތަ އެތާނގަ ހައްޔަރުކޮއްލާކަހަލަ މީހަކު ހުރީއްޔާކޮއްލާ ކަމެއްކުރެވުނުކަމައްވާނީ އޭރުން
ހެލްތުޕޮޓެކްށަން ގެ އިސްވެރިޔާ ވިދާޅުވި ރަތްވެހި ފަތިސް އެއްވުން ބޭއްވީ އުސޫލާ ހިލާފަށޯ ކީއްވެބާ ޕޮލިހުން އެ މީހުންގެ އިސްކޮށް ތިބި މީހުން ހިފާ ހައްޔަރު ނުކުރީ. އެހެން ވީ މާ އިބަ އިނގޭ ކޮއް މެހެން އުސޫލާ ހިލާފު ވޭގެން ނޫންކަންވަކިބަޔަކު ގެ ނުފޫޒުން ކަން
މުޒާހަރާގެެ ބާއިވެރިން ހައްޔަރުކުރަނީ