ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފުވައްމުލަކު ސިޓީގައި އަޅާފަައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަންމާލައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ފުވައްމުލަކުގައި ރައްކާތެރިކަމަށްޓަކައި އަޅަން ނިންމި ފިޔަވަޅުތައް އެޅުމަށް އެންގި އެންގުން އިތުރު ހަތް ދުވަހަށް ދަންމާލާފައިވާ ކަމަށެވެ.

އެ ގޮތުން ރޭގަނޑު 20:00 އިން ފަތިހު 04:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ.

ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް ދެވަނަ ފަހަރަށް އިތުރުކުރި މުއްދަތު މިއަދަށް ހަމަވާއިރު، ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސސ

    ކޮވިޑޭ ކިޔާއިގެން ކިހާ ދުވަހަކަށް ރައްޔިތުން ބަންދުކޮށްގެން އުޅެވިދާނެތޯ ؟ ތިޔަ ކޮވިޑް ފެނުނު ޗައިނާ ކޮބައިތޯ ހިހާރު؟

  2. Anonymous

    މިދެން ކޮންފަދަ އުނދަގުލެއް. މިނިޗަން ކަމާއެކު ކާން ބޯން މަސައްކަތް ކޮާްގެން އުޅުމަށް މިދަތި ކުރަނީ.

  3. ކޖހގ

    ސަރުކާރެއް ބައެއްގެ އަޅަކަށް ވީމަ ެައްޔިތުންވާނީ އަޅުންގެވެސް އަޅުންނަށް.