މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 92 މީހަކު ފައްސިވީ މާލެ އިންނެވެ. މާލެ ފިޔަވައި އަތޮޅުތެރޭގެ އެހެން ރަށްތަކުން ފަސް މީހުން މިއަދު ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން 16 މީހުން އަދި ސަފާރީއަކުން ފަސް މީހަކު ފައްސިވިއެވެ.

މިއަދު 118 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 3952 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ތިން ދުވަސް ފަހުން އިތުރުވެފައެވެ. މިހާރު 170 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި ތިން ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައި ވަނީ 162 މީހުންނަށެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19597 އަށް އަރާފައެވެ. އޭގެތެރެއިން މިހާރު ބަލިޖެހިފައި ތިބީ 2397 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު