ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްއީއޯސީ އިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 62 އަހަރުގެ ފިރިހެނަކު ނިޔާވީ ރޭ ފަތިހު 05:06 ގައި ކަމަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 62 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ހަމައެކަނި ފެބްރުއަރީ މަހު ރާއްޖެ އިން މިވަނީ ދިހަ މީހުން ނިޔާވެފައެވެ. އެހެންކަމުން ފެބްރުއަރީ މަހަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ނިޔާވި މަހެވެ.

ރާއްޖެ އިން މިހާތަނަށް ނިޔާވި މީހުންގެ ތެރެއިން 54 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ އަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    މީހަކު ކެއްސާލިއަސް، ކިނބިއްސެއްއެޅިއަސް، ކަރުކެހިލައަސް، ތަނެއް މަށައިގެން ދިއަޔަސް، ރިއްސާލިއަސް ބިންދައިގެން ދިއަޔަސް ކޮވިޑޯލަ ޔޯއެވެ.
    އަދި ވަކިން ޚާއްސަކޮށް ޢުމުރުން ދޮށީ މީހަކު ކޮވިޑުނޫން ބައްޔެއްޖެހިގެން މަރުވުމަކީ ނާދިރުކަމަކަށް ވެއްޖެއެވެ.
    އަޖާއިބު އަންތަރީސް ނުވޭތޯއެވެ؟

    7
    1
  2. ޓޮމް

    މަރުހޫމަށް ރަހްމަތްލެއްވުން އެދި ދުޢާ ކުރަން. މިދިޔަ ފަސް އަހަރު ފެބުރުއަރީ މަހު މީހުން މަރުވި އަދަދާ މި ފެބުރުއަރީ މަހު މީހުން މަރުވި އަދަދު އަޅާ ކިޔާލުމުން ކޮވިޑްގެ ނުރައްކާތެރިކަން އިހްސާސްކުރެވޭލެއް ބޮޑުވާނެ.

    3
    3