ޏ. ފުވައްމުލައް ސިޓީން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު އެ ސިޓީގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރ އިން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޮސްޕިޓަލްގެ ފަރާތުން ބުނީ، އެ ސިޓީން މިއަދު ފައްސިވި ދެ މީހުންނަކީ އެރަށުން ދެވަނަ އަށް ފައްސިވި އިހަލާއި ގާތުން އެއްތާވި މީހުންގެ ތެރެއިން ކަރަންޓީންކޮށްފައިވާ ދެ މީހުން ކަމަށެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 50 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 19 މީހަކަށެވެ.

އެރަށުގައި ކޮވިޑް ފެތުރެން ފަށާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭގެ ފަހުން އެރަށުން ކޮންމެ ދުވަހަކު ކަހަލަ ގޮތަަކަށް ވޭދަނަތައް ފެންނަން ފެށިއެވެ. އެރަަށަކީ މާލެ ފިޔަވާ އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރުނު ރަށެެވެ.

ކިޔުންތެރިންގެ ހިޔާލު