ފުވައްމުލައް ސިޓީން މިއަދުވެސް ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފައެވެ.

މިހާރު އެ ސިޓީގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީ ހޮސްޕިޓަލްގެ ސީނިއާ ޕަބްލިކް ހެލްތް ވޯކާ އާމިނަތު މުހައްމަދު ވިދާޅުވީ، މިއަދު ފައްސިވި ދެ މީހުންނަކީ ގާތުން އެއްތާވި މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަވި ދެ މީހުން ކަމަށެވެ.

އާމިނަތު ވިދާޅުވިގޮތުގައި، މި ދެ މީހުންނަކީވެސް އިހާ ދޭއްކަމަށް ނިސްބަތްވާ ދެ މީހުންނެވެ.

"މި ދެ މީހުންގެވެސް ސުންކު ނަގާފައި ވަނީ އެކަހެރިކޮށްފައި ތިއްބާ، ބަލީގެ އަލާމަތްތައް ފެނިގެން". އާމިނަތު ވިދާޅުވިއެވެ.

އެ ސިޓީގައި މިހާރު ކޮވިޑަށް ފައްސިވެފައިވާ 20 މީހަކު އެބަ ތިއްބެވެ. އެ ސިޓީން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 31 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހހހހ

    ލެޕްރަސީއާއި ހޯއްގޮވާ ކެއްސުމާ އެއިޑްސްވެސް އާ އެބޯލާއާފަދަ ބަލިތައް އުޅޭ. އެއީ ވަރަށް ނުރައްކާތެރި ބަލިތައް. އެކަމަކު އިންސާނުން އަތުން ފައިން މަސައްކަތްނުކޮށް ހަރުހަރުގަ ތިބި ޒަމާނެއް މިނޫނީ ދުނިޔޭގެ ތާރީޚް ދެކެފައިނުވޭ.