މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީގެތެރެއިން 95 މީހަކު ފައްސިވީ މާލެ އިންނެވެ. މިއަދު މީހުން ދިރިއުޅޭ ރަށްތަކުން ހަތަރު މީހަކު އަދި ރިސޯޓްތަކުން 19 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 20565 އަށް އަރާފައެވެ. އޭގެތެރެއިން މިހާރު ބަލިން ރަނގަޅުނުވެ ތިބީ 2658 މީހުންނެވެ. މީގެ ތެރެއިން 167 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 124 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖައި

    އެޗްޕީއޭއިން ހިންގާ އިންސްޕެކްޝަން ތަކުގަ ބަލީގެ އަލާމާތް ހުރިމީހުން ފޮނުވާ މައްސަލަ ބަލަން ޖެހޭ... މާސް އިންސްޕެކްޝަން ހިންގަން ފޮނުވަނީ ދެތިން ޅަ އުމުރުގެ ކުދިން.... ކެފޭ އަށް ވަދެ މިތަނުން އެއްކުއްޖަކު ކެއްސާވަރުން ކަސްޓަމަރުން ވެސް މައްސަލަ ޖެއްސި... ދެން ކިހާ ދެރަކަމެއް މިއީ... ރައްކާތެރިކަމުގެ ފިޔަވަޅުތަށް ފުރަތަމަ ދަސްކޮށް ދޭންވީ އެޗްޕީއޭ މީހުންނަށް... ބަލި ފަތުރަންތަ ބަލީގެ އަލާމާތް ހުރި ކުދިން ތި ފޮނުވަނީ އާންމުން ހިންގާ ތަންތަނަށް..... މިކަން ބަލާނެ/މި ކުދިން އާންމުންގެ ތަންތަނަށް އެޗްޕީއޭ ފަރާތުން ފޮނުވާއިރު ބަލީގެ އަލާމާތް ހުރިތޯ ނެތްތޯ ބަލާނެ ވެރިއަކު ވެސް ނެތީބާ!!!

    3
    2
  2. ފަޔާޒް

    އެޗްޕީއޭގެ އަމަލްތަށް ހުންނަ ގޮތުން ބަލި ބޮޑަށް ފެތުރޭ... އެޗްޕީއޭ އިން ތަންތަން ބަލާ ފާސް ކުރަން ތި ފޮނުވާ ބައެއް ކުދިންގެ ރޯގާގެ އަލާމާތް ހުރޭ... މާސްކް ވެސް ނާޅާ މަގުމަތީގަ ތި ފާސް ހިފައިގެން އުޅެނީ، ފިހާރަޔަށް ވަންނަން ވީމަ މާސްކް އަޅަނީ، އެއީތަ އެޗްޕީއޭއިން ތި ފޮނުވާ ބަޔަކަށް ކިޔައިދީފަ އޮންނަ ގޮތަކީ... ރަގަޅަށް ވިއްޔާ އެޗްޕީއޭ މީހުން މިކުދިންނާ އެކަން ހަވާލް ކޮށްފަ ގޮސް އެހެން ތާކުވާނީ... މި އިންސްޕެކްޝަން ހަދަން އަންނަ ކުދިންގެ ހާލަތުއާ އަމަލްތަށް ހުންނަ ގޮތުން މި ކުދިންގެ ކަންތަށް ބާލާނެ ވެރިއަކު ހުންނަ ހެން ހީނުވޭ....

    3
    1
  3. ބީރުމީހާ

    އަޅޭ މައިމޫނާއްތާ ކިހިނެއްވެފަތަ ތިޔަ އިންނަވަނީ ގެޔަކުން އެކަކުވިޔަސް މައިމޫނާއްތަ ބޭނުންވަނީ އަދަދު ގިނަކޮއްލަން އެންމެނަށް ޖައްސަން އޭނާ ގޭގަ ބަގައްޓަން ގޭ ކުޑަވެފަ ހައިރިސްކު މީހުން އުޅުނަސް އޯކޭ އިބޫ ބުނީ ބޭނުމީ އަދަދު މަތިކޮއްލާށޭ އެހެން އޮތަ