މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 125 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭގެތެރެއިން 103 މީހަކު ފައްސިވީ މާލެ އިންނެވެ.

މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެންރަށްތަކުން މިއަދު ނުވަ މީހުން ފައްސިވިއެވެ. އަދި ރިސޯޓްތަކުން އިތުރު 13 މީހަކު މިއަދު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 129 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު ވަނީ 179 އަށް އަރާފައެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 166 މީހުންނަށެވެ.

މިއަދު 125 މީހަކު ކޮވިޑަށް ފައްސިވީ 3691 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 20،919 އަށް އަރާފައެވެ. މިހާރު ބަލި ޖެހިފައި ތިބީ 2595 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު