މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 138 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 84 މީހަކު ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 44 މީހުން މިއަދު ފައްސިވިއެވެ. ރިސޯޓްތަކުން ފައްސިވި އަދަދު މިއަދު ވަނީ ދަށަށް ގޮސްފައެވެ. މިއަދު ރިސޯޓްތަކުން ފައްސިވީ 06 މީހުންނެވެ. އިންޑަސްޓްރިއަލް ރަށްތަކުން މިއަދު 04 މީހަކު ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިއަދު ވަނީ 88 އަށް އަރާފައެވެ. އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 73 މީހުންނަށެވެ.

މިއަދު 134 މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ 4034 މީހަކު ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު