މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 132 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 56 މީހަކު އަދި އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުން 54 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން 22 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި 3072 މީހުން ތިބިއިރު އޭގެތެރެއިން 82 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 110 މީހަކު ވަނީ މިއަދު ބަލިން ރަނގަޅު ވެފައެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 22،276 މީހުން ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފައެވެ.

އަތޮޅުތެރޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު ވަނީ 1050 އަށް އަރާފައެވެ. މިހާރު 75 ރަށެއްގައި ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އެންމެ ގިނަ ކޮވިޑް ބަލި މީހުން ތިބީ ޅ.ނައިފަރާއި އެއަތޮޅު ފެލިވަރުގައެވެ. މިދެރަށުންވެސް ވަނީ 200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެވެ.

މިއަދު 132 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ 3،074 ސުންކެއް ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    ހާސްނުވޭ!.. މާދަމުންފެށިގެން ކޮވިޑް ފްރިވާނެ