މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވެގެން ދާނީ މާލޭގެ ހުރިހާ ރައްޔިތުންގެ މޭޔަރަކަށް ކަމަށާއި ތަފާތު ކުރުންތައް ނުގެންގުޅުއްވާނ ކަމަށް މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރު ކަން ކުރެއްވި މުޢިއްޒު މިހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ދެހާސްއެގާރަވަނަ އަހަރު ތައާރަފު ވެގެން އައި ލާމަރުކަޒީ ނިޒާމުގެ ދަށުން ބޭއްވުނު ކައުންސިލް އިންތިޚާބެއްގައި ފުރަތަމަ ފަހަރަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުމުގެ ކާމިޔާބީގައި މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގައި ވެސް އެހެން ފިކުރުތަކުގެ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ ވަރުގަދަ ޓީމެއްގެ މުޅި މާލެ ސިޓީ ކައުންސިލް ޙަރަކާތްތެރި ވުން، ސިޓީ ކައުންސިލަށް އިންތިޚާބުވި އަޅުގަނޑުމެންގެ [ޕީޕީއެމްއާއި ޕީއެންސީގެ] މެންބަރުން، އަދި އެހެން ޕާޓީތަކުގެ މެންބަރުން، މި އެންމެން ވެގެން ވަރުގަދަ ޓީމެއްގެ ގޮތުގައި ނަތީޖާ ނެރެދިނުމަށް،" މާލެ ސަރަހައްދުގެ ތާރީޚީ މަޝްރޫއުތަކުގެ މުގުލުގައި ހުންނެވި މުޢިއްޒު ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންނަށް ކުރިމަތި ވެފައިވާ މައްސަލަތައް ހައްލު ކޮށްދެވާނެ ކަމަށް މުޢިއްޒު ދެއްވި ޔަޤީން ކަމަށް މާލެ ސިޓީގެ ރައްޔިތުން އިތުބާރު ކުރައްވައި މާލޭގެ މޭޔަރު ކަމަށް އިންތިޚާބު ކުރެއްވީތީ، އަޅުގަނޑަށް އިތުބާރު ކުރެއްވީތީ ޝުކުރު އަދާ ކުރަން،" މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، އޭނާ ވާނީ މާލޭގެ ހުރިހާ ރައްޔިތުންގެ މޭޔަރަށް ކަމަށެވެ. އަދި މާލޭގެ ރައްޔިތުން ހަވާލު ކުރެއްވި ޒިންމާއަށް އަމާނާތްތެރިވާ ކަމަށެވެ.

ާލޭގެ ރައްޔިތުން ދިން މެސެޖަކީ ސަރުކާރުގެ ބައެއް ނިންމުން ބަދަލު ކުރަން ޖެހޭ ކަން،" މުޢިއްޒު

މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ގެދޮރުވެރިކަމުގެ މައްސަލައެވެ. މި މައްސަލައަށް ޙައްލު ހޯދުމަށް ޓަކައި މާލޭގެ ރައްޔިތުންނަށް އިތުރު ބިން ބޭނުންވާ ކަމުގައެވެ. އެ ކަމަށް ޓަކައި ވިލިމާލެއާ ކައިރިން އޮތް ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަޙައްދު ބޭނުން ކުރަން ޖެހޭނީ ހަމައެކަނި އެ ކަމަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު މުޢިއްޒު އެންމެ ބޮޑަށް "ވިއްކި" އެއް ވާހަކައަކީ ވެސް މިއީއެވެ. ކުރީގެ ސަރުކާރުގެ ނިންމުން ބަދަލުކޮށް ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ޤާއިމް ކުރަން ނިންމި ނިންމުމުގެ ސަބަބުން ކުރިން އެ ސަރަހައްދުން މާލޭގެ ރަށްވެހިންނަށް ފޯރުކޮށްދެވެން އޮތް ގެދޮރު މަދުވެގެން ދާނެއެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ގިނަ ރައްޔިތުންގެ ވިސްނުމާ އެއް ގޮތަށް އެކަން ބަދަލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށް އޭނާ ހުރަސް ނާޅުއްވާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރަށް ނަތީޖާ ނުނެރެވޭނަމަ، ނަތީޖާ ނެރުމަށް ޓަކައި ރައްޔިތުންގެ އިޙްސާސްތަކާ އެއް ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާރަސީދު

    މުއިއްޒު ކައުންސިލްގެ ރައީސްކަމަށް ހޮވުމާއިއެކު މާލޭގެ ރައްޔަތުންނަށް ދެއްވި ތަޤުރީރުގާ ވިދާޅުވީ ތިމެންނަ އަކީ ހުރިހާމީހުންގެ ރައީސެކޭ، ކިހާފުރިހަމަ ތޯ؟ ވޯޓު ދިން މީހުނާއި ވޯޓުނުދޭމީހުނާއި އެކު، މަރުހަބާ މުއިއްޒު! ޢަމާން ދުވަސްތަކަކަށް އެދި ދުއާކުރަން، އާމީން.

    23