ހއ.އިހަވަންދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އިދިކޮޅު ޕީޕީއެމް އިން ކާމިޔާބު ކޮށްފިއެވެ.

އިހަވަންދޫ ކައުންސިލަށް ވާދަކުރެއްވި ޕީޕީއެމްގެ ހަތް ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބު ކާމިޔާބު ކޮށްފައި ކަމަށް މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައެވެ.

މީގެ ކުރިން ހުރިހާ އަހަރުތަކެއްގައި ވެސް އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީ ހޯދަމުން އައީ އެމްޑީޕީ އިންނެވެ.

ކައުންސިލް އިންތިހާބުގެ ކުރިން "ވަގުތު" އިން އިހަވަންދޫގައި ކުރިއަށް ގެންދިޔަ ސާވޭއިން ވެސް ދެއްކި ގޮތުގައި އިހަވަންދޫގައި ކުރިން އޮތް އެމްޑީޕީގެ ތާއީދު މިހާރު ވަނީ ގެއްލިފައެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރު ފެއިލް ވެފައި ވާތީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވޯޓް ނުދޭން ގިނަ ބަޔަކު ނިންމާފައި އޮތްކަމެވެ.

އިހަވަންދޫގައި މިހާރު އޮތީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެކެވެ. އަދި އިހަވަންދޫ ދާއިރާ ތަމްސީލް ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރު ވެސް ނިސްބަތްވަނީ އެމްޑީޕި އަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަންޖެ

    الحمد لله

    35
  2. ޒައިކް

    އެއަރޕޯޓް ފައިޓް ތީގެ އަނެއް ރަށް ހޯރަފުށި 12-0 އިން އެމްޑީޕީ އަށް އެއީ ކައުންސިލްގެ 7 ގޮނޑިއާ ޑަބްލިއުޑީސީގެ 5 ގޮނޑި

    7
    7
  3. ވޯޓް

    ޥަގުތު އެއްފަރާތައް ގޮސް ހުސްވެފަ. ޙިގަނީވެސްަ އަރިޔަށް.

    10
    • ރަދީފް

      ވަގުތު ގެނެސްދެނި ހަގީގަތް.އެއްފަރާތައް ބަރުވެފަ އޮންނަނީ ރާއްޖެޑޮޓްއެމްވީ.ކަލޭ ދޭބަލަ މަހަށް.ސާބަހޭ ''ވަގުތުޑޮޓްއެމްވީ''

  4. ރަދީފް

    ކޮބާ އެއްކަލަ އިހަވަންދޫ ދާއިރާގެ ކަނޑުކޮސް ރޯނުއެދުރު ތަންދޮރު ނުދަންނަ ޝިފާއު؟؟ ރާކަނި މަސް ކެވުނުތަ.ހެހެހެހެހެ. ވ.ވެދުން

    10
  5. ޙަސަނު

    އެކަމަކު އަހުރެން ބުނަންތޯ ވާހަކައެއް ، މޑޕ އަކީ ވަރައް ޖައްސާލަން މޮޅު ޕާޓީ އެއް ، ބުނަން މިއުޅެނީ މިސަރުކާރު އޮތްހާދުވަހަކު ތިޔަ ރަށައް މެއްސެއް މާބުރެއް ހާހިސާބުވެސް ނުދޭނެ ، އެކަމަކު ތިޔަ ރަށުގެ ރަތްޔިތުން ނަކީ ވަރައް ހިއްވަރު ގަދަ ބައެއް ދިރިއުޅޭ ރަށެއް ، ވީމާ މިސަރުކާރައް ބަރޯސާ ނުވެ ކަންކަން ކުރާނެކަން އިނގޭ ، ހަމަ ސާާބަސް ދެން .

  6. ފާތުމާ

    ސާބަސް ރައްޔިތުންނަށް އެމް.ޑީ.ޕީ އެބަޖެހޭ މިޤައުމުން ފޮހެލަން