މިއަދު އޮތް ކައުންސިލް އިންތިހާބުގައި ލ.ގަމުގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ އެމްޑީޕީ އިން ކާމިޔާބު ކޮށްފިއެވެ.

ގަމު ކައުންސިލްގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަހްމަދު ޒަކީއެވެ. ކައުންސިލަރުންގެ ގޮތުގައި ހޮވިވަޑައިގަތީ އަބްދުﷲ އާސިފް، އިބްރާހިމް ރަޝީދު، އަބްދުﷲ ޝުއާއު، އައިޝަތު ލީޒާ، މަރިޔަމް ސުއައިދާ އަދި މަރިޔަމް ނީނާއެވެ.

ކައުންސިލްގެ ރައީސްކަން އެމްޑީޕީގެ ކެންޑިޑޭޓް ކަށަވަރު ކުރައްވާފައި ވަނީ 200 ވަރަކަށް ވޯޓްގެ ތަފާތަކުންނެވެ. ނަމަވެސް ކައުންސިލްގެ އެހެން ގޮނޑިތަކަށް ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ.

އެމްޑީޕީއަށް އަބަދުވެސް ތާއީދު ބޮޑު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ ގަމު ކައުންސިލްގައި މިހާރު ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥިސްނާ

    ގަމާރުން ޖާހިލުން ހައްގު މަގު ގެއްލި ނަރަކާގެ އަލިފާނަށް ތަބާވާ މީހުން ގިނަ ވީވަރަކށް މޑޕގެ ފަހަތަށް އަރާނެ ޖާހިލުން ހަގު ގޮތް އިނގިތިބެ މަގުފުރެދިމަށް އެހީތެރިވެދޭނޭ މޑޕ އަށް ދިން ވޯޓަކީ ނަރަކާގެ އަލިފާން ފަދައެ އެމީހުންގެ ވެރިންގެ ނުބާނުލަފާ އިސްލާމް ދީނާ ބީރައްޓެހި ޖަރީމާތަކުގެ ހިއްސާ މޑޕ އަށް ވޯޓްދިން މީހުން ވާނެ އެވެ.

    6
    4
  2. ބުރުގާ

    ތީ ރާއްޖޭގަ އެންމެ ގުނބޯލުން ގިނަ ސަރަހައްދު. ދެން ތިބޭ އަވެލިކާން... ކެނެރީގޭ ނަޝީދު އެގޮވާލަނީ ކަލޭމެން ރައްތަކުން ނިކުމެގެން މާލެއައިސް މާލޭ މީހުންގެ ކޮޓަރިތައް ބޮޑުއަގުގަ ކުއްޔައް ހިފައިގެން ކުލިދައްކަ ދައްކަ ތިބެން...