އިއްޔެ އޮތް ކައުންސިލް އިންތިހާބުގައި މާލޭ ކައުންސިލަރު ކަމަށް މާފަންނު ހުޅަނގު އުތުރު ދާއިރާ އިން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓާއި މައްޗަން ގޯޅި މެދު ދާއިރާއިން ވާދަކުރެއްވި ޕީޕީއެމް ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކޮށްފިއެވެ.

މިއާއެކު މާލެއަށް ޕީޕީއެމް އިން ވާދަކުރި ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ 13 ދާއިރާގެ ގޮނޑިއާއި މާލޭގެ މޭޔަރު ކަމުގެ ގޮނޑި އެވެ.

މާފަންނު ހުޅަނގު އުތުރު ދާއިރާ އިން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓަކީ ހަސަން ނާޒިމެވެ. މައްޗަން ގޯޅި މެދު ދާއިރާއިން ވާދަކުރެއްވި ޕީޕީއެމް ކެންޑިޑޭޓަކީ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ.

އިދިކޮޅުން ވަނީ ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކޮށް ހާއްސަ ހަރަކާތްތަކެއް މާލެ ސަރަހައްދުގައި ކުރިއަށްގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަވޯޓާ

    ސިޔާސީވެރިން ފުލުހުންގެ ސިފައިންގެ މިނިވަން މުއައްސަސާތަކުގަތިބި ސިޔާސީވެރިންނައް ރައްޔިތުން ދިންވަރުގަދަ ފިލާވަޅެއްމީ އަދިސަރުކާރާ ސިޔާސީ މަޖިލީސްއައްވެސް ވެރިކަންކުރާސިޓީއަކުންމިވަރުފިލާވަޅެއްދިނީމަ މުޅިދުނިއެވެސްބަލާނެ މިހާރު އައްނަމުންދާ ބަދަލުތައް މެޖޯރިޓީލިބިފަތިބި ބަޔަކައް ދެއަހަރުތެރޭ ރައީސްއިބޫ ނަޝީދު ނިކުމެ އިންތިހާބުކާމިޔާބު ކުރަންއުޅުނުއިރު ވާދަވެރި ލީޑަރަކުނެއްބައެއް މިވަރުކާމިޔާބެއްހޯދުމަކީ މިހާރު އިންތިހާބެއްބޭއްވިއަސްނާކާމިޔާބުވާނެކަން

  2. މާލޭ މީހާ

    މާލެ އަށް ލައްކަ ތަރއްގީ ޕީޕީއެމުން ގެނެސްދިން! މުޅި މާލެ އެއކޮށް ބަދަލް ކޮށްލި ބުރިޖް، މާލޭގެ ދުވަސް ވީ ނަސަންދުރަ ޕެލަސް ހަގީގީ ޕެލަސް އކަސް ހެދުމުގެ ފެށުން، މާލޭ މގެއގަ ތާރު އެޅުން ، މާލޭ ކަޑަ ތައް ޒަމާނީ ކުރުން ، ހުޅުމާލޭ ދެވަނަ ފިޔަވައްސާ ހުޅުމާލޭ ބޮޑު ޕާރކް މިހެން ގޮސް ކިޔާނެ ކަމެއް ނެތް ، އެކަން މައަދު އެ ދައްކާދިނީ! ރިޔާސީ އިންތިހާބު ގަ މި ކަންކަމާމެދު ވިސްނާނުލެވުނީމަ އިއްޔެގެ ވޯޓުން ދައްކާލީ

  3. މުޚުތާރު

    މީ އަންނި ޕާޓީގެ ލީޑަރޝިފް ރީތިގޮތުގައި އިސްތިއުފާދީފައި އާ ލީޑަރަކަށް ފުރުޞަތު ދޭންވީ ވަގުތު. ޚުދުމުޚުތާރު ޑިކްޓޭޓަރަކަށް ދެނެއް ރައްޔިތުން އާއެކޭ ނުބުނާނެ. އަދި ޕާޓީ ބޮޑު ބައްޔަކުން ބަލިވީމާ ގަދަފައި ވިއްދާފައި ލީޑަރޝިޕްގައި ހުރުމަކީ ޚުދުމުޚުތާރުކަން.

  4. Anonymous

    ޢަޅަމެންނާއި މިބައްދަލުވާ ރަމްޟާން މަހަކީ ﷲގެ އިރާދަފުޅުން ރަނގަޅު ޞިއްޙަތަކާއިއެކު ދަރުމައިން ފުރިގެންވާ މައްސަރަކަށްވުމަށް މިންވަރުކޮށް ދެއްވާށި، އާމީން.

  5. އިބޫ

    ތިއީ އަންނި ކުރިމަތިލި ދާއިރާ. އަންނި ހޮވާފައި އެހުރީ އިލެކްޝަނުން ގަދަކަމުންކަން އެންމެންވެސް ދަނޭ. އެދާއިރާގައި 5 ފޮށި ބެހެއްޓިއިރު 4 ފޮށި ލިބުނީ އަންނިގެ ވާދަވެރިޔާއަށް. އިލެކްޝަނުން ވަގުތުއިތުރުކޮށް ދަފްތަރުގައި ތިބިމީހުންނެރެގެން އެގަތް ސަކަރާތުގައި ސަތޭކައެއްހައި ވޯޓު އިތުރަށް އަންނިއަށް ހޯދުނީ. މިހާރު އަންނި ނުހޮވޭނެ މާލެއިންވެސް އަތޮޅަކުންވެސް.